އަބްދުއްރަހީމް ޅޮހީގައި އޮތް ޕީޕީއެމް ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
20 Sep 2023 | 16:37
މިވަގުތު ނިޒާމީ ވޯޓުގެ ވާހަކަ ދެއްކުން މުހިންމެއް ނޫން: އަބްދުއްރަހީމް

މިވަގުތު ނިޒާމީ ވޯޓެއްގެ ވާހަކަ ދެއްކުމަކީ މުހިންމުކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ. 

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި ވަނީ ޅޮހީގައި ބޭއްވި ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އެގޮތުން އަބްދުއްރަހީމް ވިދާޅުވީ ދިވެހިރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަން ޤާނޫނު އަސާސީގައި އޮތީ ބަޔާންކޮށްފައި ކަމަށެވެ. އަދި އެފަދައިން ޤާނޫނުގައި ބަޔާންކޮށްފައި ވަނީ ރައްޔިތުންނަށް އެގޮތަށް ފެނިގެން، އެގޮތަށް ގަބޫލުކުރެވޭތީ ކަމަށާއި، އެއީ ރައްޔިތުންގެ ނިންމުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަކީ އަބަދުވެސް ޤާނޫނު އަސާސީއާއި، ގަވައިދުތަކާއި އެއްގޮތަށް އަމަލުކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ރައްޔިތުންގެ ނިންމެވުމާއި އެއްގޮތަށް ކަންކަން ކުރިއަށް ގެންދަވާ ލީޑަރެއް ކަމަށާއި، ޕީޕީއެމް-ޕީއެންސީގެ ސިޔާސަތަކީ ވެސް ރައްޔިތުން އެދޭގޮތަށް ކަންކަން ކުރުމުގެ ސިޔާސަތުކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އެއާއެކު އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަމަށް ރައްޔިތުން ކަނޑައަޅާފައި އޮއްވާ، އެ ނޫންގޮތަކަށް ނިޒާމު ބަދަލުކުރުމުގެ ވާހަކަ މި ދަނޑިވަޅުގައި އަމުދުން ވެސް ދައްކަވަން ބޭނުންނުވާ ކަމަށެވެ. އަދި އިދިކޮޅުން ތާއީކުރަނީ ވެސް ރިޔާސީ ނިޒާމަށްކަން އޭނާ ފާހަގަކުރެއްވި އެވެ. 

"ރައްޔިތުންގެ ނިންމުމަކީ މި ގައުމުގައި އޮންނާނީ ރިޔާސީ ނިޒާމެކޭ. އެ ނިޒާމަށް އަޅުގަނޑުމެން ތާއީދުކުރަނީ. އަޅުގަނޑުމެން ނޫޅެން ކޮންމެހެން ނިޒާމީ ވޯޓެއްގައި އަޅައިގަނެގެން ނެއްޓެން ނޭނގިގެނެއް"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله 

އަބްދުއްރަހީމް ވިދާޅުވީ ޕީޕިއެމް-ޕީއެންސީ ކޯލިޝަންގެ އަމާޒަކީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރުން ކަމަށެވެ.

އެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި، 30 ސެޕްޓެމްބަރުގައި ނަގާ ވޯޓާއެކު މި ސަރުކާރު ބަދަލުވެގެންދާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެކަން ކާމިޔާބުކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުން ވެސް ވަރަށް ބުރަކޮށް މަސައްކަތްކޮށްދެއްވުމަށް އަބްދުއްރަހީމް ވަނީ އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.