އިސްމާއިލް ހަބީބް
ހަބަރު
23 Sep 2023 | 17:51
ރީ ރެޖިސްޓްރޭޝަން އަށް ސާފު ނޫން ފޮޓޯއާއި މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުވެސް ހުށަހެޅި: އީސީ

މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަ ޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ ރަޖިސްޓްރީކުރުމަށް ހުޅުވާލި ފުރުސަތުގައި ރީ ރެޖިސްޓަރ ކުރުމަށް ހުށަހެޅި ފޯމުތަކާއެކު ސާާފު ނޫން ފޮޓާތަކާއި މުއްދަތު ހަމަވެފައި ހުރި އައިޑީ ކާޑުވެސް ހުށަހަޅާފައި ހުރި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ. 

މިއަދު އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މަރުކަޒުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ނައިބު ރައީށް އިސްމާއީލް ހަބީބު ވިދާޅުވީ ރި ރެޖިސްޓަރ ކުރުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި ޖުމުލަ 50،047 ފޯމު ހުށަހެޅި ކަމަށާއި ނަމަވެސް ސައްހަކަން ކަށަވަރު ނުވާތީ 11،000 ފޯމު ބާތިލިކޮށް ރަޖިސްޓްރީކޮށްދިނީ 38،763 ފޯމު ކަމުގައި ހަބީބް ވިދާޅުވިއެވެ. 

އެގޮތުން ބައެއް ފޯމުތައް ބާތިލްކުރަން ޖެހުނު ސަބަބެއްގެ ގޮތުގައި އެ ފޯމާއެކު ހުށަހަޅާއިފައިވާ ލައިވް ފޮޓޯ ސާފުނުވުން ހިމެނޭކަމުގައިވެސް ހަބީބް ވަނީ ވިދާޅުވެފައެވެ. 

އޮންލައިންކޮށް ފޮޓޯ ހުށަހަޅާއިރު ވަރަށް ބޮޑަށް ބަލާކަމެއް އެއީ ލައިވް ފޮޓޯ އިންނަނީ ކިހިނެއްތޯ. އަސްލު ހަމަ ލައިވްކޮށް ނެގި ފޮޓޯއެއްތޯ. އެ ފޮޓޯ އަޕްލޯޑްކުރީ ކިތައް މިނެޓުގެ ތެރޭގައިތޯ. އެގޮތަށް ވެސް ބަލާނެ. އޭގެ ސައްހަކަން ކަށަވަރުކުރަން އޭގެ މުހިންމު އެއްޗެއްގެ ގޮތުގައި އަޅުގަނޑުމެން މި ބަލަނީ ފޮޓޯ. އެހެންވީމާ ފޮޓޯ ރަނގަޅު ނޫނިއްޔާ ހަމަ ރިޖެކްޓްވާނެ

އިސްމާއިލް ހަބީބް 

މީގެ އިތުރުން ހަބީބް ވިދާާޅުވީ ރީ ރަޖިސްޓްރީ ކުރަން ހުށަހެޅި އައިޑީ ކާޑުތަކުގައި ވެސް މައްސަލަތައް އުޅޭ ކަމަށާއި އެގޮތުން އައިޑީ ކާޑުގެ އެއް ފުށުގެ ކޮޕީގެ އިތުރުން މުއްދަތު ހަމަވެފައި ހުރި ޑޮކިއުމަންޓްވެސް ހުށަހަޅާފައި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން 18 އަހަރުވެފައިވާ ކޮންމެ ރަށްޔިތަކުވެސް ފަރުދީ ޒިންމާ އަދާކުރައްވައި ކޮންމެ ބޭފުޅަކުވެސް ވޯޓު ލާން ރީ ރަޖިސްޓްރީ ކުރެވިފައި އޮތީ ހަމަ އެދިވަޑައިގެންނެވި ތަނަށްތޯ ކަށަވަަރުކުރުމަށް ވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހަބީބް ވަނީ އިލްތިމާސްކުރައްވާފައެވެ. 

ރީ ރަޖިސްޓްރޭޝަނަށް ޝަކުވާ ހުށަހަޅަން ދީފައިވަނީ 48 ގަޑިއިރުގެ މުއްދަތެކެވެ.

އަޅުގަނޑުމެން މި އަރުވާ 48 ގަޑިއިރަށް ފަހުގައި އިތުރު ވަގުތެއް ނުއެއް ދެވޭނެ. އަޅުގަނޑުމެން ޖެހޭނީ ލިބުނު ޝަކުވާތަކަށް ރިއާޔަތްކޮށްފައި ލިސްޓު ފައިނަލް ކުރަން.

އިސްމާއިލް ހަބީބް 

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު، އަންނަ ހޮނިހިރު ދުވަހުއެެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ