ޝިޔާމު ޕީޕީއެމް ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
19 Sep 2023 | 07:55
ރައީސް ޞާލިހު ބާކީވީ އަމިއްލަފުޅަށް ކަންކަން ކުރެއްވި ގޮތުން: ޝިޔާމު

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް ވަޑައިގެންނެވުނު ނަމަވެސް، ދައުރު ނިމުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ބާކީވީ އަމިއްލަފުޅަށް ކަންކަން ކުރެއްވި ގޮތުގެ ސަބަބުންކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ. 

ޝިޔާމު މިފަދައިން ވިދާޅުވެފައި ވަނީ މާލޭގައި ބޭއްވި ޑރ މުއިއްޒުގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

ޝިޔާމު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާއެކު ރައީސް ޞާލިހު ކެމްޕޭނު ކުރުން ހުއްޓާލާ، ކޯލިޝަން ހެދުމުގެ މަސައްކަތްޕުޅު ފައްޓަވާފައިވާ ކަމަށެވެ.

އެގޮތުން މިހާތަނަށް އެއްވެސް ކެމްޕޭނު ދަތުރުފުޅެއް ނުކުރައްވާ އެމަނިކުފާނު ވެރިކަމަށް ގެނައުމަށް މަސައްކަތްޕުޅު ކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އަރިހަށް ވަޑައިގެން، އެމަނިކުފާނުގެ ރުހުން ހޯއްދެވުމަށް ވަރަށް ގިނަ މަސައްކަތްޕުޅު ކުރައްވާފައިވާކަމަށް ޝިޔާމު ވިދާޅުވި އެވެ. 

ރައީސް ޞާލިހު ޤާސިމްގެ އަރިހަށް ވަޑައިގެންނެވީ އިންޑިއާއާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކެއްކަމަށް ބުނެ "ފޭކު ލިޔުންތަކެއް" ހިފައިގެން ކަމަށާއި، އެ ލިޔުންތަކާއެކު ވަޑައިގެން 3 ދުވަހުގެ ބައްދަލުވުންތަކަށް ފަހު ވެސް ޤާސިމްގެ ރުހުން އެމަނިކުފާނަށް ހޯއްދެވިފައި ނުވާކަން ޝިޔާމު ފާހަގަކުރެއްވި އެވެ. 

"ހުރިހާ ލީޑަރުން ރައީސް ޞާލިހުގެ ވާހަކަ ގަބޫލެއް ނުކުރައްވާނެ. ގާސިމްގެ ނިންމުމުން ކޯލިޝަނެއްގައި ކުރި ވެރިކަމުގައި ގޯސްތައް ހައްދަވާފައި ހުރިކަން އެނގޭ"

ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމު

ޝިޔާމު އިތުރަށް ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ރުހުން ހޯދުމަށްވެސް ރައީސް ޞާލިހު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެން ނަމަވެސް ހުރިހާ ލީޑަރުންނަކީ އެމީހުންގެ ގަޔަށް "ތިން ހަތަރު ފަހަރު ކަށިޖަހަން" ފުރުސަތު ދެއްވާނެ ބައެއް ނޫން ކަމަށާއި، ރައްޔިތުންގެ ކުރިމަތީގައި އިތުބާރު ގެއްލޭ ޒާތުގެ ކަންކަން ހުރިހާ ލީޑަރުން ކުރައްވާނެކަމަށް ރައީސް ޞާލިހުވެސް ގަބޫލުފުޅު ކުރައްވައިގެން ނުވާނެ ކަމަށެވެ. 

އެކަން ފާހަގަކުރައްވާ ޝިޔާމު ވިދާޅުވީ ރައީސް ޞާލިހު ބާކީވީ ވެރިކަމުގައި ހެެއްދެވި ގޯސްތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ގެއްލުވާލާ، އަދުލު އިންސާފުގެ ނިޒާމު ހަލާކުކޮށްލުމަކީ އެމަނިކުފާނު ބާކީވީ މައިގަނޑު ސަބަބުތައްކަމަށް ޝިޔާމު ވިދާޅުވި އެވެ. 

"ބާކީ ވީ ބާކީވާން ޖެހިގެން. އެކަނިވެރިވީ އެކަން އެގޮތަށް ކޮށްގެން. ސިޔާސީ މަސައްކަތްކުރުމުގެ ޖާގަ ނުދީގެން. އިންސާފު ގާއިމް ނުކުރެވިގެން"

ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމު

ޝިޔާމު ވިދާޅުވީ ހަގީގަތުގައި އެމްޑީޕީގައި ތިއްބެވި ގިނަ ފަރާތްތަކެއް ވެސް ތިބީ ރައީސް ޞާލިހުގެ ވެރިކަން ނިންމުމަށް ބޭނުންވެފައި ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެކަން ރައްޔިތުން ވަރަށް ސާފުކޮށް އެމަނިކުފާނަށް ދައްކާ މި ވެރިކަން ނިމުމަކަށް ގެންނާނެކަމުގެ ޔަގީންކަން އޮތްކަމަށް ޝިޔާމު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.