އިސްމާއިީލް ހަބީބް
ހަބަރު
23 Sep 2023 | 17:59
ބާތިލް ވޯޓު މަދުކުރުމަށް ގިނަ ފިޔަވަޅުތަކެއް މިދަނީ އަޅަމުން: އީސީ

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގިނަ އަދަދެއްގެ ވޯޓު ބާތިލުވުމަސް މެދުވެރި ސަބަބުތައް ބަލައި، ދެ ވަނަ ބުރުގައި އެކަން މަދުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެއްފިއެވެ. 

މިއަދު ހެނދުނު އެ ކޮމިޝަންގެ އިންތިޚާބީ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 4،000 އަށް ވުރެ ގިނަ ވޯޓު ބާތިލް ކަމަށް ކަނޑައަޅާފައިވާ ކަމަށާއި ގިނަ ވޯޓުތައް ބާތިލް ވެފައި ވަނީ ފާހަގަ މަތިން ދެ ފަހަރަށް ފާހަގަ ޖަހާފައި ހުރުމުން ކަމުގައިކަމަށެވެ. 

ވޯޓު ކަރުދާހުގައި އެއް ފާހަގައަށްވުރެ ގިނަ ފާހަގަ ޖަހައިފައިވާނަމަ އެ ވޯޓަކީ ބާތިލް ވޯޓެއްކަމުގައި ކަނޑައެޅިގެން ދާނެއެވެ. 

ބާތިލް ވޯޓު މަދުކުރުމަށް އެޅިފައިވާ ހާއްސަ ފިޔަވަޅުތައް ތަފްސީލުކޮށްދެއްވަމުން ހަބީބް ވިދާޅުވީ، ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ކަރުދާސްކޮޅު ބާއްވާ ތަނުގައި ބްރިސިލްބޯޑެއް ދެން އޮންނާނެ ކަމަށާއި އޭގެ ބޭނުމަކީ ފާހަގަ ޖަހަން ފަސޭހަ ކޮށްދިނުން ކަމުގައި ހަބީބް ވިދާޅުވިއެވެ. 

މީގެ އިތުރުންވެސް ހަބީބް ވިދާޅުވީ، ފާހަގަ ޖަހަން ބޭނުންކުރާ ގަލަންތައް ވެސް ދެލި ހިނގާ ގަލަންތަކަށް ބަދަލުކޮށްފައިވާނެ ކަމަށާއި ގަލަމުން ދެލި ނުހިނގައިގެން ދެން އުޅެން ނުޖެހޭނެ ކަމަށެވެ.

އަދި ހަމަ އެޔާއެކު ވޯޓުގެ ސިއްރު ހިފެހެއްޓުމަށްޓަކައި ދެވަނަ ބުރުގައި ވޯޓުލުމަށް ބޫތުގެ ތެރެއަށް ވަރަށް ބޮޑަށް ވަންނަންޖެހޭ ގޮތަށް ބޫތުގެ ޑިޒައިން ބަދަލުކޮށްފައިވާނެ ކަމަށް ވެސް ހަބީބް ވަނީ ވިދާޅުވެފައެވެ. 

ހަބީބް ވިދާޅުވި ގޮތުގައި ފުރަތަމަ ބުރުގެ ތަޖުރިބާ އަށް ބަލައި ދެ ވަނަ ބުރުގައި ރަނގަޅު ކުރަންވީ ކަންކަން ވަނީ ފާހަކޮށްފައިކަމަށާއި، ހާއްސަ ގޮތެއްގައި ވޯޓުގެ ސައްހަކަން ކަށަވަރު ކުރުމަށް، ކޮމިޝަނުން ދީފައިވާ އިރުޝާދުތަކަށް އޮފިޝަލުން އަހުލުވެރިކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ. 

ވަރަށް ބޮޑަށް ޝަކުވާ ލިބިފައި ހުރީ ބާތިލް ވޯޓު ކަނޑައެޅުމުގައި އެކި މަރުކަޒުތަކުގައި އެކި ގޮތަށް އަމަލުކޮށްފައިވާ ކަމުގެ. ސައްހަ ވޯޓާއި ބާތިލް ކަނޑައެޅުމުގައި ބައެއް މަރުކަޒުތަކުގައި އެބަހުރި ގޮންޖެހުންތައް ދިމާވެފައި

އިސްމާއިލް ހަބީބް

މީގެ އިތުރުން ހަބީބް ފާހަގަ ކުރެއްވި ގޮތުގައި ފުރަތަމަ ބުރުގެ ވޯޓު ގުނުމުގައި ވަރަށް ބޮޑަށް މޮނީޓަރުންނާއި އޮބްޒާވަރުން މަރުކަޒުގެ ވެރިންގެ މައްޗަށް ނުފޫޒު ފޯރުވައިގެން ސައްހަ ވޯޓު ބާތިލް ވޯޓަކަށް ބަދަލުކޮށްފައި އެބަހުރި ކަމަށެވެ. އަދި އެއީ ވަރަށް ނުރައްކާތެރި ކަމެއްގެ ގޮތުގައި ފާހަގަކުރައްވައި ހަބީބް ވިދާޅުވީ، އޮފިޝަލުން އެފަދަ ނުފޫޒުތަކުން ދުރުވާން ޖެހޭނެ ކަމަށާއި މޮނީޓަރުންނާއި އޮބްޒާވަރުންނަށް އެފަދަ އަމަލުތައް ހިންގައިގެން ނުވާނެ ކަމަށެވެ. 

އޭނާ ވިދާޅުވި ގޮތުގައި ސައްހަ ވޯޓާއި ބާތިލް ވޯޓާ ގުޅޭ ގޮތުން ރައްޔިތުން އިތުރަށް ހޭލުންތެރިކުރުމުގެ މަސައްކަތް ވެސް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ