ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން
ދުނިޔެ
28 Sep 2023 | 10:51
ޢިމްރާން ޚާންގެ ޖަލު ބަންދުގެ މުއްދަތު އިތުރުކޮށް، އެހެން ޖަލަކަށް ބަދަލުކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޖަލު ބަންދުގެ އިތުރުކޮށް، ކުރިން ހުންނެވި ޖަލުން އެހެން ޖަލަކަށް ބަދަލުކޮށްފިއެވެ.

ޢިމްރާން ޚާން ބަދަލުކޮށްފައިވަނީ އިސްލާމްއާބާދާއި ކައިރި ހިސާބެއްގައި ހުންނަ ޖަލަކަށް ކަމަށް އަލްޖަޒީރާގައި ބުނެފައުވެއެވެ. ޢިމްރާން ޚާންގެ ޖަލު ބަންދުގެ މުއްދަތު ދެހަފްތާއަށް އިތުރުކޮށްފައިވަނީ ދައުލަތުގެ ސިއްރުތަކަކާއި ގުޅޭ މައްސަލައަކާއި ގުޅިގެން ކަމަށް ކޯޓުން ބުނެފިއެވެ.

އުމުރުން 70 އަހަރުގެ ޢިމްރާން ޚާން ބަދަލުކޮށްފައިވަނީ ރަވާލްޕިންޑީ ސިޓީގައި ހުންނަ އަދިއާލާ ޖަލަށެވެ. އަންގާރަ ދުވަހުގެރޭ ޢިމްރާން އެޖަލަށް ބަދަލުކޮށްފައިވަނީ 3ހަފްތާގެ މުއްދަތެއް އަޓޮކް ޖަލުގައި ހޭދަކުރުމަށް ފަހުގައެވެ. ޢިމްރާން ޚާން ޖަލަށް ލައިފައިވަނީ ކޮރަޕްޝަނާއި ގުޅޭ މައްސަލަތަކެއްގެ ތުހުމަތުތަކެއްގައެވެ.

އޮގަސްޓު މަހު ކުރި ޖަލު ޙުކުމެއްގައި ޢިމްރާން ޚާން ޖަލުގައި ބަންދު ކޮށްފައި ވާއިރު، އެޤައުމުގެ ކަމާއި ބެހޭ ފަރާތްތަކުން ދަނީ ދައުލަތުގެ ސިއްރުތަކާއި ގުޅޭ މައްސަލަ ތަހްޤީޤް ކުރަމުންނެވެ. ނަމަވެސް ތަކުރާރުކޮށް ވިދާޅުވަމުން ދަނީ އެމައްސަލައަކީ އެމެރިކާ އާއި ޕާކިސްތާނާއި ދެމެދު ހިނގި ޑިޕްލޮމެޓިކް މުއާމަލާތްތަކާ ގުޅުން ހުރި މައްސަލައެއް ކަމަށާއި އެއީ އެމެރިކާއިން އޭނާގެ ސަރުކާރު ވައްޓާލަން ރޭވި ރޭވުމުގެ ބައެއް ކަމަށެވެ.

ނަމަވެސް ޕާކިސްތާނާއި އެމެރިކާ އިން ވަނީ މިވާހަކަތައް ދޮގުކޮށްފައެވެ.

ޢިމްރާން ޚާން ހުންނެވި ޖަލުން އެހެން ޖަލަކަށް ބަދަލުކޮށްފައިވަނީ އޭނާގެ ވަކީލުންގެ އެދުމުގެ މަތިންނެވެ. ޢިމްރާންގެ ވަކީލުން ތުހުމަތު ކޮށްފައިވަނީ އަޓޮކް ޖަލުގައި ހުންނެވި އިރު ޢިމްރާން ޚާންގެ ހަށިކޮޅު ވަނީ ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް