މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު
ހަބަރު
24 Sep 2023 | 17:04
ހިތްވަރެއްހުރިއްޔާ އުތުރުތިލަފަޅުގެ އެއްބަސްވުން މަޖިލީހަށާއި ރައްޔިތުންނަށް ހާމަކުރައްވާ: ސަޢީދު

ހިތްވަރެއް ހުރިއްޔާ އުތުރުތިލަފަޅުގެ އެއްބަސްވުން މަޖިލީހަށާއި ރައްޔިތުންނަށް ހާމަކުރެއްވުމަށް މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަޢީދު މިހެން ވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.

ސަޢީދު ވިދާޅުވީ 20 މީޓަރުފުން ކަނޑުން އިންތިޚާބަށް ހަފްތާއަކަށްވީމަ ގޯތިކަނޑާބަޔަކު، އުތުރުތިލަފަޅުގެ އިތުރުން، ޗާގޯސްކަނޑާއި މަލިކުންވެސްގޯތިކަނޑާފާނެ ކަމަށެވެ. އަދި އިންތިޚާބަށް ބާކީ މިއޮތް 6 ދުވަހު ރައީސް ޞާލިޙް ބޮލީވުޑް ފިލްމަކަށް އެކްޓްކުރެއްވިޔަސް މީހަކު މިހާރަކު ހައިރާނެއްނުވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

އަދި ހިތްވަރެެއްހުރިއްޔާ އުތުރުތިލަފަޅުގެ އެއްބަސްވުންމަޖިލީހަށާއި ރައްޔިތުންނަށް ހާމަކުރެއްވުމަށްވެސް ސަޢީދު ވަނީ ގޮވާލާފައެވެ. 

"ހާމަނުކޮށްގެން މިއުޅެނީ، ހަނިމާދޫއެއަރޕޯޓަށް (33+33އަހަރަށް) ވެފައިވާއެއްބަސްވުމާއި، ހަނިމާދޫ އެއަރޕޯޓްގެ (138މިލިއަންޑޮލަރު ދަރަނީގެ) އެއްބަސްވުން، ޑޯނިއާއިން ބޭރުސިފައިން އައިސްގޮސްއުޅޭއިރު އިމިގްރޭޝަނަށް އެނގުމެއްނުވުމާއި، އެތެރެކޮށްބޭރުކުރާ އެއްޗެއް ކަސްޓަމަށްނޭނގުން" ސަޢީދު ވިދާޅުވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Jul 2026
ޑިސެންބަރުގައި އެނބުރި ބަންގްލަދޭޝްއަށް ދާނަން: ޝެއިޚް ހަސީނާ
ޝޭޚް ހަސީނާ ޑިސެމްބަރު ހާތާނގައި އަވާމީ ލީގުގެ ލީޑަރުންނާ އެކު ބަންގުލަދޭޝަށް ވަޑައިގެން ކޯޓަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ރޮއިޓާސް އަށް ދެއްވި އިންޓަވިއުގައި ވިދާޅުވެއްޖެއެވެ.
10 Jul 2026
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ
އެކި ސަރަހައްދުތަކުން ހޮވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
10 Jul 2026
”އުނދަގޫކަމާ އެކު އަޅައަޅައިގަނެގެން ޤުރްއާން ކިޔަވާ މީހާއަށް ދެ ދަރުމަ ހުއްޓެވެ“
ޚުޠުބާގައި ބުނި ގޮތުގައި، ކީރިތި ޤުރްއާނަކީ އެންމެ މަތިވެރި އަދި އެންމެ ބަރަކާތްތެރި ފޮތެވެ. އެ ފޮތުގެ އުޞޫލުތަކުގައި ހިފަހައްޓައި، އޭގެ މާނަތަކާ މެދު ފިކުރުކޮށް، ކިޔެވުމުގައި ދެމިހުންނަ މީހަކީ ގެއްލުމެއް ނުވާނޭ ފަދަ ފައިދާހުރި ވިޔަފާރިއެއްގައި ދެމިހުރި މީހެކެވެ. މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅަކުން މިކަން ސާބިތުކޮށްދެއްވަމުން ޚުޠުބާގައި ވިދާޅުވީ، اللهގެ ފޮތް ކިޔަވައި، ނަމާދު ޤާއިމުކޮށް، ސިއްރާއި ފާޅުގައި ހޭދަކުރާ މީހުންނަކީ އުުއްމީދުކުރާ ފަދަ ކާމިޔާބު ވިޔަފާރިއެއްގެ އަހުލުވެރިން ކަމަށެވެ.
10 Jul 2026
ނަތަންޔާހޫ ބޭނުންވަނީ ވޯލްޑްކަޕް އާޖެންޓީނާއިން ކާމިޔާބު ކުރަން
އިސްރާއީލުގެ ކޮމީޑިއަން ބެން ބެން ބާރޫޚް ހޮސްޓުކުރާ "ދަ މޯޖޯ ޕޮޑްކާސްޓް" ގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނީ އާޖެންޓީނާއަށް ތާއީދުކުރަނީ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއާ ހެދި ނޫން ކަމަށާއި އެ ޤައުމުގެ ރައީސް ހާވިއެރް މިލޭއީގެ ސަބަބުން ކަމަށެވެ.
10 Jul 2026
20 އަހަރަށްފަހު، ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ނޮވެމްބަރުގައި
ރައީސް އައްބާސް ބުރާސްފަތި ދުވަހު ނެރުއްވި ރިޔާސީ ގަރާރެއްގައިވާ ގޮތުން، މި އިންތިޚާބު ހުޅަނގު އައްސޭރި އާއި، އިރުމަތީ ގުދުސް އަދި ގާޒާ ހިމެނޭހެން ފަލަސްތީނުގެ ހުރިހާ ސަރަހައްދެއްގައި ކުރިއަށްދާނެއެވެ. މިއީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ފަލަސްތީނުގައި ބާއްވާ މިފަދަ ފުރަތަމަ އިންތިޚާބެވެ.
10 Jul 2026
ފްރާންސް-މޮރޮކޯ މެޗުގައި ޕެނަލްޓީ ޖެހުން ލަސްކުރުމުން ހާލަންޑްގެ ފާޑުކިޔުން
މި މެޗުގައި ނުސައިރު މަޒްރާއީ އެމްބާޕޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ޖެހުމަށް އެމްބާޕޭއަށް 3 މިނެޓާއި 10 ސިކުންތު ވަންދެން މަޑުކުރަން ޖެހުނެވެ. މި ލަސްވުން ދިމާވީ ވީއޭއާރު އިން އެ ހާދިސާ ބަލަމުންދާތީއެވެ. މިކަމާ ގުޅިގެން އެމްބާޕޭ ހުރީ ރެފްރީ ފަކުންޑޯ ޓެލޯ އާއި އޮފިޝަލުންނާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
10 Jul 2026
އެމްބާޕޭގެ މޮޅުކުޅުމާއެކު މޮރޯކޯ ބަލިކޮށް ފްރާންސް ސެމީފައިނަލަށް
މެޗްގައި ތަރިއަކަށްވީ ފްރާންސްގެ އެމްބަޕޭއެވެ. އޭނާ ވަނީ ގޯލެއް ޖެހުމުގެ އިތުރުން ފްރާންސަށް ދެވަނަ ގޯލެއް ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ.
10 Jul 2026
ހަތް އަހަރަށް ފަހު މަރުކަޒުގެ އިމާމުގެ މަގާމުން ޝެއިޚް އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވައިފި
ޝެއިޚް ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީއާ ގުޅިވަޑައިގަތީ ތަޢުލީމާއި އުނގަންނައި ދިނުމުގެ ދާއިރާއިން ދިވެހި ޤައުމަށް ޚިދުމަތް ކުރުމަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފުމަށް ކަމަށެވެ.