ކުރީގެ ރައީސް އަބްދުﷲ ޔާމީން މީގެ ކުރިން ޖަލުން ގެއަށް ބަދަލު ކުރެއްވިއިރު އެމަނިކުފާނުގެ ސަޕޯޓަރުންނަށް އަތް ހޫރާލައްވަނީ - ފޮޓޯ/ ވަގުތު
ހަބަރު
01 Oct 2023 | 14:13
ރައީސް ޔާމިން މިއަދު ގެއަށް ބަދަލު ކުރަނީ!

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރ ރައީސް ޔާމީން އަބްދުލްގައްޔޫމް މިއަދު ގެއަށް ބަދަލުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު ގެއަށް ބަދަލު ކުރުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. އަދި މިހާރު އެމަނިކުފާނު ގެއަށް ބަދަލު ކުރުމުގެ ކަންކަން ކުރިއަށްދާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. މިކަން ޕީޕީއެމްގެ ތަރުޖަމާނު މުހައްމަދު ތޮލާލް ވެސް ވަނީ މީޑިއާތަކަށް ކަށަވަރު ކޮށްދެއްވާފައެވެ. 

އެހެންކަމުން ޕީޕީއެމްގެ ގިނަ ސްޕޯޓަރުން އަންނަނީ އެކަމަށް ތައްޔާރުވެ ދިވެހީންގެ ޖަގަހަ އަށް އެއްވަމުންނެވެ. އެގޮތުން އެމަނިކުފާނުގެ އަނބިކަނބަލުން ވެސް މިވަގުތު ހުންނެވީ އެ ޖަގަހައިގައެވެ. 

ރައީސް ޔާމީން ގެއަށް ބަދަލު ކުރައްވާތީ އަނބިކަނބަލުންނާ ސަޕޯޓަރުން ދިވެހީންގެ ޖަގަހައިގައި--

ރައީސް ޔާމީން ގެއަށް ބަދަލު ކުރުމުގެ މަސައްކަތް ފަށްޓަވާފައިވާއިރު، އިއްޔެ ބޭއްވުނު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ކާމިޔާބުވެވަޑައިގެން ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިއަށް އޮތް 5 އަހަރަށް ހޮވިވަޑައިގެން އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުއަށް އިންތިހާބު ކާމިޔާބުވެވަޑައިގަތުމަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ފުރަތަމަކަށް ޕީޕީއެމް ލީޑަރ އަދި ކުރީގެ ރައީސް ޔާމީނު އަބްދުލްގައްޔޫމް ގެއަށް ބަދަލު ކުރެއްވުމަށް ވަނީ ގޮވާލައްވަާފައެވެ. 

"އަޅުގަނޑު މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙަށް ވަރަށް އިޚްލާސްތެރިކަމާއި އަދަބުވެރިކަމާއި އެކީގައި ދަންނަވާލަން އަޅުގަނޑުމެންގެ ލޮބުވެތި ރައީސް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް" ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުޢިއްޒު ވިދާޅުވިއެެވެ. 

ޑރ. މުއިއްޒު ވިދާޅުވީ ލިބުނު ކާމިޔާބީއާއި އެކު، އަވަސްވެގަންނާނީ ރައީސް ޔާމީން މިނިވަން ކުރުމަށް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ