ޑރ މުހައްމަދު މުއިއްޒު
ހަބަރު
20 Sep 2023 | 12:00
މާފަރުގެ އިހްތިޞާސުން ވަކިކުރި ބައި ހޯދައިދިނުމަށް މުއިއްޒު ވައުދުވެއްޖެ

މި ސަރުކާރުން ނ. މާފަރުގެ އިހްތިސާސުން ވަކިކުރި ދެ ފަޅުރަށާ އެކު، ފަޅުގެ ބޮޑުބައި ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި މާފަރުގެ ބަޔަކަށް ހަދައިދެއްވާނެކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ނ މާފަރަށް ވަޑައިގެން އެ ރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ މި ސަރުކާރުން މި ރަށުގެ އިހްތިސާސުން ވަކިކޮށްފައިވާ ބަޔަކީ މި ރަށަށް ލިބެން ޖެހޭނެ ބައެއްކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ ކަން އޭނާގެ ވެރިކަމެއްގެ ކުރީކޮޅުގައި ނިންމަވައި ދެއްވާނެ ކަމަށް ވިދާޅުވެ ޕިޕީއެމް ޕީއެންސީގެ ވެރިކަމެއްގައި މާފަރަށް ގެނެސްދޭން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް މުއިއްޒުވަނީ އިއުލާން ކުރައްވާފައެވެ.

މި ރަށު ފަޅުތެރެއިން އިހްތިސާސުން މި ސަރުކާރުން ވަކިކޮށްފައިވާ ބައި އަނބުރާ ހޯދައިދޭނަން. މި ކަން އަޅުގަނޑު އިންތިޚާބުވާ ފުރަތަމަ ތިން މަސް ދުވަސް ތެރޭ ނިންމައިދޭނަން

ޑރ މުއިއްޒު

މީގެ އިތުރުން މާފަރުގެ ތަރައްގީގެ މަޝްރޫއުތަކަށް އަލި އަޅުވާކައި މުއިއްޒު ވިދާޅުވީ މާފަރުގެ މަގުތައް ހެދުމަކީ ވަރަށް މުހިންމު މަޝްރޫއެއް ކަމަށްވުމުން އޭނާގެ ވެރިކަމެއްގައި ޚާއްސަ އަހަމިއްޔަތުކަމެއް ދެއްވައިގެން އެ މަޝްރޫއު ކުރިޔަށް ގެންދަވާނެ ކަމަށެވެ.

އަދި އޭގެ އިތުރުން މާފަރުގެ ފުޓްބޯޅަ ދަނޑު ހެދިފައިވީ ނަމަވެސް އެ ދަނޑުގައި ޗޭންޖިންގް ރޫމް އެއް ނެތް ކަމަށާއި އެ ތަނުގައި ޗޭންޖިންގް ރޫމެއް ގާއިމްކޮށްދެއްވާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންފައިވެއެވެ.

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ސަރުކާރުން ސިއްހީ ނިޒާމަށް ފަރުވާ ކުޑަކޮށްފައިވާ މިންވަރު ފާހަގަކޮށް މުއިއްޒު ވިދާޅުވީ މާފަރުގައި ސިއްހީ ނިޒާމު ހަރުދަނާކޮށް ކުރިއަރުވާނެ ކަމަށެވެ.

މީގެ އިތުރުން، މާފަރުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.