މާލެ ސިޓީ ކައުންސިލްގެ މެންބަރު އަހުމަދު އައިފާން-- ފޮޓޯ/ މާލެ ސިޓީ ކައުންސިލް
ހަބަރު
19 Sep 2023 | 08:28
ކައުންސިލަރު އައިފާނަށް ނޭނގި އޭނާ ރީ-ރަޖިސްޓަރ ކުރަން އުޅެފި

މާލެ ސިޓީގެ ހެންވޭރު ހުޅަނގު ކައުންސިލަރ އަޙްމަދު އައިފާން އަށް ނޭނގި އޭނާ ރީ-ރަޖިސްޓަރ ކުރަން މަސައްކަތްކޮށްފިއެވެ.

މިކަން ހާމަކުރައްވައި އައިފާން ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ، ރީ ރެޖިސްޓާ ކުރަން އޭނާ ހުށަނާޅާ ކަމަށާ، އެހެން ނަމަވެސް, އޮންލައިންކޮށް އޭނާ ރީ-ރެޖިސްޓާރ ކުރަން އޯޓީޕީ ނަންބަރު މެސެޖުން އައިސްފައިވާ ކަމަށެވެ. އެގޮތުން އައިސްފައިވާ މެސެޖުގެ ފޮޓޯއެއްވެސް އައިފާންގެ ޓުވީޓުގައި ވަނީ ހިމަނުއްްވާފައެވެ. 

މިއާއެކު އައިފާން ވިދާޅުވީ، މިއީ ވަރަށް ހައްސާސް މައްސަލަ އެއް ކަމަށާ، މި މައްސަލަ އިލެކްޝަންސް ކޮމިޝަނާއި ފުލުހުންވެސް ތަހުގީގު ކުރަންޖެހޭ ކަމަށެވެ. 

އައިފާން ނޫން އެހެންވެސް ވަރަށް ގިނަ މީހުންނަށް ނޭނގި އެމީހުން ރީ ރެޖިސްޓާ ކޮށްފައިވާ މައްސަލަތައް މިހާރު އަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން، މާލޭގައި ރެޖިސްޓާރ ކޮށްފައިވާ އެއްބައި މީހުން ފުވައްމުލަކު ނުވަތަ ބޭރުގެ ބައެއް ގައުމު ތަކުގައިވެސް ރީ ރެޖިސްޓާ ކޮށްދީފައިވާ ކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. މި ގޮތަށް ގިނައިން ކޮށްފައި ހުރީ އެ މީހާއަށް ވޯޓުލާން ދާންވެސް އުނދަގޫ ހިސާބުތަކަށް ކަން ފާހަގަކޮށްލަންޖެހެއެވެ. 

މި މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން ބުނީ، ‏ރީ-ރަޖިސްޓްރީ ކުރާ ފޯމެއް ހުށަހަޅައިގެން ނުވަތަ އޮންލައިން ޕޯޓަލް މެދުވެރިކޮށް ނޫން ގޮތަކަށް އެއްވެސް މީހަކު ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. 

އަދި އެފަދަ އީސީ އަށް މައްސަލަ ހުށަހެޅުމުން ފޯމުގެ ކޮޕީ ނުވަތަ ޕޯޓަލް އިން އެދިފައިވާކަން ބަލައިދެވޭނެ ކަމަށާ، ރީ-ރަޖިސްޓްރޭޝަން ގެ މަސައްކަތް ނިމި، ލިސްޓު ޢާންމުކޮށް ޝަކުވާ އަށް ދެ ދުވަހުގެ މުއްދަތަށް ހުޅުވައިލެވޭނެ ކަމަށެވެ. އަދި ފައިނަލް ލިސްޓު އީސީގެ ވެބްސައިޓުން ފެންނާނެ ކަމަށާ، އަދި ކެންޑިޑޭޓުންނާއި، މަސްލަޙަތު އޮތް ޕާޓީތަކާއެކު ލިސްޓު ޙިއްސާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މިއާއެކު އީސީން ބުނީ، އެ މައްސަލާގައި ގޯހުން ކަމެއް ހިނގާފައިވާނަމަ، އެކަމެއް އީސީން އިސްލާޙް ކޮށްދޭނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.