ރައީސް ޞާލިޙް ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
19 Sep 2023 | 11:31
ރީރެޖިސްޓަރ ކުރި މީހުންގެ ޢަދަދު އިތުރުވެފައިވަނީ ވޯޓުލާން ނުނިކުމެ ތިބި މީހުންނަށް ވިސްނައިދިނުމުން: ރައީސް ޞާލިޙް

އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާން ރީރެޖިސްޓަރ ކުރި މީހުންގެ ޢަދަދު އިތުރުވެފައިވަނީ ވޯޓުލާން ނުނިކުމެ ތިބި މީހުންނަށް ވިސްނައި ދިނުމުން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރޭ މާލޭގައި ބޭއްވި މާފަންނު ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ 30 ސެޕްޓެމްބަރުގައި އޮންނަ ވޯޓަށް ނުކުންނަވަން ވާނީ ކުރީގެ މާޒީގައި ކަންކަން ހިނގައިދިޔަ ގޮތައް ވިސްނަމުން ކަމަށެވެ.

"އާދެ ނިމިދިޔަ 9 ސެޕްޓެމްބަރުގެ ވޯޓުން އަޅުގަނދުމެންނަށް ފެންނަ ހަޤީޤަތްތަކެއް އެބަހުރި، މިހާތަނަށް ރާއްޖޭގެ އިންތިޚާބެއްގައި އެންމެ މަދުން ވޯޓުލީ އިންތިޚާބު މިއީ، ކީއްތޯމިވީ، އަޅުގަނދު ކުރިންވެސް ދެންނެވިފަދައިން، ކީއްވެގެންތޯ، އޭ ދަށް ޕަސެންޓޭޖެއް ވޯޓުލީ، އަޅުގަނޑުމެންގެ މިއަދުގެވެސް އަމާޒަކަށް ވާންވީ، އެއްކަމަކީ މި ޕަސެންޓޭޖް މަތި ކުރުން، ވޯޓްނުލާ މީހުން ހޯދައި އެމީހުންނަށް ވިސްނައިދީ ވޯޓު ފޮއްޓާއި ހިސާބަށް ގެންދިޔުން، އަޅުގަނޑު ހިތުން މިއަދު އެމްޑީޕީ ވަނީ އެކަމަށް ތައްޔާރުވެފަ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރީ ރެޖިސްޓޭޝަންގައި 47 ހާސްމީހުން ރަޖިސްޓްރީ ކުރުމުން އޭގެ ކަންބޮޑުވުންތައް އިދިކޮޅުން އެފާޅުކުރަނީ އެހެންވެ ކަމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ މިކުރާ މަސައްކަތުން މިކަން ކާމިޔާބު ކުރެވޭނެ ކަން ޔަޤީން ވާ ކަމަށާއި، އެމްޑީޕީ ކޯލިޝަނުން ހަމަޖެހިގެން މިތިބީ އެހެންވެކަމަށެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Jul 2026
އިސްލާމީ ކުތުބުޚާނާ ދުވަސް ފާހަގަ ކުރުމަށް ހަރަކާތްތަކެއް
ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހާއި، އިސްލާމީ ކުތުބުޚާނާގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްލާމީ ކުތުބުޚާނާއިން އިންތިޒާމުކޮށްގެން ޚާއްސަ ޙަރަކާތްތަކެއް ބޭއްވުމަށް ނިންމައިފި އެވެ.
10 Jul 2026
އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދަން މަސައްކަތް ކުރަން: ފައިސަލް
"އެ ޝައުގުވެރިކަން އެބަ އޮތޭ, އެ އުންމީދު އެބަ އޮތޭ. އެ މަސައްކަތް އެގޮތަށް އެބަ ކުރެވޭ," ފައިސަލް ވިދާޅުވި އެވެ.
10 Jul 2026
މަރުގެ ޙުކުމް ތަންފީޒު ކުރަން މިހާރު ތާއީދެއް ނުކުރަން
އެމަނިކުފާނަކީ ކުރިން މަރުގެ ޙުކުމް ތަންފީޒު ކުރަން ތާއީދު ކުރެއްވި ބޭފުޅެއް ކަމަށާ ނަމަވެސް މިހާރު އެކަމަށް ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
10 Jul 2026
ދައުލަތަށް 22.4 ބިލިއަން ރުފިޔާ ލިބިއްޖެ
ފުރަތަމަ ހަ މަހު ދައުލަތަށް 22.4 ބިލިއަން ރުފިޔާ ލިބުނުއިރު ޚަރަދު 23.4 ބިލިއަނަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
10 Jul 2026
ޑިސެންބަރުގައި އެނބުރި ބަންގްލަދޭޝްއަށް ދާނަން: ޝެއިޚް ހަސީނާ
ޝޭޚް ހަސީނާ ޑިސެމްބަރު ހާތާނގައި އަވާމީ ލީގުގެ ލީޑަރުންނާ އެކު ބަންގުލަދޭޝަށް ވަޑައިގެން ކޯޓަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ރޮއިޓާސް އަށް ދެއްވި އިންޓަވިއުގައި ވިދާޅުވެއްޖެއެވެ.
10 Jul 2026
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ
އެކި ސަރަހައްދުތަކުން ހޮވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
10 Jul 2026
”އުނދަގޫކަމާ އެކު އަޅައަޅައިގަނެގެން ޤުރްއާން ކިޔަވާ މީހާއަށް ދެ ދަރުމަ ހުއްޓެވެ“
ޚުޠުބާގައި ބުނި ގޮތުގައި، ކީރިތި ޤުރްއާނަކީ އެންމެ މަތިވެރި އަދި އެންމެ ބަރަކާތްތެރި ފޮތެވެ. އެ ފޮތުގެ އުޞޫލުތަކުގައި ހިފަހައްޓައި، އޭގެ މާނަތަކާ މެދު ފިކުރުކޮށް، ކިޔެވުމުގައި ދެމިހުންނަ މީހަކީ ގެއްލުމެއް ނުވާނޭ ފަދަ ފައިދާހުރި ވިޔަފާރިއެއްގައި ދެމިހުރި މީހެކެވެ. މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅަކުން މިކަން ސާބިތުކޮށްދެއްވަމުން ޚުޠުބާގައި ވިދާޅުވީ، اللهގެ ފޮތް ކިޔަވައި، ނަމާދު ޤާއިމުކޮށް، ސިއްރާއި ފާޅުގައި ހޭދަކުރާ މީހުންނަކީ އުުއްމީދުކުރާ ފަދަ ކާމިޔާބު ވިޔަފާރިއެއްގެ އަހުލުވެރިން ކަމަށެވެ.
10 Jul 2026
ނަތަންޔާހޫ ބޭނުންވަނީ ވޯލްޑްކަޕް އާޖެންޓީނާއިން ކާމިޔާބު ކުރަން
އިސްރާއީލުގެ ކޮމީޑިއަން ބެން ބެން ބާރޫޚް ހޮސްޓުކުރާ "ދަ މޯޖޯ ޕޮޑްކާސްޓް" ގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނީ އާޖެންޓީނާއަށް ތާއީދުކުރަނީ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއާ ހެދި ނޫން ކަމަށާއި އެ ޤައުމުގެ ރައީސް ހާވިއެރް މިލޭއީގެ ސަބަބުން ކަމަށެވެ.