ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ޖެންޑާ މިނިސްޓަރު--
ހަބަރު
20 Sep 2023 | 15:07
ބޮޑުކުރި މުސާރަ އާއެކު ގިނަ ސޯޝަލް ވޯކަރުންތަކެއްގެ މުސާރަ ކުޑަވެއްޖެ! ކަންބޮޑުވުންތަކަށް ހައްލެއްނެތް!

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މުސާރަ ސަރުކާރުން ބޮޑުކުރި އިރު، އޭގެތެރޭގައި ހިމެނޭ ސޯޝަލް ވޯކަރުންގެ ތެރެއިން ވަރަށް ގިނަ މީހުންގެ މުސާރަ ވީ ކުޑަ ކަން ހާމަވެއްޖެއެވެ. 

މެއި 1 ވަނަ ދުވަހުން ފެށިގެން، ސައިކޮލޮޖިސްޓުންނާއި، ކައުންސިލަރުންނާއި، ސޯޝަލް ވޯކަރުންނާއި، ޝޯސަލް ސަރވިސް ވޯކަރުން ހިމެނޭ ގޮތަށް، ސޯޝަލް ސަރވިސް ދާއިރާގައި މަސައްކަތްކުރާ މީހުންގެ މުސާރަ ބޮޑު ކޮށް، ބޮޑު ކުރި މުސާރަތައް ސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ. 

އެގޮތުން މުސާރަ ބޮޑުކޮށް ސަރުކާރުން އާއްމު ކުރި ޝީޓުގައި ވާގޮތުން ސޯޝަލް ވޯކަރަކަށް މީގެ ކުރިން އިތުރު ގަޑީގެ އެލަވަންސާއެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 12،944 ރުފިޔާއެވެ. ނަމަވެސް "ބޮޑު" ކުރެވުނު މުސާރަ އާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 21،585 ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ނަމަވެސް، އެ ބޮޑު މުސާރަ ލިބޭނެ މުވައްޒަފުންގެ ކެޓަގަރީގައި ގިނައިން ހިމެނެނީ މާލޭގައި މަސައްކަތް ކުރާ ފަރާތްތަކެވެ. އެގޮތުން، ރާއްޖޭގައި މިހާރު މަސައްކަތް ކުރަމުންދާ ސޯޝަލް ވޯކަރުންގެ ތެރެއިން ބޮޑު މުސާރަ ލިބޭ ރޭންކު ކަމުގައިވާ އެމްއެސް 2 އަދި 1 އަށް ވަންނަ ތިބީ ވަރަށް މަދު މުވައްޒަފުންނެވެ. ސޯޝަލް ވޯކަރުންގެ ތެރެއިން ގިނަ މީހުން ވަންނަނީ ޖީއެސް 4 ގެ ރޭންކަށެވެ. އަދި ބޮޑު ކުރެވުނު މުސާރައާއެކު އެ ރޭންކުގައި ތިބި ހުރިހާ ސޯޝަލް ވޯކަރުންގެ މުސާރަ ވަރަށް ބޮޑު ތަނުން ދަށްވެފައިވާ ކަމަށް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

އެގޮތުން، އެކަމާއި ގުޅޭގޮތުން، "ވޮއިސް"އަށް މައުލޫމާތު ދެއްވި ސޯޝަލް ވޯކަރެއް ވިދާޅުވީ، އެމްއެސް 2 އަދި 1 އާއި ޖީއެސް 4 އާއި ދެމެދު މުސާރައިގެ ފަރަގު 6000 ރުފިޔާއާއި ގާތް ކުރާ ކަމަށެވެ. އެހެންނަމަވެސް، ކުރާ މަސައްކަތުގެ ގޮތުން ބަލާނަމަ، ތިން ރޭންކުގެ މުވައްޒަފުންވެސް ކުރަމުންދަނީ އެއް މަސައްކަތެއް ކަން އޭނާ ފާހަގަކުރެއްވިއެވެ. 

އަދި މީގެ އިތުރުން، ބޮޑު ކުރި މުސާރައާއި އެކު ކުރިން، ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް ދިން 100ރުފިޔާގެ ރިސްކު އެލަވަންސް އާއި، ލިބެމުންއައި އަންލިމިޓެޑް އޯޓީވެސް ކަނޑާލާފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރިން އިތުރު ގަޑީގައި މަސައްކަތް ކުރުމުން ގާތްގަނޑަކަށް 3000 ރުފިޔާ، އަދި ރިސްކުގެ ގޮތުގައި މަހަކަށް 2000 އަށްވުރެ ގިނައިން ލިބެމުން އައި ނަމަވެސް މިހާރު އެ މުސާރައެއް ނުލިބެއެވެ. 

އަޅުގަނޑުމެންނަށް ގާތްގަނޑަކަށް 4000-5000 ދެމެދުގެ ގެއްލުމެއް މިވީ މުސާރަ ބޮޑު ވުމުން. މިހާރު އޯޓީ އަށްވެސް ލިބެނީ %10. އެއީ ގާތްގަނޑަކަށް 800 އެއްހާ ރުފިޔާ. އެކަމަކު އެއަށްވުރެ ގިނައިން މަސައްކަތް ނުކޮށްވެސް ވާކަށް ނޯވޭ. ދަންވަރުވެސް ކޭސް އެއް އައިސްދާނެ. ކޮންމެ އަތޮޅެއްގައި ހިމެނޭ ރަށްތައް ބަލަހަށްޓަމުން، އެކި މުވައްސަސާތަކަށް ރިޕޯޓްތައް ފޯރުކޮށްދެމުން މިދަނީ. އެކަމަކު މުސާރައިގެ އެ 10 ޕަސެންޓް ހަމަވީ އޯޓީ ނުލިބޭ. އެކަމަކު މަސައްކަތް ނުކޮށް ވާކަށްވެސް ނޯވޭ. ހޮނިހިރު ދުވަހުވެސް އެޓެންޑެސް އެލަވެންސް ގެ އެ 72 ރުފިޔާ މި ލިބެނީ 8 ގަޑިއިރު ހެދީމާ. އެހެން ދުވަސް ދުވަހުވެސް 8 ގަޑިއިރު މަސައްކަތް ނުކޮށް އެޓެންޑެންސް އެލަވަންސް އެއް ނުލިބޭ. ހުކުރު ދުވަހުވެސް އޯޓީ ލިބެނީ 4 ގަޑިއިރަށްވުރެ ގިނަ އިރު މަސައްކަތް ކުރީމާ. އެހެން ދުވަސް ދުވަހު 8 ގަޑިއިރަށްވުރެ ގިނައިން ކުރީމާ. 

ކަންމިހެން ހުރުމުން، ކުރިން 16,000 އަށްވުރެ ގިނައިން ލިބެމުންއައި މުސާރަ، މިހާރު 12,000 އާ 13,000އާ ދެމެދަށް ކުޑަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރޭންކު މަތިވުމުން ބޮޑު މުސާރަ ލިބުނު ކަމުގައި ވިޔަސް، އެހެން ވާން އޮތީ ކިޔަވައިވެން ކަމަށާ، ނަމަވެސް ކިޔަވަންވެސް މާލެ ދިޔުމާ އެނޫންވެސް އެތައް ޚަރަދެއް ކުރަންޖެހޭ ކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން, ތަކެތީގެ އަގުތައް މިހާ ބޮޑު އިރު، އެ ލިބޭ ކުޑަ މުސާރައިން އެހުރިހާ ކަމެއް ކުރަން ވަރަށް ދަތިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އެއް މަސްއޫލިއްޔަތުތަކެއް އަދާ ކުރާ ދެ ރޭންކެއްގެ ދެމެދުގައި މިހާބޮޑު ފަރަގެއް އޮތުމުން، އެކަން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް އަންގައިގެން މައްސަލަ އަށް ހައްލެއް ލިބޭތޯ މަސައްކަތްކުރަމުންދާތާ 5 މަހަށްވުރެ ގިނަ ދުވަސް މިހާރު ވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އަދި އެ މައްސަލަ ހައްލުވެފައި ނުވާކަމަށް ވިދާޅުވިއެެވެ. 

ވުމާއެކު، ބޮޑު ކުރި މުސާރައާއެކު، އެފަރާތްތަކުގެ މުސާރަވީ ކުޑަ ކަމަށާ، އެއާއެކު އިތުރު އެތައް ތަކުލީފުތަކެއް އުފުލަންޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއް މަސައްކަތެއް ކުރާ ބައެއްގެ މެދުގައި އޮތް މުސާރައިގެ ބޮޑު ފަރަގަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް އެ ސޯޝަލް ވޯކަރުން އަންނަނީ ބުނަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Aug 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި ޒުވާނަކު އުމުރަށް ޖަލަށް
އެ ކުށް ސާބިތުވީ ށ. މާއުނގޫދޫ، ފެހިވިލާގެ, މުޙައްމަދު ފާރިޤު (28އ) ގެ މައްޗަށެވެ.
11 Aug 2026
އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރު 51 އިންސައްތަ އިތުރުކޮށްފި
ފިޔަވަޅުގެ ބޭނުމަކީ ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ހޯދެން ހުރި ފުރުޞަތުތައް ފުޅާކޮށް އިމްޕޯޓް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުން
11 Aug 2026
އެމްއެންޔޫގެ ދެވަނަ ސެމިސްޓަރަށް ގުޅުނު 1400 ދަރިވަރުންގެ އޮރިއެންޓޭޝަން ބާއްވައިފި
މި ޕްރޮގްރާމުގެ ފެށުމުގެ ތިން ދުވަހުގައި މައިގަނޑު ގޮތެއްގައި ބާރު އެޅީ ހަމައެކަނި ސަނަދެއް ހޯދުމުގެ ބަދަލުގައި ޢަމަލީ މައިދާނަށް ދަރިވަރުން ތައްޔާރުކުރުމުގެ މައްޗަށެވެ
11 Aug 2026
ހިރިމަރަދޫ ކައުންސިލް އަލުން އިޢާދަކޮށް އިންތިޚާބު ބާއްވަން އެމްޑީޕީން ގޮވާލައިފި
ހދ. ހިރިމަރަދޫ އަކީ ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި، އެ ރަށުގެ ކައުންސިލް ލާމަރުކަޒީ ޤާނޫނާ ޚިލާފަށް އުވާލާފައިވާތީ، އެކަން ބާޠިލުކޮށް ރަށު ކައުންސިލް އަލުން އިޢާދަކުރުމަށްފަހު އިންތިޚާބު ބޭއްވުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފިއެވެ.
11 Aug 2026
މަޖިދީމަގުގައި ރޭގަނޑު މުޒާހަރާ ކުރަން ހުއްދަ ނުދެވޭނެ: އިހްސާން
އިދިކޮޅު އެމްޑީޕީން އަންނަ ބުރާސްފަތި ދުވަހުގެ ރޭ "ދަތިވެއްޖެ" ނަމުގައި މާލޭގައި ބާއްވަން ރާވާ މުޒާހަރާ, މަޖީދީމަގުގައި ކުރިއަށް ގެންދަން ހުއްދަ ނުދެއްވޭނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު ޢަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
11 Aug 2026
އޭއައި މޮޑެލްތައް ކޮންޓްރޯލުން ނެއްޓެމުންދާ ހާދިސާތައް
ފާއިތުވި ދެ ހަފުތާގެ ތެރޭގައި އޯޕަންއޭއައި، މެޓާ، އެންތްރޮޕިކް އަދި އިނގިރޭސިވިލާތުގެ އޭއައި ސެކިއުރިޓީ އިންސްޓިޓިއުޓް (އޭއައިއެސްއައި) އިން ވެސް އެ ފަރާތްތަކުގެ އޭއައި މޮޑެލްތައް ކަނޑައެޅިފައިވާ އިމުން ބޭރުވި ހާދިސާތައް ހާމަކޮށްފިއެވެ.
11 Aug 2026
121 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ ފުލުހުން އަތުލައިގަތް
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ފުލުހުން ހިންގި އެކި އޮޕަރޭޝަންތަކުގައި 121 މިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގެންފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
11 Aug 2026
ޕީޖީ އޮފީހުގެ ޑިޖިޓަލް މަޝްރޫޢު "ޕީޖީއޯ 2.0" އިފްތިތާޙް ކޮށްފި
މި މަޝްރޫޢުގެ ދަށުން ޕީޖީ އޮފީހުގެ އެންމެހައި މަސައްކަތް އެއްކޮށް ޑިޖިޓައިޒް ކުރެވޭނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ. އެގޮތުން ޕްރޮސިކިއުޝަން މަސައްކަތަށް ޚާއްޞަ ސޮވްރިން އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ބޭނުންކުރަން ފެށުމާއި ކޭސް މެނޭޖްމަންޓް ސިސްޓަމުގެ ތެރެއަށް އެ ޓެކްނޮލޮޖީ ގުޅައިލުން ހިމެނެއެވެ.