ޕީޕީއެމްގެ ކެންޕެއިން ބައްދަލުމުގެ ތެރެއިން--ފޮޓޯ/ ވޮއިސް
ހަބަރު
18 Sep 2023 | 12:51
ވާދަވެރިޔާ އަށް ރައްދު ދިނުމުގެ ގޮތުން އެ ފަރާތުން ވެއްޓުނު ދަރަޖަ އަށް ވެއްޓިގެން ނުވާނެ: މުޢިއްޒު

ވާދަވެރި ކެންޑިޑޭޓަށް ރައްދު ދިނުމުގެ ގޮތުން، އެ ފަރާތުން ވެއްޓުނު ދަރަޖައަށް ނުދިޔުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވަައިފިއެވެ. 

ށ. ފުނަދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން މުޢިއްޒު ވިދާޅުވީ ސިޔާސީ ބައެއް ފަރާތްތަކުން ކަންކަން ކުރައްވަމުންދާ ގޮތުން، މުޖުތަމަޢު ގައި އެކަކު އަނެކަކަށް ކުރަންޖެހޭ އިހްތިރާމް މިހާރު ގެއްލިފައިވާ ކަމަށެވެ. އެހެންކަމުން ކުރިން އެކަކު އަނެކަކަށް ކުރަމުން އައި އިހްތިރާމް އަލުން އަނބުރާ ގެންނަން ޖެހޭ ކަމަށާ، ހަމަޖެހުމުގެ ނޭވާއެއް ލެވޭނީ އޭރުން ކަމަށް މުޢިއްޒު ވިދާޅުވިއެެވެ. 

މިއާއެކު މުޢިއްޒު ވިދާޅުވީ ސިޔާސީ ކަންކަމުގައި އުޅޭއިރު ހިތްހަމަނުޖެހޭ ކަންކަން ކުރާ ފަރާތްތަކާއި ބައެއް ފަހަރު ދިމާވާނެ ކަމަށާއި އެފަދަ ކަމެއް ދިމާވިޔަސް، ދަށު ދަރަޖަ އަށް ވެއްޓި ރައްދު ދީގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން ވާން ވާނީ، ހިތްހަމަނުޖެހޭ ކަންކަން ކުރާ މީހުން އެ ވެއްޓޭ ދަށު ދަރަޖައަކަށް، ނުވެއްޓޭ ބަޔަކަށް. ވާން ޖެހޭނެ އަމަލާއި ބަހުން ރީތި މިސާލު ދައްކާ ބަޔަކަށް. އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ސިޔާސީ ވާދަވެރިޔާ، އަޅުގަނޑުމެންނާ ދިމާއަށް އެއްޗެއް ބުނީ، ނޫނީ ރުޅި އަންނަ ކަމެއް ކުރިޔަސް އަޅުގަނޑުމެން ވެގެން ނުވާނެ އެއަށް ރައްދު ދިނުމުގެ ގޮތުން އެ ފަރާތުން ހުރި ފެންވަރަށް އަޅުގަނޑުމެން ވެއްޓޭކަށް، އެއަށްވުރެ ރީތި ގޮތުގައި އަޅުގަނޑުމެންގެ ފަރާތުން މިސާލު ދައްކަން ޖެހޭނީ. މި އާދަ އަޅުގަނޑުމެން ޖެހޭ އަށަގަންނުވަން ފަށަން" 

ޑރ. މުހައްމަދު މުޢިއްޒު 

މުޢިއްޒު މިފަދައިން ވިދާޅުވެފައި މިވަނީ، މ އިއްޔެ ހަވީރުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ހިޔާ ފްލެޓު ސަރަހައްދަށް ދިޔުމުން, ފަޒުނާއާއި ދިމާލަށް "ބާޣީ" އޭ ގޮވައި އެ ސަރަހައްދުގައި ބަޔަކު އަޑުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ. 

އިދިކޮޅު ބައެއް މީހުން އެފަދައިން ކަން ކޮށްފައިވާއިރު، އެމްޑީޕީގެ ކެންޕެއިންގެ ތެރެއިން މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި، އޭނާގެ ޢާއިލާއަށް ނިސްބަތްކުރައްވައި ދޮގު ވާހަކަތައް ފަތުރައި ވަރަށް ހުތުރުކޮށް އެމްޑީޕީން އަންނަނީ އެންޓީ ކެންޕެއިން ކުރަމުންނެވެ. ޚާއްސަކޮށް ރައީސް ޞާލިހު ގެ ކެންޕެއިން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ގެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސާޖިދާ އާއި އާއިލާއަށް ފާޑުވިދާޅުވަމުންދާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް މާރިޔާ އަށްވެސް ވަނީ އަމާޒުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.