ޑރ މުއިއްޒު ހުޅުދުއްފާރުގައި އޮތް ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
21 Sep 2023 | 07:36
ތިލަމާލެ ބްރިޖު އަޅާ ނިންމާނީ އަޅުގަނޑުމެން: ޑރ މުއިއްޒު

ތިލަމާލެ ބްރިޖު އަޅާ ނިންމާ، އެ ބްރިޖުގެ ޚިދުމަތް ރައްޔިތުންނަށް ދޭން ފަށާނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ހުޅުދުއްފާރުގައި ބޭއްވި ޑރ މުއިއްޒުގެ ރިޔާސީ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ ތިލަމާލެ ބްރިޖުގެ މަޝްރޫއު މި ސަރުކާރުން ކުރިއަށް ގެންދާގޮތުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ގެއްލުންތަކާއި އަދި އެ ބްރިޖުގެ މަސައްކަތް ކުރިއަށް ދާ ސްޕީޑަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރައްވާފަ އެވެ. 

ޑރ މުއިއްޒު ވިދާޅުވީ މި ސަރުކާރުން މާލެއާއި ތިލަމާލެ އާއި ދޭތެރޭގައި އަޅަން ފަށާފައިވާ ބްރިޖުގެ މަސައްކަތަށް 700 މިލިއަން ރުފިޔާގެ ލޯނެއް ނަގާ އޭގެ ތެރެއިން 190 މިލިއަން ޚަރަދުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެހާ ބޮޑު ޚަރަދެއް ކުރިއިރު ބްރިޖުގެ އެއްވެސް އެއްޗެއް ފެންނަން ނެތްކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ޑރ މުއިއްޒު ވަނީ ރައީސް ޔާމިނުގެ ޒައާމަތުގައި އަޅުއްވާދެއްވި ސިނަމާލެ ބްރިޖާއި، މި ސަރުކާރުން ކުރިއަށް ގެންދާ ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ އަގު އަޅާކިޔުއްވާފަ އެވެ. އެގޮތުން އެ މަޝްރޫއަށް 190 މިލިއަން ޚަރަދުކޮށްގެން ނިންމާ، ރައްޔިތުންނަށް ޚިދުމަތް ދޭން ފަށާފައިވާއިރު، މި ސަރުކާރުން އެއަށް ވުރެ ބޮޑު ޚަރަދުކޮށްގެން ކޮށްފައިވާ މަސައްކަތް ފެންނަން ނެތްކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖު

"އަޅާކިޔުމަށް، ރައީސް ޔާމީން ވެރިކަމުގައި މާލެއާއި ހުޅުލެއާއި ދޭތެރޭގައި އެޅި ބްރިޖު. އެއީ ވެސް 190 މިލިއަން ޑޮލަރު. 190 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އެ އޮތީ ބްރިޖު ފެންނަން. މި ސަރުކާރުން އަޅާ ބްރިޖު 190 މިލިއަން ޑޮލަރަށް ވީގޮތެއް ނޭނގޭ ބްރިޖު ވެސް ނެތް"

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުއިއްޒު

ޑރ މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ނަމުގައި ލޯނުތައް ނަގާ، އެ ނެގި ލޯނުތަކުން ކޮށްދެއްވުނު ކަމެއް ނުދައްކާ ދެވަނަ ދައުރެއް ހޯދުމަށް ރައްޔިތުންގެ ކުރިމައްޗަށް އައުމުން އެ ފައިސާއަށް ވީ ގޮތާއި ދޭތެރޭ ރައްޔިތުން ވަރަށް ސީރިއެސްކޮށް ސުވާލުކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. 

ތިލަމާލެ ބްރިޖު މަތީގައި ދުއްވޭނެކަމަށް ސަރުކާރުން އެކި ފަހަރުމަތިން ތާރީހުތަކެއް ވެސް ދެއްވާފައިވާއިރު، މިހާތަނަށް އެ ދިން ތާރީހުތަކާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދވިފައި ނުވާކަން ފާހަގަކުރައްވާ ޑރ މުއިއްޒު ވިދާޅުވީ މިހާ ޒިންމާދާރުކަން ކުޑަކޮށް ރައްޔިތުންގެ ފައިސާއިން ޚަރަދުކުރުން ވަރިހަމަކޮށްލައިގެން ތިއްބަވާނަމަ ސަރުކާރެއް ހޮވައިގެން ރައްޔިތުންނަށް ޚިދުމަތް ކުރާނެ ބަޔަކާއެކު ސޯޝަލް ކޮންޓްރެކްޓެއް ހަދައިގެން ތިބުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އަދި މިއީ ބަދަލުކުރަން ޖެހޭ ކަމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އިތުބާރު ކުރައްވާ، ރައްޔިތުންނަށް ކުރިމަތިވެފައިވާ އެފަދަ މައްސަލަތައް ހައްލުކޮށްދިނުމުގެ ޒިންމާ ހަވާލުކުރައްވައިފި ނަމަ ތިލަމާލެ ބްރިޖުގެ މަޝްރޫއުވެސް ހަމަމަގަށް އަޅުވާ އެ މަޝްރޫއު ނިންމާނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ވެސް ދެއްވާކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.ބްރިޖު

ބްރިޖު ހަދަން ބޭނުންކުރި ޕްލެޓްފޯމު ފަރަށް އަރާފައި

"މި މަޝްރޫވެސް ހަމަމަގަށް އަޅުވައިގެން ކުރިއަށް ގެންދާނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން. ރައްޔިތުންނަށް އެ މަޝްރޫއިން ވެސް އުފާ ފާގަތިކަން ގެނެސްދީ އެ ބްރިޖު ވެސް ނިންމަދޭނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން"

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުއިއްޒު

ތިލަމާލެ ބްރިޖު މަޝްރޫއަކީ އިންޑިއާ އިން ފައިސާގެ ބޮޑު ބައެއް އަދަދެއް ނަގައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އިންޑިއާ ސަރުކާރުން ފަންޑުކޮށްގެން ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވާ ގޮތުގައި 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ބައެކެވެ.

މިހާ ބޮޑު އަދަދެއް ނަގައިގެން އެ މަސައްކަތް ކުރިއަށް ގެންދާއިރު، ޝެޑިއުލާއި އެއްގޮތަށް މަޝްރޫއުގެ އަމަލީ މަސައްކަތް ނުދާކަން ފާހަގަކޮށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، އެ މަޝްރޫއަކީ މި ދައުރުގައި ނިންމުމަށް ރައީސް ޞާލިހު ވެވަޑައިގެންފައިވާ ވައުދުފުޅެއްކަން ވެސް ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Jul 2026
އިސްލާމީ ކުތުބުޚާނާ ދުވަސް ފާހަގަ ކުރުމަށް ހަރަކާތްތަކެއް
ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހާއި، އިސްލާމީ ކުތުބުޚާނާގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްލާމީ ކުތުބުޚާނާއިން އިންތިޒާމުކޮށްގެން ޚާއްސަ ޙަރަކާތްތަކެއް ބޭއްވުމަށް ނިންމައިފި އެވެ.
10 Jul 2026
އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދަން މަސައްކަތް ކުރަން: ފައިސަލް
"އެ ޝައުގުވެރިކަން އެބަ އޮތޭ, އެ އުންމީދު އެބަ އޮތޭ. އެ މަސައްކަތް އެގޮތަށް އެބަ ކުރެވޭ," ފައިސަލް ވިދާޅުވި އެވެ.
10 Jul 2026
މަރުގެ ޙުކުމް ތަންފީޒު ކުރަން މިހާރު ތާއީދެއް ނުކުރަން
އެމަނިކުފާނަކީ ކުރިން މަރުގެ ޙުކުމް ތަންފީޒު ކުރަން ތާއީދު ކުރެއްވި ބޭފުޅެއް ކަމަށާ ނަމަވެސް މިހާރު އެކަމަށް ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
10 Jul 2026
ދައުލަތަށް 22.4 ބިލިއަން ރުފިޔާ ލިބިއްޖެ
ފުރަތަމަ ހަ މަހު ދައުލަތަށް 22.4 ބިލިއަން ރުފިޔާ ލިބުނުއިރު ޚަރަދު 23.4 ބިލިއަނަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
10 Jul 2026
ޑިސެންބަރުގައި އެނބުރި ބަންގްލަދޭޝްއަށް ދާނަން: ޝެއިޚް ހަސީނާ
ޝޭޚް ހަސީނާ ޑިސެމްބަރު ހާތާނގައި އަވާމީ ލީގުގެ ލީޑަރުންނާ އެކު ބަންގުލަދޭޝަށް ވަޑައިގެން ކޯޓަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ރޮއިޓާސް އަށް ދެއްވި އިންޓަވިއުގައި ވިދާޅުވެއްޖެއެވެ.
10 Jul 2026
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ
އެކި ސަރަހައްދުތަކުން ހޮވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
10 Jul 2026
”އުނދަގޫކަމާ އެކު އަޅައަޅައިގަނެގެން ޤުރްއާން ކިޔަވާ މީހާއަށް ދެ ދަރުމަ ހުއްޓެވެ“
ޚުޠުބާގައި ބުނި ގޮތުގައި، ކީރިތި ޤުރްއާނަކީ އެންމެ މަތިވެރި އަދި އެންމެ ބަރަކާތްތެރި ފޮތެވެ. އެ ފޮތުގެ އުޞޫލުތަކުގައި ހިފަހައްޓައި، އޭގެ މާނަތަކާ މެދު ފިކުރުކޮށް، ކިޔެވުމުގައި ދެމިހުންނަ މީހަކީ ގެއްލުމެއް ނުވާނޭ ފަދަ ފައިދާހުރި ވިޔަފާރިއެއްގައި ދެމިހުރި މީހެކެވެ. މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅަކުން މިކަން ސާބިތުކޮށްދެއްވަމުން ޚުޠުބާގައި ވިދާޅުވީ، اللهގެ ފޮތް ކިޔަވައި، ނަމާދު ޤާއިމުކޮށް، ސިއްރާއި ފާޅުގައި ހޭދަކުރާ މީހުންނަކީ އުުއްމީދުކުރާ ފަދަ ކާމިޔާބު ވިޔަފާރިއެއްގެ އަހުލުވެރިން ކަމަށެވެ.
10 Jul 2026
ނަތަންޔާހޫ ބޭނުންވަނީ ވޯލްޑްކަޕް އާޖެންޓީނާއިން ކާމިޔާބު ކުރަން
އިސްރާއީލުގެ ކޮމީޑިއަން ބެން ބެން ބާރޫޚް ހޮސްޓުކުރާ "ދަ މޯޖޯ ޕޮޑްކާސްޓް" ގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނީ އާޖެންޓީނާއަށް ތާއީދުކުރަނީ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއާ ހެދި ނޫން ކަމަށާއި އެ ޤައުމުގެ ރައީސް ހާވިއެރް މިލޭއީގެ ސަބަބުން ކަމަށެވެ.