މާލޭގެ މަގުމަތި. ފޮޓޯ: މިހާރު
ހަބަރު
27 Sep 2023 | 14:38
ވޯޓުލުން ކުރިއަށް ދާ ވަގުތު މާލެގައި ބޮޑެތި އުޅަނދުތައް ދުއްވުން މަނާ

ވޯޓުލުން ކުރިއަށް ދާ ވަގުތު މާލޭގައި ބޮޑެތި އުޅަނޑުތައް ދުއްވުން ޓްރާންސްޕޯޓް މިނިސްޓްރީ އިން މަނާ ކޮށްފިއެވެ.

އެމިނިސްޓްރީ އިން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ދެވަނަ ބުރުގެ ވޯޓުލުމުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގައި ޓްރެފިކް ބާރުބޮޑުވެ، ވޯޓުލުމަށް ދާ މީހުންނަށާއި، ވޯޓުގެ އިދާރީ އަދި ސަލާމަތީ މަސައްކަތަށް ދަތިވުމުގެ ސަބަބުން، މަގުތަކުގައި ހަތަރު ފުރޮޅުލީ ބޮޑެތި އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް ނިންމާފައިވާކަމަށެވެ.

ދުއްވުން މަނާ ކެޓަގަރީތަކުގައި ހިމެނެނީ "ސީ2"، "ސީ0"، "ޑީ"، "އީ" އަދި "ވީ"  ކެޓަގަރީގައި ހިމެނޭ އުޅަނދެވެ. އޭގެ ތެރޭގައި ހިމެނެނީ ބޮޑެތި ވޭން، ކާރު، މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދާއި ކޮންސްޓްރަކްޝަން މަސައްކަތްކުރުމަށް ބޭނުންކުރާ އުޅަނދުފަހަރެވެ.

ހެނދުނު 6:00 ރޭގަނޑުގެ 8:00 އާއި ހަމައަށް އެކެޓަގަރީ ތަކުގެ އުޅަނޑުތައް ދުއްވުން މަނާ ކޮށްފައިވާއިރު، އުޞޫލާ ޚިލާފަށް ދުއްވާ އުޅަނދުތައް އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން 750ރ. އިން ޖޫރިމަނާކުރާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެ ކެޓަގަރީތަކުގައި ހިމެނޭ އުޅަނދުފަހަރުގެ ތެރެއިންވެސް ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި ސަރުކާރުގެ އިދާރާތަކުގެ ޢާންމު ޚިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުފަހަރު އެ ވަގުތުތަކުގައި ދުއްވުން މަނާ ނުވާނެ ކަމަށް މިނިސްޓްރީގެ އިޢުލާނުގައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Jul 2026
ނަތަންޔާހޫ ބޭނުންވަނީ ވޯލްޑްކަޕް އާޖެންޓީނާއިން ކާމިޔާބު ކުރަން
އިސްރާއީލުގެ ކޮމީޑިއަން ބެން ބެން ބާރޫޚް ހޮސްޓުކުރާ "ދަ މޯޖޯ ޕޮޑްކާސްޓް" ގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނީ އާޖެންޓީނާއަށް ތާއީދުކުރަނީ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއާ ހެދި ނޫން ކަމަށާއި އެ ޤައުމުގެ ރައީސް ހާވިއެރް މިލޭއީގެ ސަބަބުން ކަމަށެވެ.
10 Jul 2026
ފްރާންސް-މޮރޮކޯ މެޗުގައި ޕެނަލްޓީ ޖެހުން ލަސްކުރުމުން ހާލަންޑްގެ ފާޑުކިޔުން
މި މެޗުގައި ނުސައިރު މަޒްރާއީ އެމްބާޕޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ޖެހުމަށް އެމްބާޕޭއަށް 3 މިނެޓާއި 10 ސިކުންތު ވަންދެން މަޑުކުރަން ޖެހުނެވެ. މި ލަސްވުން ދިމާވީ ވީއޭއާރު އިން އެ ހާދިސާ ބަލަމުންދާތީއެވެ. މިކަމާ ގުޅިގެން އެމްބާޕޭ ހުރީ ރެފްރީ ފަކުންޑޯ ޓެލޯ އާއި އޮފިޝަލުންނާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
10 Jul 2026
އެމްބާޕޭގެ މޮޅުކުޅުމާއެކު މޮރޯކޯ ބަލިކޮށް ފްރާންސް ސެމީފައިނަލަށް
މެޗްގައި ތަރިއަކަށްވީ ފްރާންސްގެ އެމްބަޕޭއެވެ. އޭނާ ވަނީ ގޯލެއް ޖެހުމުގެ އިތުރުން ފްރާންސަށް ދެވަނަ ގޯލެއް ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ.
10 Jul 2026
ހަތް އަހަރަށް ފަހު މަރުކަޒުގެ އިމާމުގެ މަގާމުން ޝެއިޚް އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވައިފި
ޝެއިޚް ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީއާ ގުޅިވަޑައިގަތީ ތަޢުލީމާއި އުނގަންނައި ދިނުމުގެ ދާއިރާއިން ދިވެހި ޤައުމަށް ޚިދުމަތް ކުރުމަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފުމަށް ކަމަށެވެ.
10 Jul 2026
މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް: ފަސް މީހަކަށް އަނިޔާވި، ދޯނި މަޑުނުކުރި
މި އެކްސިޑެންޓްގައި އަނިޔާ ވެގެން ފަރުވާ ދިނުމަށް ފަސްމީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެމީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ.
09 Jul 2026
ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، ތިން މީހަކަަށް އަނިޔާ
އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި އެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ. އެ މީހުން ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.
09 Jul 2026
ޑރ. ފަޒުނާ ނިޔާވުން: ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އަދި މަރްޙޫމާ ޑރ. އާމިނަތު ފަޒްނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލެހެއްޓެވުން އެދި ދުއާ ކުރައްވާފައިވެ އެވެ.
09 Jul 2026
"ޑޮލަރެެއް ނެތް" ނަމުގައި އެމްޑީޕީން ޕެނަލް ޑިސްކަޝަނެއް
ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އީވާ އަބްދުالله އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބެވެ.