ޠަލާލު ނޫސްވެރިންނަށް ދެއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
20 Sep 2023 | 18:22
އެއްވެސް ކުންފުންޏެއް އުވައެއް ނުލާނެ، ވަޒީފާތަކުން މީހުންނެއް ނުކަނޑާނެ: ތަރުޖަމާނު

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންފި ނަމަ ބައެއް ކުންފުނިތައް އުވާލައްވާނެކަމަށް ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މުހައްމަދު ޠަލާލު ދެއްވައިފި އެވެ. 

ޑރ މުއިއްޒުގެ ކެމްޕޭނުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރުމަށް މިއަދު ޠަލާލު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސިޔާސަތުތަކާއި ގުޅޭގޮތުން ޑރ މުއިއްޒު ދައްކަވާ ވާހަކަތައް ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް އޮޅުވާލައިގެން ދައްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

އަދި އެމަނިކުފާނު ވިދާޅުވިކަމަށް ހަގީގަތާއި ޚިލާފު ވާހަކަތައްވެސް ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ޑރ މުއިއްޒު ވެރިކަމަށް ވަޑައިގެންފި ނަމަ ބައެއް ކުންފުނިތައް އުވާލައްވާނެ ކަމަށާއި، އެ ކުންފުނިތަކުގެ މީހުންގެ ވަޒީފާތައްވެސް ގެއްލިގެންދާނެކަމަށް ބައެއް ފަރާތްތަކުން ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. 

އެހެން ނަމަވެސް އެއީ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށާއި، ޑރ މުއިއްޒު ވެރިކަމަށް ވަޑައިގެން އެއްވެސް ކުންފުންޏެއް އުވާލާ، އަދި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރައްވާނެ ކަމަށް ޠަލާލު ވިދާޅުވި އެވެ. 

"އެއްވެސް ކުންފުންޏެއް ޑރ މުއިއްޒު އުވައެއް ނުލައްވާނެ. އެއްވެސް މުވައްޒަފަކަށް ދެރަވާގޮތަށް އެމަނިކުފާނު އެއްވެސް ކަމެއް ނުކުރައްވާނެ"

ޑރ މުއިއްޒުގެ ތަރުޖަމާނު ޠަލާލު

ޠަލާލު ވިދާޅުވީ ޑރ މުއިއްޒު އެ ވަޑައިގަންނަވަނީ އަދުލުވެރި ވެރިކަމެއް ކުރެއްވުމަށް ކަމަށެވެ. އެމަނިކުފާނު ޚިދުމަތްކުރައްވާނީ ތަފާތުކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއި އެކުގައި ކަމަށާއި، ރައްޔިތުންނަށް ދެރަ ނިކަމެތިކަމެއް ލިބޭގޮތަށް އެއްވެސް ކަމެއް ނުކުރައްވާނެކަމަށް ޠަލާލު ވިދާޅުވި އެވެ. 

ޠަލާލު ވިދާޅުވީ ވަޒީފާގެ ބިރުދެއްކުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލަން ޖެހޭކަމަށެވެ. އަދި ވަޒީފާގެ ބިރުދެއްކުމަށް ސަރުކާރުން ދައްކަމުންދާ ވާހަކަތަކާއި ދޭތެރޭ ރައްޔިތުން ހޭލުންތެރިވާން ޖެހޭކަމަށެވެ.

އެއްވެސް ކުންފުންޏެއްގައި މަސައްކަތް ކުރާ ފަރާތެއް ވަޒީފާއިން ވަކި ނުކުރައްވާނެ ކަމަށާއި، އަދި އެމީހުންގެ މުސާރަވެސް ކުޑަ ނުކުރައްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވަނީ، މީހުން ވަޒީފާއިން ވަކިނުކޮށް ކުންފުނިތައް ހަމަމަގަށް އަޅުވަންވީ ގޮތް އެނގިވަޑައިގަންނަވާތީ ކަމަށް ޠަލާލު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.