އިންތިޚާބުގެ ފުރަތަމަ ބުރުގައި ފާރިސް ވޯޓްލައްވަނީ. ފޮޓޯ: ޓްވިޓަރ
ހަބަރު
18 Sep 2023 | 06:59
ކޯލިޝަން ހެދުމަށް ފާރިސްގެ ހުރި ހުށައެޅުންތައް ޢާންމުކޮށްފި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާ ދެކެންޑިޑޭޓުންނަށް ކޯލިޝަން ހެދުމުގެ ކުރިން އަޙްމަދު ފާރިސް މައުމޫން ހުށައެޅުއްވި ހުށައެޅުއްވުންތައް ޢާންމުކޮށްފިއެވެ.

4 ސަފްޙާ ހިމެނޭ އެ ހުށައެޅުންތައް ފާރިސްގެ ފަރާތުން ޢާންމުކޮށްފައިވަނީ ޓްވިޓަރގައެވެ.

އެ ހުށައެޅުންތަކުގައި ވަނީ ފާރިސްގެ ފަރާތުން ހުށައެޅުއްވި ކަންކަން ތަންފީޒު ކުރަން ބޭނުންވާ މުއްދަތުތައްވެސް ހާމަކުރައްވައިފައެވެ.

އެގޮތުން އެއްވެސް ޤައުމެއްގެ އަސްކަރިއްޔާގެ ބަޔަކު ރާއްޖޭގައި އުޅޭނަމަ އެކަން ސަބަބާއެކު ހާމަކުރުމާއި އުތުރުތިލަފަޅުގެ އެއްބަސްވުމާއި ހަނިމާދޫ އެއާޕޯޓް އެގްރީމަންޓާއި އައްޑޫ ޕޮލިސް އެކަޑަމީގެ އެގްރީމަންޓް މަޖިލީހާއި ހިއްސާ ކުރުމާއި ޗާގޯސް މައްސަލާގައި ސަރުކާރުގެ ސްޓޭންޑް ބަދަލު ކުރިކަން މޮރިޝަސް ސަރުކާރަށް އެންގުމާއި އިޓްލޮސްގެ ނިންމުން އަލުން މުރާޖަޢާ ކުރުމަށް ފާރިސް ވަނީ ހުށައަޅުއްވާފައެވެ.

މީގެ އިތުރުން ފާރިސް ހުށައަޅުއްވައިފައިވަނީ ރިޔާސީ ނިޒާމު ފިޔަވާ އެހެން ނިޒާމަކަށް ތާއީދު ނުކުރާނެކަން ހާމަކުރުމަށާއި، މަޖިލީހުގެ ގޮނޑީގެ ޢަދަދު މަދުކޮށް މުސާރަ ކުޑަކުރުމާއި މެންބަރުން ވަކިކުރެވޭނެ ގޮތް ކަނޑައެޅުމާއި މެންބަރަކަށް ވުމުގެ ޝަރުތު ޒަމާނާ އެކަށީގެންވާ ގޮތަށް ބަދަލު ކުރުމާއި މަޖިލީސް މެންބަރުންނަށް ވިޔަފާރި ނުކުރެވޭ ގޮތް ހެދުމާއި އަންހެނުންނަށް ޚާއްސަ ކޯޓާއެއް ކަނޑައެޅުމާއި ކްރިމިނަލް ޖަސްޓިސްގެ ނިޒާމު ހަރުދަނާ ކުރުމަށެވެ.

ހަމަމިއާއިއެކު ސިވިލްސާވިސްގެ އޮނިގަނޑު އިސްލާޙު ކުރުމާއި، ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލާ އާއިލާތަކަށް އިންސާފު ހޯދާ ދިނުމަށް ވެސް ފާރިސް ހުށައަޅުއްވާފައި ވެއެވެ. އެކަން އާ ދައުރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުވުމަށް ވެސް ފާރިސް ހުށައެޅުއްވި ކަންކަމުގެ ތެރޭގައި ހިމެނެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިމަހުގެ 30 ވަނަ ދުވަހަށް ހަމަޖެހިފައިވާއިރު ޕީޕީއެން/ ޕީއެންސީގެ ކޯލިޝަނަށް އެމްޑީއެން އިން ވަނީ ގުޅިފައެވެ. ޖޭޕީ އިން ނިންމާފައިވަނީ އެއްވެސް ކޮޅަކަށް ތާއީދު ނުކުރުމަށެވެ. ޑިމޮކްރެޓްސްއިން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ