ފެނަކަ އޮފީސް ދޮށުގައި މިއަދު ކުރި މުޒާހަރާ
ހަބަރު
21 Sep 2023 | 22:29
ފައިސާ ނުދޭ މައްސަަލައިގައި ފެނަކަައިގެ ސަޕްލަޔަރުން އިހްތިޖާޖަށް

ފެނަކަ ކޯޕަރޭޝަނަށް އެކި ހިދުމަތްތައް ފޯރުކޮށްދޭ ސަޕްލަޔަރުންނަށް ހިދުމަތަށް ދޭންޖެހޭ ފައިސާ ނުދޭތީ އެމީހުން އަނެއްކާ ވެސް އިހުތިޖާޖު ކުރަން ފަށައިފިއެވެ. 

ސަޕްލަޔަރުންނަށް ފައިސާ ނުދޭ މައްސަލާގައި އެ ފަރާތްތަކުން ވަނީ އެމީހުންގެ ޝުއޫރުތައް ހިމެނޭ ޕޯސްޓަރުތައް ހިފައިގެން މާލޭ ފެނަކަ އޮފީސް ކުރިމައްޗަށް މިއަދު އެއްވެ އަޑު އުފުލައިފައެވެ. 

އެގޮތުން އެމީހުންގެ މަސައްކަތަށްވާ ފައިސާ ދިނުމަށާއި، އެ ފައިސާ ދޭން "ފެއިލްވެފައިވާ" ފެނަކައިގެން މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު މަގާމުން އިސްތިއުފާ ދިނުމަށްވެސް އެ ފަރާތްތަކުން ވަނީ ގޮވާލާފައެވެ. 

އެގޮތުން ބައެއް ކުންފުނިތަކަށް 15 މިލިއަނުން އަދި އެހެންވެސް އަދަދުތަކުން ފައިސާ ދޭން ޖެހޭ ކަމަށް އެ އިހްތިޖާޖުގެ ބައިވެރިން ވަނީ މައުލޫމާތު ދީފައެވެ. 

އަޅުގަނޑުމެން އެކި ގޮތްގޮތުން މަސައްކަތް ކޮށްގެންވެސް އެއްވެސް ގޮތަކަށް ޕޭމަންޓާ ބެހޭ ޖަވާބެއް އަޅުގަނޑުމެންނަކަށް ނުއެއް ލިބޭ. މިހާރު ދޮޅު އަހަރުވަރު މިވަނީ. އަޅުގަނޑުމެންގެ އިތުރުން ވެސް ވަރަށް ގިނަ ކުދި ވިޔަފާރިތަކަށް އެބަހުރި ފައިސާ ނުލިބި، އެ ވިޔަފާރިތައް ބަނގުރޫޓުވަމުން އެދަނީ،

އިހްތިޖާޖުގެ ބައިވެރިން 

ފެނަކައިގެ ހިންގުން ދޯދިޔާވެ، 2.8 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދަކުން ސަޕްލަޔަރުންނަށް ވަނީ ދަރާފައެވެ.

މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި ފެނަކައިން ދޭންޖެހޭ ފައިސާ ނުދޭތީ ގިނަ ކުދި ވިޔަފާރިތަކަކަށް މާލީ ދަތިތަކާ ކުރިމަތިވެ، އެ ކުންފުނިތައް ބަނގުރޫޓުވާ ހިސާބަށް ވަނީ ގޮސްފަ އެވެ. އަދި އެ ކުންފުނިތަކުގައި ފައިސާ ނެތިގެން މުވައްޒަފުންނަށް މުސާރަ ވެސް ނުދެވިފައިވާ ކަމަށް އެމީހުން ބުންޏެވެ.

ފެނަކައަށް މަސައްކަތްތައް ކޮށްދީފައިވާ ގިނަ އަމިއްލަ ކުންފުނިތަކަކަށް ފައިސާ ނުދީގެން އެމީހުން މީގެ ކުރިންވެސް އައީ ޝަކުވާ ކުރަމުންނެވެ. ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސް ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ވެސް ގަރާރެއް ހުށަހެޅިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ