ދަ ޑިމޮކްރެޓްސްގެ ކައުންސިލް ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ވަގުތު
ހަބަރު
18 Sep 2023 | 22:44
ދެވަނަ ބުރުގައި އެއްވެސް ކޮޅަކަށް ނޭރުމަށް ދަ ޑިމޮކްރެޓްސްއިން ނިންމައިފި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކޮޅަކަށް ނާރަން ދަ ޑިމޮކްރެޓްސްގެ ކައުންސިލުން ނިންމައިފި އެވެ. 

އެ ޕާޓީން މިފަދައިން ނިންމާފައިވަނީ މިރޭ ދަ ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލުން ބޭއްވި ބައްދަލުވުމުގައެވެ. 

އެމްޑީޕީގެ ސަރުކާރާއި ގުޅޭނީ ނިޒާމީ ވޯޓު މި މަހުގެ 28 ވަނަ ދުވަހުގެ ކުރިން ނަގަން މި މަހުގެ 20ގެ ކުރިން އެއްބަސްވާނަމަ ކަމަށާއި، ޕީޕީއެމްއާއި ގުޅޭނީ އެ ސަރުކާރުގެ ހިއްސާ އެ ޕާޓީއަށް ލިބޭނެ ކަމަށް މި މަހުގެ 20 ކުރިން އެއްބަސްވެގެން ކަމަށް ނިންމާ ދަ ޑިމޮކްރެޓްސްގެ ފަރާތުން މުހައްމަދު ޝިފާޒް (ޝިއްޕެ) ވަނީ މިރޭގެ ކައުންސިލް ބައްދަލުވުމަށް ގަރާރެއް ހުށައަޅުއްވާފަ އެވެ. 

ޑިމޮކްރެޓުންގެ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ފުޅުދައްކަވަމުންދާ ހުރިހާ ބޭފުޅުންގެވެސް ވާހަކަފުޅަކަށްވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހް ހުށަހަޅުއްވާފައިވާ ތާރީޚް ގަބޫލުފުޅު ނުކުރެއްވުމަށެވެ.

ގަލޮޅު އުތުރުދާއިރާގެ މެމްބަރ އީވާ ވިދާޅުވީ 28 އޮކްޓޫބަރގެ ކުރިން ނިޒާމީ ވޯޓް ނަގަންޖެހޭނެ ކަމަށެވެ. އިބްރާހިމް މުހައްމަދު ސާލިހަށް މިހާރު އިތުބާރު ނުކުރެވޭކަމަށާއި ޑިމޮކްރެޓުންގެ ޝަރުތުތައް ގަބޫލު ނުކުރެވޭނަމަ ޑިމޮކްރެޓުން މިއިންތިޚާބުގައި ވަކިކޮޅެއް ޚިޔާރުކުރަން ކޮންމެހެން ނުޖެހޭނެކަމަށް ކައުންސިލް ބައްދަލުވުމުގައި ވާހަކަދެއްކެވި ގިނަ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.