ޕީޕީއެމްގެ ޖަލްސާއެއްގައި ޑރ މުއިއްޒު ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
18 Sep 2023 | 22:46
ގޯއްޗަށް ލާއިރު އަތުގައި އޮތް ކުޑަ ބިންކޮޅު ދޫކޮށްލަން ނުޖެހޭގޮތް ހަދާނަން: ޑރ މުއިއްޒު

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫއުތަކަށް ކުރިމަތިލާއިރު އަތުގައި އޮތް ކުޑަ ބިންކޮޅު ދޫކޮށްލަން ނުޖެހޭ ގޮތަށް އުސޫލުތައް ބައްޓަންކުރައްވާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި ގުޅޭގޮތުން މިރޭ މާލޭ ފަރީދީމަގު ސްޓެޓިކް ކުރިމަތީގައި ބޭއްވި ކަންމަތީ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

ޑރ މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައިގެ ވާހަކަ ދައްކަވަނީ، އެކަމާއި ގުޅިފައިވާ އެތައް މައްސަލަތަކެއް ފެންނަން އޮތުމުން ކަމަށެވެ. އަދި މުޅި ރާއްޖެއަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަކަމަށް ވާތީ ކަމަށެެވެ. 

ހަމައެކަނި މާލެއަށް ބަލާލި ނަމަވެސް ހައުސިން މައްސަލަ ޙައްލު ނުކުރެވި ޒަމާންތަކެއް އޮތުމުގެ ސަބަބުން ވަރަށް ދަތި ހާލުގައި އެތައް ބަޔަކު އުޅެމުންދާކަން ޑރ މުއިއްޒު ފާހަގަކުރެއްވި އެވެ.

އެއާއެކު އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ހައުސިން މަޝްރޫއުތައް ކުރިއަށް ގެންދާއިރު، އެތައް އަހަރެއް ވަންދެން އެމީހަކު ދިރިއުޅުނު ކުޑަ ތަންކޮޅު ދޫކޮށްލަން ޖެހޭގޮތަށް ޝަރުތުކުރުމަކީ އިންސާފުވެރި ގޮތެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، އެގޮތަށް އެކަން ކުރާނަމަ ހައުސިންއިން ލިބޭ ހަގީގީ ހިތްހަމަޖެހުން ލިބިގެން ނުދާނެކަމަށެވެ.

"ގޯއްޗަކަށް ފްލެޓަކަށް ލާއިރު އެބަޖެހޭ އަތުގައި އޮތް ތަންކޮޅު ދޫކޮށްލާން. އެހެން އެކަން ވާނަމަ 30 އަހަރު ފަހުން ލިބޭ ފުރުސަތުގެ އިންސާފުވެރިކަމުގެ އިހުސާސެއް ނުކުރެވޭ"

ޑރ މުހައްމަދު މުއިއްޒު 

ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި އެކަން ބަދަލުކުރައްވާނެ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޒައާމަތުގައި ހިޔާ ފްލެޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި އިރުވެސް 600 އަކަފޫޓަށްވުރެ ކުޑަ ތަންކޮޅެއް އޮތް މީހެއް ނަމަ، އެ ތަންކޮޅު ދޫކޮށްލަން ނުޖެހޭ ގޮތަށް އުސޫލުގައި ބަޔާންކޮށްފައިވާނެ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

އޭގެ އިތުރުން ޑރ މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އޮތް ގޮތުން މިހާރު ހުޅުމާލެއިން ގޯތި ލިބިފައިވާ މާލޭ މީހުން، އެމީހުން މާލޭގައި އޮތް ބިންކޮޅު ދޫކޮށްލަން ޖެހޭ ޖެހުން ވެސް ގާނޫނީ އެހީތެރިކަމާއެކު ބަދަލުކޮށް، އެތަންތަން ދޫކޮށް ނުލާވެސް ހައުސިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. 

ޑރ މުއިއްޒު ވިދާޅުވީ މާލެ ސަރަހައްދުގައި ހުރި ފަޅުތައް ހިއްކާ، ބިން އިތުރުކޮށްގެން މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވާދެއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ގެދޮރުވެރިކަން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާ ކަމަށެވެ.

ކޮމެންޓް
މާހް
ބާ ފްލެޓްވެސް
18 Sep 2023
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.