މުއިއްޒުގެ ރ އަތޮޅު ކެންޕެއިން ދަތުރުގެ ތެރެއިން--ފޮޓޯ/ ވޮއިސް
ހަބަރު
21 Sep 2023 | 15:22
ޕްރީސްކޫލް ހިންގަން ކޮންމެ ރަށަކަށްވެސް ސަރުކާރުން ބޮޑު އެހީތެރިކަމެއް ދޭނަން: ޑރ. މުޢިއްޒު

ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ރަށްރަށުގައި ޕްރީސްކޫލް ހިންގުމަށް މާލީގޮތުންނާއި އެނޫންވެސް ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް ރ. ރަސްގަތީމަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ ހުރިހާ ރަށެއްގައިވެސް ހިނގަމުންދާ އަދި ފަށާފައި ހުއްޓިފައި ހުރި ހުރިހާ މަޝްރޫޢުއެއްވެސް އެމަނިކުފާނުގެ ވެރިކަމެއްގައި ރައްޔިތުން އެދޭގޮތަށް ނިންމަވައިދެއްވާނެ ކަމަށެވެ. 

އެގޮތުން ރަސްގަތީމުގެ ބަނދަރުގެ މައްސަލަ ހައްލުކޮށްދީ، ނެރު ބަދަލު ކުރުމާއިއެކު، އޮޑިއެހެލާތަން މަރާމާތުކޮށް ރަނގަޅު އޮޑިއެހެލާ ތަނެއް ބިނާ ހަދައިދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެެވެ. 

މީގެ އިތުރުން އެ ރަށު ސިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅު ކޮށްދީ ސްކްލޫގައި ފެންވަރު ރަނގަޅު މަލްޓި-ޕާޕަސް ހޯލެއް ގާއިމް ކޮށްދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެެވެ. 

މީގެ އިތުރުން ރަސްގަތީމަށް ކޮށްދެއްވާނެ ކަމަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި؛

- ކުނި މެނޭޖް ކުރުން ރަށުގެ ނިސްބަތުން ރަނގަޅު ނިޒާމެއް ގާއިމްކޮށްދިނުން 

- ފުޓްސަލް ދަނޑުގެ ފެންސް މަރާމާތު ކުރުން

- މިސްކިތުން ފެން ފޭބުން ރަނގަޅު ކޮށްދިނުން

- އިންޖީނުގެ މަސައްކަތް ނިންމައިދިނުން

މީގެ އިތުރުން ރަސްގަތީމުގެ ނަރުދަމާއާއި ފެނުގެ ޚިދުމަތުގެ ނުނިމެނިސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ހުޅުއްވައިދެއްވި ކަމަށް ރަށު ރައްޔިތުން ބުނަމުންދާކަން ފާހަގަކުރައްވައި، އެ މަސައްކަތްވެސް ޢަމަލީގޮތުން ނިންމައިދީ ރައްޔިތުންގެ އުންމީދު ހަގީގަތަކަށް ހައްދަވައިދެއްވާނެކަމަށް ވިދާޅުވިއެވެ. 

މިއާއެކު މުޢިއްޒު ވިދާޅުވީ ކޮންމެ ރަށަކުވެސް މި ސަރުކާރުން ފަށާފައި ނުވަތަ ކޮށްދޭނަމޭ ބުނެ ނުނިމި ހުރި ގިނަ ކަންކަން ހުރި ކަމަށެވެ. އަދި އެހެން ވަނީ މި ސަރުކާރުގެ ދޯދިޔާ ސިޔާސަތުގެ ސަބަބުން ކަމަށްވެސް މުޢިއްޒު ވިދާޅުވިއެެވެ.

"ކޮންމެ މަޝްރޫޢެއްވެސް ޢާއްމުކޮށް މި ހައްދަވާފައިހުރި ގޮތަކީ މަޝްރޫޢު ފަށަން ކުންފުންޏަކާ ހަވާލުކޮށްފައި %15 އެޑްވާންސް ދެނީ. ދުވަސްކޮޅަކުން އެ ކުންފުނި މަސައްކަތް ހުއްޓާލާފައި ފައިބައިގެން ދަނީ. ދެން އަނެއްކާ އަނެއް ކުންފުންޏަށް މަސައްކަތް ހަވާލުކޮށްފައި %15 ދެނީ. އެކުންފުނިވެސް ދުވަސްކޮޅަކުން ދަނީ. މަޝްރޫއުއަކަށް އެގޮތަށް ތިން ހަތަރު ކޮންޓްރެކްޓަކުން ކަނޑައެޅީމާ، (މަޝްރޫއަށް ހަރަދުކުރަން ކަނޑައަޅާފައިވާ ފައިސާގެ) ވަރަށް ބޮޑު ބައެއް އޮންނަނީ ހުސްވެފައި. އެހެންވެގެން ހަގީގަތުގައި ގިނަ ރަށްރަށުގައި އެކަން ނުވެ މިއޮތީ. 

ޑރ. މުހައްމަދު މުޢިއްޒު 

މުޢިއްޒު އިތުރަށް ވިދާޅުވީ ރަސްގަތީމު ބޭބީ ނާސަރީ އާއި ނާސަރީގެ މައްސަލަވެސް ރައްޔިތުން ފާހަގަ ކުރައްވާފައިވާ ކަމަށާ، ސަރުކާރުގެ ރަސްމީ ނިޒާމުގައި މިހާރު ޕްރީ ސްކޫލް ހިމަނާފައި ނޯންނަ ކަމަށެވެ. އެހެންކަމުން އެކަމަށް ހެޔޮ ބަދަލެއް ގެންނަން މަޝްވަރާކުރަމުންދާ ކަމަށްވެސް މުޢިއްޒު ވިދާޅުވިއެެވެ.

"އެކަމަށް (ޕްރީ ސްކޫލް ހިންގުމަށް) އަޅުގަނޑުމެން ވަރަށް ބޮޑު ތަރުހީބެއް ދޭނަން. އަދި އިންސެންޓިވް ދޭނަން. ފަސޭހަކަމާ އެކީގައި އަމިއްލަ ފަރާތްތަކަށް ރަށްރަށުގައި، ބޭބީ ނާސަރީ، ނާސަރީ ހިންގުމަށް މަގުފަހި ކުރުމުގެ ސިޔާސަތު އޮންނާނެ. ދެން އެއީ ސީދާ، ރަސްމީކޮށް އަޅުގަނޑުމެންގެ އެލްކޭޖީ ޔޫކޭޖީ މިހާރު ހިންގާހެން ހިންގާ ކަމެއްގެ ގޮތުގައި ނިންމުމަށް އަދި ވަކިގޮތެއް ނޯންނާނެ. އެހެންނަމަވެސް، އިންސެންޓިވް ދީގެން، ޕްރައިވެޓް ސެކްޓާއަށް ރަނގަޅު ފެންވަރުގައި ރަނގަޅު ކުދިން، ޓީޗަރުންވެސް ޓްރެއިން ކުރުމާ މިކަންކަމަށް އެހީތެރިކަން ދީ، ސަރުކާރުގެ އެހީތެރިކަމާއެކު ހިންގޭ ކަމަކަށް ހެދުމަށް އަޅުގަނޑުމެންގެ ސިޔާސަތަކަށް އޮންނާނީ. އެގޮތަށް މިރަށުގައި ވެސް، ބޭބީ ނާސަރީ ހިންގަން ބޭނުންވާ ފަރާތަކަށް ފައިނެންޝިއަލީއާ އެގޮތަށް އިންސެންޓިވް ވެސް ދޭނަން." ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.