މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ދިޔަރެސް
ހަބަރު
24 Sep 2023 | 17:28
ރައީސް ޞާލިހަށް ތާއީދުކުރުމާ ގުޅޭ މަޝްވަރާ ކުރި ކަމަށް އެމަނިކުފާނު ވިދާޅުވި ވާހަކަ ނަޝީދު ދޮގުކުރައްވައިފި!

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު މަޝްވަރާކުރެއްވިކަމަށް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވި ނަމަވެސް އެފަދަ މަޝްވަރާއެއް މިއަދުގެ ބައްދަލުވުމުގައި ނުކުރައްވާ ކަމަށާ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދާއި ރައީސް ޞާލިހު މިއަދު ވަނީ ރައީސް އޮފީހުގައި ކުއްލި މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. 

އަދި އެ ބައްދަލުވުމުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނަޝީދު އުފައްދަވާފައިވާ ޑިމޮކްރެޓްސް ޕާޓީން ވަކި ކޮޅެއް ނުނެގިޔަސް، ނަޝީދު، ރައީސް ޞާލިހަށް ތާއީދުކުރެއްވުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މިއަދު މަޝްވަރާ ކުރެއްވި ކަމަށް ރައީސް ޞާލިހް ވަނީ ވިދާޅުވެފަ އެވެ. 

"ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު ހިނގަމުންދާ ކަންކަމާ ބެހޭގޮތުން އަޅުގަނޑުމެން މަޝްވަރާ ކުރީ. އޭގެ ތެރޭގައި އެއް ކަމަކީ މަޖިލީހުން އިހަށްދުވަހު ފާސްކުރި ނިޒާމީ ވޯޓާއި ގުޅޭގޮތުން ކުރިއަށް ދިޔުމުގައި ކަންކަން ކުރާނެ ގޮތަކާއި, އަދި ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ގުޅޭގޮތުން ވެސް ވާހަކަ ދެއްކެވުނު. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެބޭފުޅުންގެ ނިޔުޓްރަލް ސްޓޭންޑްގައި ތިއްބަވާނެކަމަށް. ދެން ނިޒާމީ ވޯޓް ގައި، ރިޔާސީ އިންތިހާބަށްފަހު ގައި އޭގެ މަސައްކަތްތައް ފަށައިގަތުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދުމާ." މިއަދު މަޝްވަރާ ކުރެވުނު ކަންކަމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޞާލިހު ވިދާޅުވި އެވެ. 

ރައީސްގެ ވާހަކަފުޅާއި ގުޅިގެން ނޫސްވެރިއަކު ވަނީ، ދެވަނަ ބުރުގައި ޑިމޮކްރެޓްސް އިން ވަކި ކޮޅަކަށް ނުޖެހުނު ނަމަވެސް، ރައީސް ނަޝީދު، ރައީސް ޞާލިހަށް ތާއީދު ކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ތޯ ސުވާލު ކޮށްފައެވެ. 

"އަޅުގަނޑުމެން އެއާ ބެހޭ ގޮތުން ވާހަކަ ދެއްކިން. އޭގެ ތަފްސީލުތައް ފަހުން ހާމަކުރާނަން،" ޖަވާބުގައި ރައީސް ޞާލިހު ވިދާޅުވި އެވެ.

ރައީސް ޞާލިހު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ނަޝީދު މިއަދު ރައްޔިތުންގެ މަޖިލީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުމައި ނޫސްވެރިއަކު ވަނީ މިކަމާއި ގުޅިގެން ސުވާލުކުރައްވާފައެވެ.

އަދި އެފަދަ މަޝްވަރާއެއް ކުރެވުނުތޯ ސުވާލުކުރުމުން ރައީސް ނަޝީދު ވަނީ އެފަދަ މަޝްވަރާއެއް ނުކުރެވޭކަމަށް ވިދާޅުވެފައެވެ.

"ވަރަށް ސާފުކޮށް ދަންނަވާފާނަން. ނޫން. (ދެވަނަ ބުރުގައި ރައީސް ޞާލިހު އަށް ތާއީދު ކޮށްދިނުމަށް) ނޭދޭ" ނަޝީދު ވިދާޅުވި އެވެ. 

"ރައީސް ޞާލިހު ވިދާޅުވެފައި އެބަވޭ އެދިލެއްވި ކަމަށް" ނަޝީދުގެ ޖަވާބާއި ގުޅިގެން ނޫސްވެރިޔާ ސުވާލު ތަކުރާރުކުރެއްވިއެވެ.

"ނޭދެޔޭ އަޅުގަނޑު މި ދަންނަވަނީ" ރައީސް ނަޝީދު އަނެއްކާވެސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ