ހަބަރު
26 Sep 2023 | 09:27
މިއަދު ރައީސް އަށް ނޫނެކޭ ބުނާނަމަ މާދަމާ ބަރުލަމާނީއަށް ނޫނެކޭ ބުނެވިދާނެ: މަޙްލޫފް

ޑިމޮކްރެޓްސް އިން މިއަދު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ނޫނެކޭ ބުނާނަމަ މާދަމާ އެމްޑީޕީ އިން ބަރުލަމާނީ އަށް ނޫނެކޭ ބުނުފާނެ ކަމަށް މިސަރުކާރުގެ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މަޙްލޫފް މިހެން ވިދާޅުވީ އޭނާ ކުރައްވައިފައިވާ ޓްވީޓެއްގައެވެ.

މިނިސްޓަރ މަޙްލޫފް ވިދާޅުވީ ޑިމޮކްރެޓްސް ގެ ބައެއް އިސް ބޭފުޅުން މިއަދު ރައީސް ޞާލިޙް ނޫން ގޮތެއްކަމަށް ބުނަމުން ދިއުމަކީ މާދަމާ އެމްޑީޕީގެ ބައެއް މެންބަރުން ބަރުލަމާނީ ނޫންގޮތެއް ކަމަށް ބުނަށް ދެވޭ ޖާގައެއް ކަމަށެވެ. އަދި ޑިމޮކްރެޓްސްގެ ލީޑަރޝިޕުން އަދިވެސް އިތުރަށް ވިސްނާލަން މުހިއްމު ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށް މަޙްލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މަޙްލޫފް ވިދާޅުވީ މިއީ ހިތްހަމަޖުހުން އެއްފަރާތް ކޮށް އެއްބަޔަކު އަނެއް ބައެއްގެ އަތުގައި ހިފަންވީ ވަގުތު ކަމަށެވެ. މިއީ "ވިން ވިން ސިޗުއޭޝަނަކަށް" ދާންވީ ވަގުތު ކަމަށާއި  ބައެއްގެ ފިތުނަގައި ނުޖެހި އެއްބައިވާންވީ ވަގުތު ކަމަށެވެ.

މަޙްލޫފް މިހެން ވިދާޅުވެފައި ވާއިރު ޑިމޮކްރެޓްސް ޢާންމު ގިނަ މެމްބަރުން ތަކެއް ވަނީ ޕީއެންސީ/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒަށް ތާއީދު ކުރުމަށް ނިންމައިފައެވެ. އަދި ބައެއް ރަށްރަށުގެ ކެމްޕޭނު ޓީމު ތަކުން ދަނީ މުޢިއްޒު ކެމްޕޭނާއި ގުޅެމުންނެވެ.

ޑިމޮކްރެޓްސްއިން ނިންމަފައިވަނީ ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ. އަދި އެޕާޓީގެ އިސް ގިނަ ބޭފުޅުން ވަނީ ރައީސް ޞާލިޙް ނޫން ގޮތެއް ހޯދަން ޖެހޭ ކަމަށްބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.