ވޯޓު ފޮށިތަކާއި ވޯޓު ކަރުދާސްތައް ރަށްރަށަށް ފުރުވާލަނީ. ފޮޓޯ: ޓްވިޓަރ (އިސްމާއިލް ޙަބީބް)
ހަބަރު
27 Sep 2023 | 11:54
އިންތިޚާބުގެ ދެވަނަ ބުރަށް ބޭނުންވާ ވޯޓު ކަރުދާހާއި ފޮށިތައް ރަށްރަށަށް ފޮނުވަން ފަށައިފި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ބޭނުންވަ ވޯޓު ކަރުދާހާއި ފޮށިތައް ރަށްރަށް ފޮނުވުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ޙަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ ބުރުގެ ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ވޯޓުކަރުދާހާއި އެހެނިހެން ތަކެތި، މާލެއަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅުތަކަށް، މިއަދު ހެނދުނު ފުރުވާލައިފިކަމަށެވެ.

އޭގެ އިތުރަށް ޙަބީބް ވިދާޅުވީ މާލެ އަތޮޅުގެ ރަށްރަށަށް ފޮނުވަން ޖެހޭ ވޯޓު ފޮށިތަކާއި ވޯޓު ކަރުދާސްތައް ފޮނުވާނީ މާދަމާކަމަށް ވެސް ޙަބީބް ވިދާޅުވިއެވެ.

ޙަބީބް ވިދާޅުވީ ވޯޓުކަރުދާހާއި ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި ފޮނުވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުން އެންމެމަތީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކުކަމަށެވެ.

އަދި އަތޮޅުތަކަށް ފޮނުވޭ ތަކެތި، މާދަމާ ހެނދުނުން ފެށިގެން، އަތޮޅުގެ އެހެން ހުރިހާ ރަށަކަށް ފޮނުވޭނެ ކަމަށްވެސް ޙަބީބް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Jul 2026
ނަތަންޔާހޫ ބޭނުންވަނީ ވޯލްޑްކަޕް އާޖެންޓީނާއިން ކާމިޔާބު ކުރަން
އިސްރާއީލުގެ ކޮމީޑިއަން ބެން ބެން ބާރޫޚް ހޮސްޓުކުރާ "ދަ މޯޖޯ ޕޮޑްކާސްޓް" ގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނީ އާޖެންޓީނާއަށް ތާއީދުކުރަނީ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއާ ހެދި ނޫން ކަމަށާއި އެ ޤައުމުގެ ރައީސް ހާވިއެރް މިލޭއީގެ ސަބަބުން ކަމަށެވެ.
10 Jul 2026
ފްރާންސް-މޮރޮކޯ މެޗުގައި ޕެނަލްޓީ ޖެހުން ލަސްކުރުމުން ހާލަންޑްގެ ފާޑުކިޔުން
މި މެޗުގައި ނުސައިރު މަޒްރާއީ އެމްބާޕޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ޖެހުމަށް އެމްބާޕޭއަށް 3 މިނެޓާއި 10 ސިކުންތު ވަންދެން މަޑުކުރަން ޖެހުނެވެ. މި ލަސްވުން ދިމާވީ ވީއޭއާރު އިން އެ ހާދިސާ ބަލަމުންދާތީއެވެ. މިކަމާ ގުޅިގެން އެމްބާޕޭ ހުރީ ރެފްރީ ފަކުންޑޯ ޓެލޯ އާއި އޮފިޝަލުންނާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
10 Jul 2026
އެމްބާޕޭގެ މޮޅުކުޅުމާއެކު މޮރޯކޯ ބަލިކޮށް ފްރާންސް ސެމީފައިނަލަށް
މެޗްގައި ތަރިއަކަށްވީ ފްރާންސްގެ އެމްބަޕޭއެވެ. އޭނާ ވަނީ ގޯލެއް ޖެހުމުގެ އިތުރުން ފްރާންސަށް ދެވަނަ ގޯލެއް ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ.
10 Jul 2026
ހަތް އަހަރަށް ފަހު މަރުކަޒުގެ އިމާމުގެ މަގާމުން ޝެއިޚް އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވައިފި
ޝެއިޚް ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީއާ ގުޅިވަޑައިގަތީ ތަޢުލީމާއި އުނގަންނައި ދިނުމުގެ ދާއިރާއިން ދިވެހި ޤައުމަށް ޚިދުމަތް ކުރުމަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފުމަށް ކަމަށެވެ.
10 Jul 2026
މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް: ފަސް މީހަކަށް އަނިޔާވި، ދޯނި މަޑުނުކުރި
މި އެކްސިޑެންޓްގައި އަނިޔާ ވެގެން ފަރުވާ ދިނުމަށް ފަސްމީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެމީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ.
09 Jul 2026
ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، ތިން މީހަކަަށް އަނިޔާ
އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި އެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ. އެ މީހުން ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.
09 Jul 2026
ޑރ. ފަޒުނާ ނިޔާވުން: ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އަދި މަރްޙޫމާ ޑރ. އާމިނަތު ފަޒްނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލެހެއްޓެވުން އެދި ދުއާ ކުރައްވާފައިވެ އެވެ.
09 Jul 2026
"ޑޮލަރެެއް ނެތް" ނަމުގައި އެމްޑީޕީން ޕެނަލް ޑިސްކަޝަނެއް
ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އީވާ އަބްދުالله އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބެވެ.