ސަޢުދީ ޒުވާނެއް އެޤައުމުގެ ދިދައާއި އެކު.
ހަބަރު
24 Sep 2023 | 10:16
މާކެޓިންގ ގެ ބޭނުންތަކަށް ސަޢުދީ ދިދަ ބޭނުންކުރުން މަނާކޮށްފި

މުދަލުގެ މާކެޓިންގ ނުވަތަ ޓްރޭޑް މާކެއްގެ ގޮތުގައި ސަޢުދީޢަރަބިއްޔާގެ ދިދަ ބޭނުން ކުރުން އެޤައުމުގެ ސަރުކާރުން މަނާކޮށްފިއެވެ.

23 ސެޕްޓެމްބަރ ވީ ދުވަހު ފާހަގަ ކުރެވުނު އެ ޤައުމުގެ 93 ވަނަ ޤައުމީ ދުވަހާއި ގުޅިގެން އެ ސަޢުދީ ސަރުކާރުން ވަނީ އެޤައުމުގެ ދިދަ ބޭނުން ކުރެވޭނެ ވަކި އުސޫލު ތަކެއް ކަނޑައަޅައިފައެވެ.

އެގޮތުން ސަޢުދީގެ ދިދަ އެއްވެސް އެއްޗެއް އުފުލުމަށް ނުވަތަ އެއްވެސް އެއްޗެއް އެއްސުމަށް ބޭނުން ކުރުން ވަނީ މަނާކޮށްފައެވެ. އަދި ކުލަ ވެއްޓި ބާވެފައި ހުންނަ ދިދަ ނަގައި އެވުހުރުވުންވެސް ވަނީ މަނާކޮށްފައެވެ.

އެއްވެސް ބާވަތެއްގެ މާކެޓިންގ އަށް ނުވަތަ އިސްތިހާރަކަށް ސަޢުދީގެ ދިދަ ބޭނުން ކޮށްގެން ނުވާނެ ކަމަށާއި، އެއްވެސް ކަހަލަ ޖަނަވާރެއްގެ ހަށިގަނޑުގައި ސަޢުދީގެ ދިދަ ޕްރިންޓް ކުރެވިފައި ހުރެގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ހަމަމިއާއި އެކު ހަޑިވެ ހަލާކުވާފަދަ ތަނެއްގަ ވެސް އެދިދަ ބެހެއްޓިފައި ހުރެގެން ނުވާނެ ކަމަށާއި، އަދި އެއްފަހަރު ބޭނުން ކުރުމަށްފަހު އުކާލާ އެއްޗިއްސަށް ދިދަ ޕްރިންޓް ކުރުމާއި ދިދައަށް އިހާނެތި ވާފަދަ އެއްވެސް ކަމެއް ކުރުން ވަނީ މަނާކޮށްފައެވެ.

ދިދައިގައި އެއްވެސް ކަހަލަ ލޯގޯ އެއް ނުވަތަ އިތުރު ބަހެއް ލިޔެގެން ނުވާނެ ކަމަށާއި، އަދި އިތުރު އެއްޗެހި ބޭނުން ކޮށްގެން ދިދަ ޖަރީކޮށް ހެދުންވެސް ވަނީ މަނާކޮށްފައެވެ.

އެކޮޅުކޮޅުން ސަޢުދީގެ ދިދަ އުފުލުންވެސް ވަނީ މަނާކޮށްފައެވެ.

ސަޢުދީގެ ދިދަ ނުވަތަ ދެ ޙަރަމްގައި ނެގިފައިވާ ދިދަ ބަދަނޑިއަށް ތިރި ކުރެވިގެން ނުވާނެ ކަމަށާއި،ބިމުގައި ނުވަތަ ފެނުގައި ޖެހެ ގޮތައް ދިދަ ތިރިކުރެވިފައި ހުރެގެން ނުވާނެ ކަމަށްވެސް މި އުސޫލުތަކުގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް