ވޯޓު ގުނުމުގެ ކަންކަން ކުރިއަށް ދަނީ
ހަބަރު
01 Oct 2023 | 12:29
އިންތިހާބުގެ ކަންކަން ޖުމްލަކޮށް ދިޔައީ އަމާންކަމާއި އޮމާންކަމާއެކީ: އީސީ

އިއްޔެ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ އެންމެހައި ކަންތައްތަކެއް ޖުމުލަކޮށް ކުރިއަށް ދިޔައީ އަމާންކަމާއި އޮމާންކަމާއެކު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.ރިޔާސީ އިންތިހާބުގެ ދެވަނަބުރާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނަވަރުގެ ކަމެއް އެ ކޮމިޝަންގެ ޝަކުވާ ބިއުރޯއަށް ހުށަަހަޅާފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް ލ. ފޮނަދޫއާއި އަދި ގދ. ވާދޫގެ ވޯޓު ފޮށި ސަރަހައްދުގައި ހިނގައިދިޔަ ހަމަ ނުޖެހުމަށް އިޝާރާތްކުރައްވައި ހަބީބް ވިދާޅުވީ، ފޮނަދޫގެ ފޮއްޓެއްގައި ދޫކުރި ވޯޓު ކަރުދާސްތަކުގައި އިތުރު މާކެއް ހުރި ކަމަށާއި އަދި ފަހުން ނުލާ ހުރި ވޯޓު ކަރުދާސްތަކުގެ ތެރެއިން ވެސް ތިން ކަރުދާހެއްގައި އެފަދަ ފާހަގައެއް ހުރިކަން ފާހަގަ ކުރެވިފައިވާކަމަށެވެ. 
ހަމަ އެހެންމެ ވާދޫގައި ވޯޓު ފޮށި ބަންދުކުރަން ފަސް ވަރަަކަށް މިނެޓެއް ވީތަނާ ފޮށި ފަޅާލިކަން ހަބީބް ފާހަގަ ކުރެއްވިއެވެ.

އެ އޮފިޝަލު ފަހުން ވަނީ އެހެން މަސްއޫލިއްޔަތެއް ވެސް ހަވާލުކޮށްފައެެވެ.

އެހެންވެ ފަހުން އެ ފޮށީ ބަންދުކޮށް އާ ފޮއްޓަކަަށް ވޯޓު ލުމުގެ މަސައްކަތަ ފެށި ކަމަށާއި އަދި ވޯޓު ދޫކުރާ މީހާގެ އަތުގައި ގަލަަމެއްވެސް އަދި އަނގޮޓިއެއްވެސް ނޯންނާނެ ކަމަށް ވިދާޅުވިއެވެ. އަދި އޮފިޝަލާއި މެދު ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ހަބީބް ވިދާޅުވީ ފޮށި ފަޅާލި މީހާ އެކަން ކުރީ އައިޑީ ކާޑުގެ މައްސަލައަކާ ހެދި ރުޅި އައިސްގެން ކަމަށެވެ. އެގޮތުން ދެ ގޮތަކަށް މައުލޫމާތު މިހާތަނަށް ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން މީހަކު އޭނާގެ އައިޑީ ކާޑު ފޮރުވީ ކަމަށާއި ނޫނީ އޭނާގެ އައިޑީ ކާޑު ހަދައިދޭން ޖެހޭ މީހުން އެ ކާޑު ހަދައި ނުދިން ކަމަށް އަޑު ފެތުރިފައިވާ ކަމަށް ވިދާޅުވިއެވެ.އިންތިހާބީ މަރުކަޒުތަކުގައި ހިނގި ކުދި ކުދި ކަންކަމާއި ގުޅިގެން އިއްޔެ 14 މީހަކު ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެންދެވިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ