ޑރ މުއިއްޒަށް ރ އަތޮޅުން މަރުހަބާ ދެންނެވުން/ ފޮޓޯ: ވޮއިސް
ހަބަރު
21 Sep 2023 | 02:52
ވެރިކަމަކީ ބޮޑު އިއްޒަތެއް ކަމަކަށް ނުދެކެން، ދެކެނީ އެއީ އަމާނާތެއް ގޮތަށް: މުއިއްޒު

ވެރިކަމަކީ ލިބޭ ބޮޑު އިއްޒަތެއްކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށާއި، ބަދަލުގައި ދެކިވަޑައިގަންނަވަނީ އެއީ ރައްޔިތުން ހަވާލުކުރާ އަމާނާތެއްގެ ގޮތުގައި ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ ރ ހުޅުދުއްފާރުގައި ބޭއްވި އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އެ ޖަލްސާގައި ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ޑރ މުއިއްޒު ވަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ރައްޔިތުންގެ ޒިންމާއަށް އަލިއަޅުވާލައްވާފަ އެވެ. އަދި އެކަން އަބަދުވެސް ކުރެއްވުމަށް ބާރުއަޅުއްވާކަމަށް ވިދާޅުވެފަ އެވެ. 

އެގޮތުން އެމަނިކުފާނު ވިދާޅުވީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭނެ ސަރުކާރެއް ރާއްޖޭގައި އުފެދެން ޖެހޭކަމަށެވެ. ސަރުކާރުގެ ނިޒާމުގެ ތެރެއިން ކޮންމެ ރައްޔިތަކަށް ވެސް އަސާސީ ހައްގުތައް ކަށަވަރުވާން ޖެހޭ ކަމަށާއި، އެފަދަ ނިޒާމެއް ރާއްޖޭގައި ގާއިމްކުރެވެން ޖެހޭކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެއާއެކު އެމަނިކުފާނު ވިދާޅުވީ ވެރިކަމަކީ ފަހަރެއްގައި ވެސް ބޮޑު އިއްޒަތެއްކަމަށް އެމަނިކުފާނު ދެކިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ މަޤާމަށް އައުމަށް މަސައްކަތްޕުޅު ކުރައްވަމުން ދަނީ ވެރިކަމަކީ ރައްޔިތުން ހަވާލުކުރާ އަމާނާތެއްގެ ގޮތުގައި ދެކިވަޑައިގެން ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ޑރ މުއިއްޒުގެ އިސްތިގުބާލުގައި ތިބި ފަރާތްތަކާއި ސަލާންކުރެވުމުގެ ތެރެއިން

"އަޅުގަނޑު މިއަންނަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކު ރައްޔިތުންނަށް މިކަން ކޮށްދޭން. މި އަމާނާތް އަދާކޮށް މި ޒިންމާ އުފުލައި، ތެދުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކޮށްދެވޭނެކަމުގެ ޔަގީންކަން އޮތީމާ އަޅުގަނޑު މި މަޤާމަށް އަންނަން މަސައްކަތް މިކުރަނީ"

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު

ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ކުރިމަތިލެއްވީ ރައްޔިތުންނަށް ޚިދުމަތްކުރުމަށް ލިބޭ ފުރުސަތުގެ ބޭނުން އަމާނާތްތެރިކަމާއެކު ހިފައި، ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދެވޭނެކަން ޔަގީންކުރެވޭތީ ކަމަށެވެ. 

އެގޮތުން ރައްޔިތުން އެ މަސްއޫލިއްޔަތު ހަވާލުކުރައްވައިފި ސިޔާސީ ކުލައަށް ބެއްލެވުމެއް ނެތި، އަދި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ޚިދުމަތްތައް ފޯރުކޮށްދެއްވާނެ ކަމަށާއި، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމްކުރައްވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އޭގެ އިތުރުން ޑރ މުއިއްޒު ވަނީ އިންސާފާއި ހަމަހަމަކަން ޤާއިމްވެފައި އޮންނަ ވެރިކަމެއް ރައްޔިތުން އެދޭނަމަ އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުދެއްވާ އިންތިޚާބުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.