ހަބަރު
19 Sep 2023 | 16:42
ޓްވިޓާއަށް ވަންނަ މީހުންގެ އަތުން މަހުފީއެއް ނަގަފާނެ ކަމުގެ އިޝާރާތެއް

ޓްވިޓާ މިހާރުގެ ނަމުންނަމަ އެކްސް އަށް ވަންނަ މީހުންގެ އަތުން މަހުފީއެއް ނަގާފަނެ ކަމުގެ އިޝާރާތެއް އެކުންފުނީގެ ވެރިޔާ އެލޮން މަސްކު ދީފިއެވެ.

މިދިޔަ 2022 ވަނަ އަހަރު ޓްވިޓަރ ގަތުމަށްފަހު "ޓެކް ޓައިކޫން" އެލޮން މަސްކު ވަނީ އެކުންފުންޏަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން އޭނާ އުކުންފުންޏާއި ހަވާލުވުމަށްފަހު އެކުންފުނިން އެތައް ހާސް މުވައްޒިފުންނެއް ކުންފުނިން ވަކިކުރުމާއި، ޕެއިޑް ޕްރިމިއަމް އޮޕްޝަން ތަޢާރަފްކުރުމާއި އަދި މިނޫނަސް އެހެން ބަދަލުތައްވެސް ހިމެނެއެވެ.

މަސްކު ޓުވިޓާ ގަތުމަށްފަހު ކުރިން ޓްވިޓާއިން ބޭން ކޮށްފައިހުރި އެކައުންޓްތަކަށް އަލުން އެކްސެސް ދީފައިވެއެވެ. އޭގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް ހިމެނެއެވެ.

ކޮމްޕިޔުޓަރ ޕްރޮގްރާމް ތައް މެދުވެރިކޮށް އިންސާނެއްގެ މަސައްކަތަކާއި ނުލައި ހިންގާ ޓްވިޓާ އެކައުންޓްތައް ހުންނައިރު އެފަދަ އެކައުންޓް ތަކުން ސިޔާސީ މެސެޖް ތަކާއި ނަފްރަތު އުފައްދާ ފަދަ މެސެޖްތައް ޕްލެޓްފޯމަށް ދޫކޮށްލެވެއެވެ.

މިފަދަ އެކައުންޓް ތަކުގެ ސަބަބުން ޔަހޫދީންނާއި ދެކޮޅު މެސެޖް ތައް ފެތުރިދާނެ ކަމުގެ ކަން ބޮޑުވުން މަސްކާއި ހިއްސާ ކޮށްފައިވަނީ އިޒްރާއިލްގެ ބޮޑު ވަޒީރު ނަތަންޔާހޫއެވެ.

ނަތަންޔާހޫ އާއި ދެކެވުނު ވާހަކައިގައި މަސްކު ބުނެފައިވަނީ އެކްސް ކުންފުނިން މިހާރު މަސައްކަތް ކުރަމުންދަނީ ޖަހާފައިވަނީ އެޕްލެޓްފޯމް ބޭނުން ކުރާ ކޮންމެ މީހެއްގެ އަތުން މަހު ފީއެއް ނެގުމަށް ކަމަށެވެ.

އަދި މިކަމުގެ ސަބަބުން ކޮމްޕިޔުޓަރ ޕްރޮގްރާމްތައް ބޭނުން ކޮށްގެން ހިންގާ ބޮޓް އެކައުންޓްތައް ކޮންޓްރޯލް ކުރެވޭނެ ގޮތަކީ އެއީ ކަމަށެވެ.

މަސްކު ބުނެފައިވަނީ އުފައްދާ ކޮންމެ ބޮޓް އެކައުންޓަކަށް ފައިސާ ދައްކަން ފައިސާ ދައްކާ ވަކި މެތަޑެއް ހުށައަޅަން ޖެހޭނެ ކަމަށާއި މިގޮތައް ހެދުމުން ބޮޑު އެއްޗެއް ދައްކަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް