ޑރ މުއިއްޒުގެ ތަރުޖަމާނު ދެއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
18 Sep 2023 | 18:35
ވަޒީފާގެ ބިރުދައްކައިގެން ވޯޓަށް ނުފޫޒުފޯރުމަށް ކުރާ ކަންކަން ބަލާނެ ބަޔަކު ނެތް: އިދިކޮޅު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާއި ދިމާކޮށް ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަޒީފާގެ ބިރުދައްވާ ވޯޓަށް ނުފޫޒުފޯރުވުމަށް ސަރުކާރުން އިންތިހާއަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެކަންކަން ބަލާލާނެ އެއްވެސް މުއައްސަސާއެއް ނެތްކަން ފާހަގަކޮށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ކެމްޕޭނު މެނޭޖަރު މުހައްމަދު ޠަލާލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަނީ ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން އިދިކޮޅުގެ ހުރި ބައެއް ކަންބޮޑުވުންތަކަށް އަލިއަޅުވާލައްވާފަ އެވެ. 

އެގޮތުން ރީ-ރަޖިސްޓްރޭޝަން ޕްރޮސެސްގެ ތެރެއިން ބަޔަކަށް ނޭނގި ވޯޓުލާތަން ނޫން އެހެން ތަންތަނަށް ރަޖިސްޓާކޮށްފައި އޮތް އެތައް މައްސަލައެއް މިހާރު ފެންމަތިވެފައިވާއިރު، އިންތިޚާބަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާކަމަށް ޠަލާލު ވަނީ ވިދާޅުވެފަ އެވެ. 

ޠަލާލުގެ އިތުރުން މިއަދު ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޑރ މުއިއްޒުގެ އެސިސްޓެންޓު ކެމްޕޭނު މެނޭޖަރު އަދި މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޯމަތިވެފައިވާއިރު، ސަރުކާރު ކުންފުނިތަކުގައި ތިިބި މީހުންނަށް ވަޒީފާގެ ބިރު ދައްކާ، އަދި އިތުރު ވަޒީފާތައް އުފައްދައިގެން ވޯޓަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އޭގެ އިތުރުން މިހާރުވެސް ރައީސުލްޖުމްހޫރިއްޔާ ކެމްޕޭނު ކުރައްވަމުން ގެންދަވަނީ ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިއްޕަވައިގެން ކަމަށާއި، މި މައްސަލަތައް ބަލާނެ އެއްވެސް މުއައްސަސާއެއް ނެތްކަމަށް މުއާޒު ވިދާޅުވި އެވެ. އަދި އެއީ އިދިކޮޅުން އިންތިހާއަށް ކަންބޮޑުވާ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ. 

"ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނީމަ ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ވޯޓަށް ނުފޫޒު ފޯރުވުމަށް، ނޫނީ ވޯޓު ލިބިދާނެ ފަދަ ކަންތައްތައް ކުރުމަކީ އެއީ ރަނގަޅު ކަމެއްގެ ގޮތުގައި އެއް ނޫން އަޅުގަނޑުމެން ފާހަގަކުރަނީ. އަދި އެއީ ދިވެހިރައްޔިތުން އެކަން ގަބޫލުކުރާނެ ކަމެއް ނޫން އެއީ"

މުއާޒު މުހައްމަދު ރަޝީދު

ރީ-ރެޖިސްޓްރޭޝަން ޕްރޮސެސްއާއި ގުޅިގެން އިދިކޮޅުގެ ހުރި ކަންބޮޑުވުންތަކާއި އެކު އެ ކޯލިޝަންގެ މުއައްސިސުން އިލެކްޝަންސް ކޮމިޝަންގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ފަހު ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވެސް ވަނީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުންދާ ކަންކަން ކަމާއި ގުޅުންހުރި މުއައްސަސާތަކުން ބަލަމުން ނުދާކަން ފާހަގަކުރައްވާފަ އެވެ. 

އިދިކޮޅުން ބުނީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުންދާ ކަންކަން ފާހަގަކޮށް މިހާތަނަށް އޭސީސީއަށް 70 އަށް ވުރެ ގިނަ މައްސަލަ ހުށައަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް، މިހާތަނަށް އެއިން އެއްވެސް މައްސަލައެއް ބަލާފައި ނުވާއިރު، މި އިންތިޚާބުގެ ޞައްހަކަން ކަށަވަރުކުރުމަށް މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާކަމީ ހިތާމަކުރާ ކަމެއްކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.