ކްރިސްޓިއާނޯ ރޮނާލްޑޯ ޕްލާސްޓިކް ސާރޖަރީ ހެދީ؟

21 Feb 2019 | 10:49

ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ މުޅި ދުނިޔޭގެ ތާރީޚުގައިވެސް އުފެދުނު އެންމެ މަޤްބޫލު ފުޓުބޯޅަ ކުޅުންތެރިޔާ އެވެ. އަދި ކެމެރާތަކުގެ ކުރިމަތީގައި އެންމެ ރީތިކޮށް ދައްކާލާ އެއް ކުޅިވަރުކުޅުންތެރިޔާވެސް މެއެވެ. އަބަދުވެސް އެންމެ ފުރިހަމަ ސިފައެއްގައި ނޫނީ އޭނާގެ ފޭނުންނަށް ފެންނަ ބޭނުންނުވާ ރޮނާލްޑޯ ވަނީ، އޭނާގެ ސިފަ އިތުރަށް ރީތިކުރުމަށްޓަކައި އެއްވެސް ވަރަކަށް ޕްލާސްޓިކް ސާރޖަރީ ހަދައިފައިތޯ ނޫންތޯ މިއީ ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ.

ރޮނާލްޑޯ އަކީ ގޯލް ޖެހުމަށް ލޯބިކުރާ ފަދައިން އޭނާގެ ނަފްސު ރީތިކޮށް ބެހެއްޓުމަށްވެސް ލޯބިކުރާ ފަރާތެކެވެ. އެހެންކަމުން އޭނާއަށް މި "އަމިއްލަ ނަފްސު ފެނިފަ ހުރި ފެނުން" މިއީ އޭނާގެ ކެރިއަރުގައި އޭނާއާއި ބެހޭ ގޮތުން ތަފާތު ވާހަކަތަކެއް ފެތުރެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ.

އެގޮތުން އުމުރުން 18 އަހަރުން ސުރެ ކެމެރާ ތަކާއި ރައްޓެހިކޮށް ބޮޑުވެގެން އައި ރޮނާލްޑޯގެ މޫނުމަތިން ފެންނަ ބަދަލުތަކަށް ބެލުމަށްފަހު، 2016 ވަބަ އަގަރު ޕްލާސްޓިކް ސާރޖަރީގެ ޑޮކްޓަރެއް ވަނީ ރޮނާލްޑޯ އޭނާގެ މޫނަށް ގެނެސްފައިވާ ތަފާތު ބަދަލުތަކުގެ ތެރެއިން ސާރޖަރީ މެދުވެރިކޮށް ގެނެސްފައިވާ ކަމަށް ލަފާކުރެވޭ ބަދަލުތައް ފާހަގަކޮށްފައެވެ.

އެލެކްސް ކައިރިޑިސް ނަމަކަށް ކިޔޭ މި ޑޮކްޓާރ ހާމަކުރިގޮތުގައި ގޮތުގައި ރޮނާލްޑޯ ވަނީ އޭނާގެ ހަންގަނޑު ރީތިކުރުމަށްޓަކައި އޭނާގެ ލޮލާއި ނިއްކުރި ކައިރިން ބޯޓޮކްސް ސާރޖަރީ ހަދާފައެވެ. އަދި ރޮނާލްޑޯ އުމުރުން ދުވަސްވިވަރަކަށް އޭނާގެ މޫނުގައި ޤުދުރަތީގޮތުން އުފެދޭނެ ރޫތައް ފިލުވުމަށް "ފިލާރސް" ބޭނުންކޮށްފައިވާ ކަމަށްވެސް ލަފާކުރެވެއެވެ. އަދި މި ބަދަލުތަކަކީ އޭގެ ސަބަބުން ރޮނާލްޑޯގެ ހަންގަނޑު އޮމާންކަމާއި ޒުވާންކަންމަތީ ދެމިއޮތުމުގެ ސިއްރުކަމަށްވެސް ޑޮކްޓާރ ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް