ނިއުކާސަލް ޔުނައިޓެޑާއި މެނ
ކުޅިވަރު
28 Sep 2023 | 06:39
ޔޫރަޕުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށް ނިއުކާސަލް ލީގުކަޕްގެ ދެވަނަ ބުރަށް!

އިގިރޭސި ލީގު ކަޕްގެ ތިންވަނަ ބުރުގައި މިރޭ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ޔޫރަޕުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށް ނިއުކާސަލް ޔުނައިޓެޑް، މުބާރާތުގެ ދެވަަނަ ބުރުން ޖަގަ ހޯދައިފިއެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި މެންޗެސްޓާ ސިޓީ އިން އެންމެ ހުސް ފުރުސަތެއް ލިބުނީ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި އެޓީމުގެ އާޖެންޓީނާ ފޯވާޑް ޖޫލިއަން އަލްވަރޭޒް އަށެވެ. ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ އަލްވަރޭޒް ފޮނުވާލި ބާރު ހަމަލާ ނިއުކާސަލްގެ ކީއްޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ފުރަތަަމަ ހާފު ނިމުމުގެ ކުރިން ނިއުކާސަލްގެ އިގިރޭސި ފޯވާޑް އިންޖެކޮބް މަރްފީ އަށް ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ހުސް ފުރުސަތެއް ލިބި ބޭކާރުވެފައޭވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ނިއުކާސަލް ޔުނައިޓެޑުން ފެށީ ދެ ބަދަލަކާއި އެކުގައެވެ. އަދި މިހާފު ފެށިގެން 8 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްވިޑެންގެ ފޯވާޑް އެލެގްޒެންޑަރ އިސާކް އެވެ.

ނިއުކާސަލްގެ ލަނޑަށްފަހު މެންޗެސްޓާ ސިޓީ ބަދަލުތަކެއް ގެނެސް އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރި ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

ލީގުކަޕްގެ ދެވަނަ ބުރުގައި މިމަހުގެ 30 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑް ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށެވެ. އަދި ޕްރެމިއާ ލީގުގައި މިމަހުގެ 30 ވަނަ ދުވަހު ރަށުން ބޭރުގައި މެންޗެސްޓާ ސިޓީ އިން ނުކުންނާނީ ވުލްވްސް އާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އދގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލީހަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިހާބުވެއްޖެ
04 Jun 2026
އީދު ފާހަގަކުރަން މިލަންދޫ ކައުންސިލުން 321،000ރ، މާލި ނެރެ ދަފިނަގަން ލައްކައެއް
އެހެން ކަމުން ބޮޑު އީދު ފާހަގަކުރުމަށް މިލަންދޫ ކައުންސިލުން ވަނީ 321,940 ރުފިޔާ ހަރަދުކޮށްފަ އެވެ.
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ