ބެލިންހަމް ޖިރޯނާ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
01 Oct 2023 | 08:38
ބެލިންހަމްގެ މޮޅު ކުޅުމާއިއެކު ޖިރޯނާ އަތުން މޮޅުވެ ރެއާލް އެއްވަނައަށް

ސްޕެނިޝް ލަލީގާގައި މިރޭ ރަށުން ބޭރުގައި ޖިރޯނާ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

މިސީޒަނުގައި އާދަޔާ ޚިލާފް މޮޅުކުޅުމެއް ދައްކަމުން އަންނަ ޖިރޯނާ އިން މިރޭގެ މެޗަށް ނުކުތްއިރު އެޓީމު އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ. އަދި މިއީ މިސީޒަނުގައި ލީގު މެޗެއްގައި އެޓީމު ބަލިވި ފުރަތަަމަ ފަހަރެވެ.

މެޗުގެ ފެށިގެން ފުރަތަމަ 10 މިނެޓުތެރޭގައި ޖިރޯނާ އިން ވަނީ ގާތްގާތުގައި ރެއާލް މެޑްރިޑްގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ރެއާލް މެޑްރިޑުން މިހާފުގައި އުފެއްދި ނުރައްކާތެރި ފުރަތަމަ ހަމަލާގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.

މިލަނޑު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ހޯސެލޫ އެވެ. މިއީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އެޓީމަށް ލިބުނު ކޯނަރެއްގައި ޓޯނީ ކްރޫސް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް މުޅިން ހުސްކޮށް ހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޗުއެމިނީ ވަނީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މިމެޗުގައި ރެއާލް މެޑްރިޑުން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 71 ވަނަ މިނެޓުގައި ހޯސެލޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ބެލިންހަމް އެވެ. މިއީ މިސީޒަނުގައި ރެއާލް މެޑްރިޑާއި ގުޅުނު ފަހުން ލީގުގައި ކުޅުނު 7 މެޗުގައި އޭނާ ކާމިޔާބުކުރި 6 ވަނަ ލަނޑެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 8 މެޗުން ލިބުނު 21 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ.

މިމެޗުން ބަލިވި ޖެރޯނާ ލީގުގައި ކުޅުނު 8 މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ތިންވަނައިގައެވެ. ދެވަނަގައި އޮތީ 20 ޕޮއިންޓާއެކު އޮތް ބާސެލޯނާ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އިކޯސޮކް އަށް ރާއްޖެ އިންތިހާބުވުމަކީ ތާރިހީ ކާމިޔާބީއެއް: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ، އިކޯސޮކްގެ 2027- 2029 ދައުރުގެ ގޮނޑިއަކަށް ދިވެހިރާއްޖެ އިންތިޚާބުވުމުގެ ފަޚުރުގައި، އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.
04 Jun 2026
އދގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލީހަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިހާބުވެއްޖެ
04 Jun 2026
އީދު ފާހަގަކުރަން މިލަންދޫ ކައުންސިލުން 321،000ރ، މާލި ނެރެ ދަފިނަގަން ލައްކައެއް
އެހެން ކަމުން ބޮޑު އީދު ފާހަގަކުރުމަށް މިލަންދޫ ކައުންސިލުން ވަނީ 321,940 ރުފިޔާ ހަރަދުކޮށްފަ އެވެ.
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.