Advertisement

9 ޖެހުމާއި ހަމައަށް ވޯޓް ލައިފައިވަނީ 36،312 މީހުން

30 Sep 2023 | 10:14
ވޯޓް ލާ މަރުކަޒެއްގައި ވޯޓު ލުން ކުރިއަށް ދަނީ

މިއަދު ހެނދުނުގެ 9 ޖެހުމާއި ހަމައަށް ވޯޓް ލައިފައިވަނީ 36،،312 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީ އިން ބުނެފައިވަނީ 9 ޖެހުމާއި ހަމައަށް 36،312 މީހުން ވޯޓް ލައިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 13،110 އަންހެނުންނާއި 23،202 ފިރިހެނުން ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ޢަދަދަކީ  282،804 މީހުންނެވެ.

Advertisement

 ލަންޑަންގެ ވޯޓު ފޮއްޓާއި އަބޫދާބީގެ ފޮށިނޫން އެހެން ހުރިހާ ފޮއްޓެއްގެ ވޯޓް ލުން ފެށިގެން ގޮސްފައިވާއިރު ވޯޓް ކިޔު ބަންދު ކުރާނީ 5:00 ގައެވެ.

އީސީ އިން ބުނެފައިވައިވަނީ ސަބަބެއް މެދުވެރިވެގެން ވޯޓް ލުން ލަސްކޮށް ފެށުނު ނަމަވެސް ވޯޓް ކިޔު ބަންދު ކުރާ ވަގުތު ފަސް ނުކުރާނެ ކަމަށެވެ.

Advertisement

ކޮމެންޓް