ރައީސް ޞާލިހް އާއި ރައީސް މުހައްމަދު ނަޝީދު--
ހަބަރު
24 Sep 2023 | 12:14
ނަޝީދު ޞާލިހްގެ ކުރު ބައްދަލުވުން: އެދިވަޑައިގަތީ ނިޒާމީ ވޯޓު ކުރިއަށް ގެންދިޔުމަށް

މި މަހު 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ނަގާއިރު، މި ބުރުގައި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވާފައިވާ ޑިމޮކްރެޓްސް ޕާޓީން ވަކި ކޮޅެއް ނުނެގިޔަސް، ނަޝީދު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދުކުރެއްވުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މިއަދު މަޝްވަރާ ކުރެއްވި ކަމަށް ރައީސް ޞާލިހް ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދާއި ރައީސް ޞާލިހު މިއަދު ވަނީ ރައީސް އޮފީހުގައި ކުއްލި މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. 

އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ރައީސް ޞާލިހު ވިދާޅުވީ ބައްދަލުވުގެ ތެރެއިން ރާއްޖޭގެ މިހާރު ސިޔާސީ މަޝްރަހުގައި ހިނގަމުންދާ ގިނަ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ބަރުލަމާނީ ނިޒާމާއި ގުޅޭ ގަރާރާ ގޮތުންނާއި، ރައީސް ނަޝީދުގެ ޑިމޮކްރެޓްސް އިން ވަކި ކޮޅަކަށް ތާއީދު ނުކުރި ނަމަވެސް، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދުގެ ތާއީދު ރައީސް ޞާލިހަށް ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. 

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު ހިނގަމުންދާ ކަންކަމާ ބެހޭގޮތުން އަޅުގަނޑުމެން މަޝްވަރާ ކުރީ. އޭގެ ތެރޭގައި އެއް ކަމަކީ މަޖިލީހުން އިހަށްދުވަހު ފާސްކުރި ނިޒާމީ ވޯޓާއި ގުޅޭގޮތުން ކުރިއަށް ދިޔުމުގައި ކަންކަން ކުރާނެ ގޮތަކާއި, އަދި ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ގުޅޭގޮތުން ވެސް ވާހަކަ ދެއްކެވުނު. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެބޭފުޅުންގެ ނިޔުޓްރަލް ސްޓޭންޑްގައި ތިއްބަވާނެކަމަށް. ދެން ނިޒާމީ ވޯޓް ގައި، ރިޔާސީ އިންތިހާބަށްފަހު ގައި އޭގެ މަސައްކަތްތައް ފަށައިގަތުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދުމާ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސްގެ ވާހަކަފުޅާއި ގުޅިގެން ނޫސްވެރިއަކު ވަނީ، ދެވަނަ ބުރުގައި ޑިމޮކްރެޓްސް އިން ވަކި ކޮޅަކަށް ނުޖެހުނު ނަމަވެސް، ރައީސް ނަޝީދު، ރައީސް ޞާލިހަށް ތާއީދު ކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ތޯ ސުވާލު ކޮށްފައެވެ. 

"އަޅުގަނޑުމެން އެއާ ބެހޭ ގޮތުން ވާހަކަ ދެއްކިން. އޭގެ ތަފްސީލުތައް ފަހުން ހާމަކުރާނަން،" ޖަވާބުގައި ރައީސް ޞާލިހު ވިދާޅުވި އެވެ.

މީގެ އިތުރުން ނިޒާމީ ވޯޓާއި ގުޅޭގޮތުން ކުރެވުނު އެހެން މަޝްވަރާ ތަކުގެ ތަފްސީލް ވެސް ފަހުން ހާމަކުރައްވާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. އަދި ދެވަނަ ބުރުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ނިޒާމީ ވޯޓުގެ ކަންކަން ކުރިއަށް ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވޮއިސްއަށް މައުލޫމާތު ދިބިފައިވައިވާގޮތުގައި ރައީސް ނަޝީދުގެ މި ބައްދަލުވުމަކީ ނިޒާމީ ވޯޓުގެ ކަންކަން އިންތިޒާމު ކުރުމާއި މަގުފަހި ކުރުމަށް ސަރުކާރުން މަސައްކަތް ކުރިއަށް ގެންދިޔުމާއި ބެހޭގޮތުން ކުރެއްވި ބައްދަލުވުމެކެވެ.

ނިޒާމީ ވޮޓެއް ނެގުމަށް ތައްޔާރުވަމުން އަންނަ އިރު މިކަމަށް ބޭނުންވާ ބަޖެޓްވެސް މިހާތަނަށް ކަނޑައާޅާފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Jul 2026
ޑިސެންބަރުގައި އެނބުރި ބަންގްލަދޭޝްއަށް ދާނަން: ޝެއިޚް ހަސީނާ
ޝޭޚް ހަސީނާ ޑިސެމްބަރު ހާތާނގައި އަވާމީ ލީގުގެ ލީޑަރުންނާ އެކު ބަންގުލަދޭޝަށް ވަޑައިގެން ކޯޓަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ރޮއިޓާސް އަށް ދެއްވި އިންޓަވިއުގައި ވިދާޅުވެއްޖެއެވެ.
10 Jul 2026
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ
އެކި ސަރަހައްދުތަކުން ހޮވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
10 Jul 2026
”އުނދަގޫކަމާ އެކު އަޅައަޅައިގަނެގެން ޤުރްއާން ކިޔަވާ މީހާއަށް ދެ ދަރުމަ ހުއްޓެވެ“
ޚުޠުބާގައި ބުނި ގޮތުގައި، ކީރިތި ޤުރްއާނަކީ އެންމެ މަތިވެރި އަދި އެންމެ ބަރަކާތްތެރި ފޮތެވެ. އެ ފޮތުގެ އުޞޫލުތަކުގައި ހިފަހައްޓައި، އޭގެ މާނަތަކާ މެދު ފިކުރުކޮށް، ކިޔެވުމުގައި ދެމިހުންނަ މީހަކީ ގެއްލުމެއް ނުވާނޭ ފަދަ ފައިދާހުރި ވިޔަފާރިއެއްގައި ދެމިހުރި މީހެކެވެ. މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅަކުން މިކަން ސާބިތުކޮށްދެއްވަމުން ޚުޠުބާގައި ވިދާޅުވީ، اللهގެ ފޮތް ކިޔަވައި، ނަމާދު ޤާއިމުކޮށް، ސިއްރާއި ފާޅުގައި ހޭދަކުރާ މީހުންނަކީ އުުއްމީދުކުރާ ފަދަ ކާމިޔާބު ވިޔަފާރިއެއްގެ އަހުލުވެރިން ކަމަށެވެ.
10 Jul 2026
ނަތަންޔާހޫ ބޭނުންވަނީ ވޯލްޑްކަޕް އާޖެންޓީނާއިން ކާމިޔާބު ކުރަން
އިސްރާއީލުގެ ކޮމީޑިއަން ބެން ބެން ބާރޫޚް ހޮސްޓުކުރާ "ދަ މޯޖޯ ޕޮޑްކާސްޓް" ގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނީ އާޖެންޓީނާއަށް ތާއީދުކުރަނީ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއާ ހެދި ނޫން ކަމަށާއި އެ ޤައުމުގެ ރައީސް ހާވިއެރް މިލޭއީގެ ސަބަބުން ކަމަށެވެ.
10 Jul 2026
20 އަހަރަށްފަހު، ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ނޮވެމްބަރުގައި
ރައީސް އައްބާސް ބުރާސްފަތި ދުވަހު ނެރުއްވި ރިޔާސީ ގަރާރެއްގައިވާ ގޮތުން، މި އިންތިޚާބު ހުޅަނގު އައްސޭރި އާއި، އިރުމަތީ ގުދުސް އަދި ގާޒާ ހިމެނޭހެން ފަލަސްތީނުގެ ހުރިހާ ސަރަހައްދެއްގައި ކުރިއަށްދާނެއެވެ. މިއީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ފަލަސްތީނުގައި ބާއްވާ މިފަދަ ފުރަތަމަ އިންތިޚާބެވެ.
10 Jul 2026
ފްރާންސް-މޮރޮކޯ މެޗުގައި ޕެނަލްޓީ ޖެހުން ލަސްކުރުމުން ހާލަންޑްގެ ފާޑުކިޔުން
މި މެޗުގައި ނުސައިރު މަޒްރާއީ އެމްބާޕޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ޖެހުމަށް އެމްބާޕޭއަށް 3 މިނެޓާއި 10 ސިކުންތު ވަންދެން މަޑުކުރަން ޖެހުނެވެ. މި ލަސްވުން ދިމާވީ ވީއޭއާރު އިން އެ ހާދިސާ ބަލަމުންދާތީއެވެ. މިކަމާ ގުޅިގެން އެމްބާޕޭ ހުރީ ރެފްރީ ފަކުންޑޯ ޓެލޯ އާއި އޮފިޝަލުންނާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
10 Jul 2026
އެމްބާޕޭގެ މޮޅުކުޅުމާއެކު މޮރޯކޯ ބަލިކޮށް ފްރާންސް ސެމީފައިނަލަށް
މެޗްގައި ތަރިއަކަށްވީ ފްރާންސްގެ އެމްބަޕޭއެވެ. އޭނާ ވަނީ ގޯލެއް ޖެހުމުގެ އިތުރުން ފްރާންސަށް ދެވަނަ ގޯލެއް ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ.
10 Jul 2026
ހަތް އަހަރަށް ފަހު މަރުކަޒުގެ އިމާމުގެ މަގާމުން ޝެއިޚް އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވައިފި
ޝެއިޚް ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީއާ ގުޅިވަޑައިގަތީ ތަޢުލީމާއި އުނގަންނައި ދިނުމުގެ ދާއިރާއިން ދިވެހި ޤައުމަށް ޚިދުމަތް ކުރުމަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފުމަށް ކަމަށެވެ.