"އެސްޓީއޯ ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖް 2023"
ކުޅިވަރު
20 Sep 2023 | 13:44
"އެސްޓީއޯ ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖް 2023" ގެ ގުރުލުން ސެޕްޓެމްބަރު 27 ގައި

ޖޯޒީ އެމްވީގެ ފަރާތުން އިންތިޒާމްކޮށްގެން ލ.ހިތަދޫގައި އޮކްޓޫބަރު މަހުގެ 02 ދުވަހު ފެށުމަށް ހަޖެހިފައިވާ "އެސްޓީއޯ ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖް 2023" ގައި ޖުމްލަ 8 ޓީމު ބައިވެރިވެފައިވާއިރު މުބާރާތުގެ ގުރުލުން ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވޮއިސް އަށް މައުލޫމާތު ދެއްވަމުން ޖޯޒީ އެމްވީގެ ވެރިޔާ އިދުރީސް މަހްފޫޒު ވިދާޅުވީ މި މުބާރާތަކީ ޖޯޒީ އެމްވީގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަަމަ ފުޓްސަލް މުބާރާތެވެ. އަދި މިއީ ލ.އަތޮޅުގެ ޒުވާނުންނަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ. 

އިތުރަށް ވާހަކަ ދައްކަމުން އިދުރީސް ވިދާޅުވީ މިފަދަ މުބާރާތެއް ލ.އަތޮޅުގެ ޒުވާނުންނަށް ޚާއްސަކޮށްގެން ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހް ދިރުވައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ކުޅިވަރުގެ ތެރެއިން ކުށް މަދު މުޖުތަމައެއް ބިނާކުރުމަށް ބާރުއެޅުމާއެކު، ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމެވެ.

ޖުމްލަ 8 ޓީމު ޓީމަށް ބައިވެރިވެފައި މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައިވާއިރު، މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެސްޓީއޯ އެވެ. އަދި މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ވޮއިސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ