ޑރ. މުޢިއްޒު މާފަރަށް ވަޑައިގެންނެވުން-- ފޮޓޯ (މުނާޒު ހުސައިން/ވޮއިސް)
ހަބަރު
20 Sep 2023 | 11:12
މާފާރުން މުޢިއްޒުއަށް ފިނިފެންމަލުގެ މަރުހަބާއެއް!

ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ނ މާފަރަށް ވަޑައިގެންނެވުމުން އެރަށު ރައްޔިތުން ނުކުމެ ފިނިފެންމަލުގެ ހޫނު މަރުހަބާއެއް މުޢިއްޒުއަށް ދަންނަވައިފިއެވެ. 

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެންޕެއިން ހަރަކާތްތައް އަތޮޅު ތެރެއާއި މާލޭގައިވެސް މުޢިއްޒާއި ޓީމުން ކުރިއަށް ގެންދަމުންދާއިރު، މިއަދު އެމަނިކުފާނު ކެންޕެއިން ކުރައްވަމުންދަނީ ނ އަތޮޅުގެ ރަށްތަކުގައެވެ. 

އެގޮތުން މިއަދު ހެނދުނު ނ މާފަރަށް ވަޑައިގެންފައިވާއިރު، އެރަށު ކުދި، ބޮޑު އަދި ދުވަސްވީ ގިނަ ބަޔަކު ވަނީ މަރުހަބާ ދަންނަވަން ނުކުމެފައެވެ. އަދި އެމީހުން ބޮޑެތި ފިޔާތޮށި މާފަތިތައް ޑރ. މުޢިއްޒުގެ ކަރުގައި އަމުނަމުން ދިޔައިރު، އަސުރުމާ ކުލައިގެ ކަރުދާހުން ހަދާފައިވާ ފިނިފެންމާތައްވެސް  ދިޔައީ ދެމުންނެވެ. މުޅި އެ ސަރަހައްދު އޮތީ މުއިއްޒަށް މަރުހަބާ ދެންނެވުމަށް ޕީޕީއެމްގެ ފިޔާތޮށިކުލައިން ޖަރީކޮށްލާފައެވެ. 

ޑރ. މުޢިއްޒު މާފަރަށް ވަޑައިގެންނެވުން-- ފޮޓޯ (މުނާޒު ހުސައިން/ވޮއިސް)

މުއިއްޒު މާފަރަށް ކުރެއްވި މި ދަރިފުޅުގައި ވަނީ އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ އެމަނިކުފާނުގެ ވެރިކަމެއްގައި އެރަށަށް ކޮށްދެއްވާނެ ބައެއް ކަންކަން ހާމަ ކުރައްވާފައެވެ. 

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މާފަރުގެ މެޖޯރިޓީ ހޯއްދެވީ މުޢިއްޒުއެވެ. މާފަރުގެ ދަތުރުފުޅުގައި މުޢިއްޒު ވަނީ ދެވަނަ ބުރުގައިވެސް އެއަށްވުރެ ބޮޑު ތާއީދެއް ދެއްވުމަށް އެދިލައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.