ޑރ މުހައްމަދު މުއިއްޒު
ހަބަރު
21 Sep 2023 | 16:51
ބޯޓުފަހަރު ބަނުމުގެ މަސައްކަތުގައި ދިވެހިންނަށް އިސްކަން ދޭނަން: ޑރ މުއިއްޒު

ބޯޓުފަހަރު ބަނުމުގެ މަސައްކަތް ކުރުމަށް ދިވެހިންނަށް ޚާއްސަ އަހަމިއްޔަތުކަމެއް ދެއްވާނެކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ކެމްޕެއިންގައި މިއަދު ރ އިންނަމާދޫއަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޑރ މުއިއްޒު ވަނީ މިހާރުގެ ސަރުކާރުން މަސައްކަތްތެރިކަމުގައި ބޮޑު އަހަންމިއްޔަތުކަމެއް ދެނީ ބިދޭސީންނަށްކަން ފާހަގަކުރައްވައިފައެވެ. 

އެގޮތުން އިންނަމާދޫ ފިޔަވައި ބޯޓުފަހަރު ބަނުމުގެ މަސައްކަތް ކުރާ އެހެން ރަށްރަށަށްވެސް ސަރުކާރުން މާބޮޑު އަހައްމިއްޔަތުކަމެއް ނޫދޭކަމަށާއި ސަރުކާރުން އިސްކުރަނީ އެ މަސައްކަތް ކުރާ ބޭރުގެ ފަރާތްތަކަށް ކަމުގައި ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

އެހެންކަމުން އަޅުގަނޑުގެ ވެރިކަމެއްގައި ބޯޓު ބިލްޑިންގ ގެ މަސައްކަތް ކުރާ ދިވެހީންނަށް ޚާއްސަ އަހަމިއްޔަތުކަމެއް ދޭނަން

ޑރ މުހައްމަދު މުއިއްޒު 

އޭގެ އިތުރުންވެސް އިންނަމާދޫ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށްވާ ސްކޫލްގެ ހިދުމަތްތައް ރަނގަޅު ކޮށްދެއްވާނެ ކަމަށާއި ސުކޫލުގައި އިތުރު އިމާރާތެއް ޤާއިމްކޮށް، ސްކޫލް ދަރިވަރުންނަށް ބޭނުންވާ ތަކެތި ހޯދައިދެއްވާނެ ކަމަށް ވެސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އިތުރު ކަމަކަށް މުއިއްޒު ފާހަގަކުރެއްވީ އިންނަމާދޫ ސިއްހީ މަރުކަޒަށް ޖާގަ ހަމަޖައްސާ ބަލިމީހުންނަށް ފަރުވާދޭނެ އެންމެ ފެންވަރު ރަނގަޅު އެއް ސިއްހީ މަރުކަޒެއްގެ ގޮތުގައި ހައްދަވާ ދެއްވުމުގެ ވައުދެކެވެ. އަދި މ އޭޓީއެމް އަކީ އެރަށަށް މިހާރު އެންމެ ބޭނުންވާ އެއް ތަން ކަމަށް ވިދާޅުވެ، އޭޓީއެމެއް ގާއިމްކޮށްދެއްވާނެކަމަށް ވެސް ޑރ މުއިއްޒުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ. 

މީގެ އިތުރުން މުއިއްޒު ވަނީ ފުރަތަމަ ބުރުގައި އިންނަމާދޫ ރައްޔިތުން ދެއްވި އެއްބާރުލުން ފާހަގަކޮށް ދެވަނަ ބުރުގައި ވެސް ކާމިޔާބު ކޮށްދެއްވާނެކަމަށް އުންމީދުކުރާ ކަމަށް ވެސް މުއިއްޒު ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.