ރައީސް ނަޝީދާއި ރައީސް ޞާލިހު
ހަބަރު
01 Oct 2023 | 15:43
ގައުމީ މަޖިލީހުގެ ތާއީދު އޮތް ނަމަ، އަޅުގަނޑު އެމްޑީޕީއާ ގުޅެން ތައްޔާރު: ރައީސް ނަޝީދު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 އިންސައްތަ މީހުންގެ ތާއީދު އޮތް ނަމަ، އެޕާޓީއާ ގުޅެން ތައްޔާރަށް ހުންނެވި ކަމަށް އެމްޑީޕީީގެ ކުރީގެ ރައީސްގެ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއަށް މިއަދު ފޮނުއްވި މެސެޖެއްގައި އެމަނިކުފާނު ވަނީ "އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 ތާއީދު އޮތް ނަމަ، އަޅުގަނޑު އެމްޑީޕީއާ ގުޅެން ތައްޔާރު" ހުންނެވި ކަމަށް ވިދާޅުވެފައެވެ. 

ނަޝީދުގެ މި މެސެޖު ފައްޔާޒު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހާވެސް ހިއްސާ ކުރައްވާފައެވެ. އެ މެސެޖު ފޮނުއްވުމަށް ފަހު ފައްޔާޒު ވަނީ "މެސެޖު ލިބުނީމަ، ތިޔަ ބޭފުޅުންނާ ހިއްސާކޮށްލީ" ކަމަށް ވިދާޅުވެފަ އެވެ.

އަލުން އެމްޑީޕީއާ ގުޅުމުގެ ޝައުގުވެރިކަން ހުރިކަން ނަޝީދު ފާޅުކުރައްވާފައިވާއިރު, އެމަނިކުފާނު އެމްޑީޕީގެ ރައީސް ކަމުގެ މަގާމުގައި ހުންނެވިއިރު ޕާޓީ ވަނީ ޚިޔާލު ތަފާތުވެ ދެބަޔަކަށް ބެހިގެން ގޮސްފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދު ކުރާ މީހުން އެއްފަޅިއަށް ދިޔައިރު އެމަނިކުފާނަށް ތާއީދު ކުރައްވާ މެންބަރުންނާއެކު ފިކުރެއްގެ ދިރުން ނަމުގައި ޕާޓީގެ ތެރެއިން ގޮތްޕެއް ވެސް ވަނީ އުފައްދަވާފައެވެ. 

އެއަށްފަހު އެ މެންބަރުން ޕާޓީން ވަކިވެ، ރައީސް ނަޝީދުގެ އިރުޝާދުގެ ދަށުން ދަ ޑިމޮކްރެޓްސް ގެ ނަމުގައި އައު ޕާޓީއެއް އުފައްދަވައި، މިހާރު ނަޝީދުވެސް ވަނީ އެޕާޓީއާ ގުޅިވަޑައިގެންފައެވެ. 

އެއާއެކު ނަޝީދު ދިޔައީ ފާޅުގައި އެމްޑީޕީ އަށާއި ރައީސް ޞާލިހަށް ފާޑުވިދާޅު ވަމުންނެވެ. 

ނަމަވެސް، ރައްޔިތުންގެ މަޖިލީހަށް ދަ ޑިމޮކްރެޓްސް އިން، ބަރުލަމާނީ ނިޒާމާ ގުޅޭ ގަރާރު ހުށަހެޅި ފަހުން، ނަޝީދު އަންނަނީ އެމްޑީޕީއާ އެކު އެކަމާގުޅޭ މަޝްވަރާތައް ކުރަމުންނެވެ. އެގޮތުން ދާދިފަހުންވެސް ވަނީ އެކަމުގެ މަޝްވަރާއަށް ރައީސް ޞާލިހާއި ބައްދަލު ކުރައްވާފައެވެ. އަދި ރައީސް ޞާލިހު ވަނީ އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ. 

އެފަހުން، މިފަހަރު ރިޔާސީ އިންތިހާބުން އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއާ އެކުވެސް ނަޝީދުވަނީ އެ ޕާޓީން ކުރި ކެންޕެއިން މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަ ދައްކަވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ