އެމްޑީއޭގެ ލީޑަރ ސިޔާމް އަދި ރައީސް ޞާލިޙް
ހަބަރު
27 Sep 2023 | 06:47
އެމްޑީއޭ އިން ރައީސް ޞާލިޙަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި

ރާއްޖޭގެ މަޝްހޫރު ވިޔަފާރި ވެރިޔާ އަދ ދ.މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދުގެ މޭސްތިރި ކަމުގެ ދަށުން ހިންގާ އެމްޑީއޭ އިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ކުރި ތާއީދު އަނބުރާ ގެންގޮސްފިއެވެ.

އެމްޑީއޭ އިން މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި އެމްޑީޕީ އާއި އެކު ހަދައިފައިވާ ކޯލިޝަން ރޫޅާލުމަށް އެޕާޓީގެ ކައުންސިލަށް، ކައުންސިލް މެމްބަރު މުޙައްމަދު އައްބާސް ހުށައެޅުއްވުމުން އެޕާޓީގެ ނައިބު ރައީސް އަލީ މަޢުރޫފް ވަނީ އެކަމަށް ތާއީދު ކުރައްވައިފައެވެ. މި ކައުންސިލް ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ސިޔާމެވެ. 

މެންބަރު މުހައްމަދު އައްބާސްގެ ހުށަހެޅުން ފާސްވީ އެމްޑީއޭ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ ތެރެއިން 33 މެމްބަރުންގެ ވޯޓުންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކޮށް ވޯޓު ދެއްވާފައި ވަނީ އެންމެ ދެ މެމްބަރުންނެވެ.

މި ބައްދަލުވުމުގައި  ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ވެސް ވަނީ ހުށަހަޅާފައެވެ. އެ ހުށަހެޅުން ހުށަހެޅީ ސިޔާމެވެ. ސިޔާމްގެ އެ ހުށަހެޅުމަށް ވޯޓަށް އެހުމުން ލިބިފައި ވަނީ އެންމެ ދެ ވޯޓު ކަމަށް އަލީ މައުރޫފް ވަނީ ވިދާޅުވެފައެވެ.

އެމްޑީއޭގެ ބައިވެރިވުން އިންތިޚާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނުން ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވާއިރު ދެވަނަ ބުރުގެ ކެމްޕޭނުން އެމްޑީއޭ ފެނުން ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

އެމްޑީއޭގެ މި ނިންމުމާއި އެކު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އިންތިޚާބުގެ ދެވަނަ ބުރަށް ނުކުންނަވާނީ އެމްޑީޕީ އާއި ޢަދާލަތު ޕާޓީ ހިމެނޭ ކޯލިޝަނަކުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.