އަލިފާނުގެ ހާދިސާ ހިނގި ތަނުގެ މަންޒަރެއް
ހަބަރު
27 Sep 2023 | 19:46
ޢިރާޤުގައި ކައިވެނީގެ ވަލީމާއެއް ހިނގަމުންދިޔަ ތަނެއްގައި އަލިފާން ރޯވެ ބަޔަކު މަރުވެއްޖެ

ޢިރާޤުގެ އުތުރުގައި ކައިވެނީގެ ވަލީމާއެއްގައި އުފާފާޅު ކުރަމުން ދަނިކޮށް އަލިފާން ރޯވެ 100 މީހުން މަރުވެއްޖެއެވެ.

ޢިރާޤްގެ ނިންވޭހް ޕްރޮވިންސްގައި ކުރިއަށް ދިޔަ ކައިވެނީގެ ވަލީމާއެއްގައި ހަވާ އަރުވަން ބޭނުން ކުރި ބަޑިބޭހުގައި ރޯވެގެން ހިނގި މިހާދިސާގައި މަރުވި މީހުންގެ ޢަދަދު 100 އަށްވުރެ ގިނަ ވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ހާދިސާގައި ވަލީމާގައި ބައިވެރިވި ގިނަ ބަޔަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު ކައިވެނި ކުރި ދެމަފިރިންނަށްވެސް އެކި ވަރުގެ އަނިޔާވަނީ ލިބިފައެވެ.

މިހާދިސާ އާއި ގުޅިގެން ގިނަ ބަޔަކު ހައްޔަރު ކޮށްފައިވެއެވެ. ޢިރާޤްގެ ހެލްތް މިނިސްޓްރީ އިން ބުނެފައިވަނީ އަލިފާން ރޯވުމުގެ ސަބަބުން ބޮޑެތި އަނިޔާތައް ލިބުނު މީހުން ފަރުވާއަށް ހޮސްޕިޓަލް ގައި އެނދުމަތި ކުރެވިފައިވާކަމަށެވެ.

ދުނިޔޭގެ އެކި ޤައުމުތަކުން އަންނަނީ މިހިތްދަތި ވަގުތުގައި އެޤައުމުގެ ރައްޔިތުންނަށް ތައުޒިޔާ ކިޔަމުންނެވެ.

ހާދިސާގައި މަރުވި މީހުންގެ އާއިލާތަކުން އެމީހުންނަށް ފަހުގެ ސަލާމް ކުރުމަށް މަގުތަކަށް ދަނީ ނުކުންނަމުންނެވެ.  

މިކަމާއި ގުޅިގެން ޢިރާޤުގެ ރައީސް ވަނީ އެކަން ތަހްޤީޤު ކުރުމަށް ކަމާއި ބެހޭ ފަރާތްތަކަށް އަންގައިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް