އިދިކޮޅު ލީޑަރުން ހައިކޯޓަށް ވަޑައިގަތުމަށްފަހު ދެއްވި އިންޓަވިއު/ ފޮޓޯ: ޕީޕީއެމް
ހަބަރު
19 Sep 2023 | 11:53
ރައީސް ޔާމީންގެ އިސްތިއުނާފު ލަސްކުރަމުންދާތީ އިދިކޮޅުން ހައިކޯޓަށް

ވާދަވެރި ސިޔާސީ ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވި ހުކުމް، އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލަ ދިގުލައިގެން ދާތީ އިދިކޮޅުގެ އޮތް ކަންބޮޑުވުންތަކާއެކު އެ ކޯލިޝަންގެ ލީޑަރުން ހައިކޯޓަށް ވަޑައިގެންފި އެވެ.

އިދިކޮޅު ލީޑަރުން ހައިކޯޓަށް ވަޑައިގަތުމަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްވި އިންޓަވިއުއެއްގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ އިދިކޮޅު ލީޑަރުން ހައިކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރި އިރު ކުރިއަށް އޮތް 3 ފަހްތާވެސް ރައީސް ޔާމިނުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ތާވަލުކޮށްފައި ނުވާކަމަށެވެ. 

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނުގޮތުގައި ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރު 23 ފެށިގެން އެބަ ޗުއްޓީ ނަނަގަވާ. އަނެއްކާ 25 އިން ފެށިގެން ހައިކޯޓުގެ ބޭފުޅުން ރަސްމީ ދަތުރުފުޅެއްގައި އެބަ ވަޑައިގަންނަވާ. އޭގެ މާނައަކީ މި އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމާއި ހަމަޔަށް ބަލާއިރު އަދި ނެތޭ ރައީސް ޔާމީނުގެ މައްސަލަ ތާވަލުކުރެވިފައެއް"

އަބްދުއްރަހީމް އަބްދުالله 

އަބްދުއްރަހީމް ވިދާޅުވީ އިސްތިއުނާފު މަރުހަލާގައި އޮތް މައްސަލައެއް ގާތްގަނޑަކަށް އަހަރު ދުވަސް ދަންމާލުމަކީ ގަސްދުގައި މީހަކަށް އަނިޔާ ދިނުން ކަމަށެވެ. 

ރައީސް ޔާމިނަށް ކުރަމުންދަނީ ނުހައްގު އަނިޔާކަން ރައްޔިތުން ގަބޫލުކުރާކަން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިން ހާމަވެގެންދާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެއާއެކު އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމިނުގެ އިސްތިއުނާފު މައްސަލަ ލަސްކުރަމުން ދަނީ އިންޑިއާއިން ނުފޫޒު ފޯރުވައިގެން ކަމަށާއި، ޖޭއެސްސީ މެދުވެރިކޮށްގެން ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފަ އެވެ. 

"ރައީސް ޔާމީންގެ މައްސަލަ ލަސްކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ އިންޑިއާއިން. އިންޑިއާ އަޑީގައި އޮވެގެން އިބްރާހިމް މުހައްމަދު ޞާލިހު ރައީސް އޮފީހުގައި ހުންނަވައިގެން ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން، ދެން ޖޭއެސްސީ މެދުވެރިކޮށް އިބްރާހިމް މުހައްމަދު ޞާލިހު އެބަ ނުފޫޒު ފޯރުވާ"

އަބްދުއްރަހީމް އަބްދުالله 

އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ނަތީޖާއިން މި ސަރުކާރު ބަދަލުކުރާނެ ކަމަށެވެ. އަދި ޝަރުއީ ދާއިރާއަށް އޮތް ނުފޫޒު ނައްތާލާ ރައީސް ޔާމީން މިނިވަންކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން އާރަށު މައްސަލައާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފުކޮށްފައި ވަނީ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގަ އެވެ. މިހާރު ވަނީ އެ މައްސަލަ ގާތްގަނޑަކަށް ނިމުމަކަށް އައިސްފައެވެ. އެހެން ނަމަވެސް ވަކި ހިސާބަކުން މި މައްސަލަ މަޑުޖައްސާ، މިހާތަނަށް އެ މައްސަލަ ބަލާ ނިންމާފައި ނުވާތީ ރައީސް ޔާމީނުގެ ގާނޫނީ ވަކީލުން ވެސް ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.