ގޯތީގެ ރެޖިސްޓަރީ ދޫކުރުން--
ހަބަރު
02 Oct 2023 | 10:46
ދެން ގޯތީގެ ރަޖިސްޓަރީ ދޫކުރާނީ ސީއެޗްއެސްއީގެ ކުރީ އިމާރާތުން!

ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރި ގޯތީގެ ރަޖިސްޓްރީ ދެން ހަވާލުކުރާނީ ސީއެޗްއެސްއީ ކުރިން ހިންގި އިމާރާތުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިންގް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އޮކްޓޯބަރު 3 ވާ އަންގާރަ ދުވަހުން ފެށިގެން ގޯތީގެ ރަޖިސްޓްރީ ދޫކުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކުރީގެ ސީއެޗްއެސްއީ އިމާރާތުގައި ކަމަށެވެ. މީގެ ކުރިން ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައި ވަނީ ހުޅުމާލޭ ސިންތަޓިކް ޓްރެކުގަ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށައެޅުމަށް ހުޅުވާލުމުން 15،164 ފޯމު ހުށަހަޅާފައިވާއިރު ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި 18,955 މީހުން ހިމެނެއެވެ. 

އެ މީހުންނަށް ހުޅުމާލެ އިން 1،351 ގޯތި ދޫކުރަން ނިންމާފައިވާއިރު، ގުޅީފަޅުން 2،218 ގޯތި އަދި ގިރާވަރުފަޅުން 5،432 ގޯތި ދޫކުރަން ނިންމާފައި ވެއެވެ. މީގެ ތެރެއިން ހުޅުމާލެ އިން ދޫކުރާ ގޯތިތައް ދޫކުރާނީ ހުޅުމާލޭ ދެވަނަ ފިޔަވަހިންނެވެ.

'ބިންވެރިޔާ' ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަން ފެށީ މިދިޔަ އޮގަސްޓް 27 ވަނަ ދުވަހު އެވެ.

ދާދިފަހުން ސަރުކާރުން ވަނީ އުތުރު ތިލަފަޅުންވެސް 4،000 ގޯތި ދޫކުރަން ނިންމައި، 'ބިންވެރިޔާ' ސްކީމާއި 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލާފަ އެވެ. އެ ފުރުސަތު ހުޅުވާލާފައި އަންނަ މަހުގެ 24 ވަނަ ދުވަހާ ހަމައަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Aug 2026
ފާމުދޭރިކިލެގެފާނުގެ ކާފަދަރިކަނބަލުން ޤުލްފިޝާން ކުއްލި ގޮތަކަށް އަވަހާރަވެއްޖެ
އެކަމަނާ އަވަހާރަވީ ޔޫއޭއީގައި އިއްޔެގެ ވަގުތެއްގަ އެވެ.
10 Aug 2026
އުރީދޫ އެޕް މެދުވެރިކޮށް ޓްރޫކޯލާ ޕްރީމިއަމްގެ ޚިދުމަތް މިހާރު ލިބޭނެ
ކޯލްކުރާ ފަރާތްތައް ދެނެގަތުމާއި ސްޕޭމް ކޯލްތަކުން ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެންމެ ކުރީގައިވާ ޓްރޫކޯލާއާއެކު ވެވުނު މި ޚާއްސަ ޕާޓްނަޝިޕްގެ ދަށުން، އުރީދޫގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޓްރޫކޯލާ ޕްރީމިއަމް ބޭނުންކުރެވޭނެއެވެ. އަދި މި ޚިދުމަތުގެ ފީ ސީދާ އުރީދޫ ބިލަށް އިތުރުކުރެވޭނެއެވެ.
10 Aug 2026
މަސައްކަތް ނުފަށާތީ ކުރީ ސަރުކާރު ހަވާލުކުރި 16 މަޝްރޫޢެއް ބާތިލުކޮށްފިން
ކުރީގެ ސަރުކާރުން ސިއްޙީ ދާއިރާގެ ތަރައްޤީއަށް ހަވާލުކުރި މަޝްރޫޢުތަކުގެ ތެރެއިން ޢަމަލީ މަސައްކަތް ނުފެށި ހުރި 16 މަޝްރޫޢެއް ބާތިލުކޮށް، އެ މަޝްރޫޢުތަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޫކުރި 60 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
10 Aug 2026
ގޯލެއް ފާހަގަކުރަން އުޅުމުގެ ތެރޭ ކުޅުންތެރިއަކު ޓަނަލްއެއްގެ ތެރެއަށް ވެއްޓިއްޖެ
ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހު ކޮރިޓީބާގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައެވެ. ޖޭސީ ގޯލެއް ޖެހުމަށްފަހު، އުފާފާޅުކުރުމަށްޓަކައި ދަނޑު އަރިމަތީގައި ހުރި އިޝްތިހާރު ބޯޑުތަކުގެ މަތިން ފުންމާލި ވަގުތު އޭނާ ވެއްޓުނީ ހާފް-ޓައިމްއަށް ތައްޔާރުވުމުގެ ގޮތުން ހުޅުވާފައި އޮތް ޓަނަލެއްގެ ތެރެއަށެވެ.
10 Aug 2026
ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ޒަމާނީ ހައްލެއް؛ ”މައި ކެރިއަރ ޕޯޓަލް“ އިފްތިތާޙުކޮށްފި
ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް އަދި ކެރިއަރ އެޑްވައިޒަރުން އެއް ޕްލެޓްފޯމަކުން ގުޅުވައިލުމަށް ފަރުމާކޮށްފައިވާ މައި ކެރިއަރ ޕޯޓަލް މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
10 Aug 2026
އުތީމު ޚާއްސަވަނީ ކީއްވެ؟
ރަށްތަކުގެ ތެރެއިން ވަކިރަށެއް ޚާއްސަވަނީ ނުވަތަ ޙާއްސަކުރަނީ އެ ރަށަކާ ގުޅިފައިވާ ސިފައެއް ނުވަތަ ސިފަތަކެއްގެ ސަބަބުންނެވެ. މިދެންނެވި ގުދުރަތީ ގޮތުން އެރަށަށް ލިބިފައިވާ ސިފަތަކެއްގެ ވާހަކައެވެ. މިސާލަކަށް ބަނދަރު ފަސޭހަ ރަށަކަށް ވުމުން ދަތުވެރިން އެރަށަކީ ޚާއްސަ ގޮތެއްގައި ފާހަގަ ކުރާ ރަށަކަށް ވެދާނެއެވެ.
10 Aug 2026
ނަތަންޔާހޫގެ އަނބިމީހާ، ބަޔަކަށް އަނިޔާކުރި މައްސަލަތަކެއް ކޯޓަށް
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ރަސްމީ ގޭގައި މަސައްކަތްކުރި ކުރީގެ މުވައްޒަފުންތަކަކަށް، އޭނާގެ އަނބިމީހާ ސާރާ ނަތަންޔާހޫ އަނިޔާކޮށް ފުރައްސާރަކުރި މައްސަލަތަކެއް ފެންމަތިކޮށްފިއެވެ. މި މައްސަލަތައް މިހާރު ވަނީ ކޯޓަށްވެސް ހުށަހަޅާފައެވެ.
10 Aug 2026
ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ނ އަތޮޅުން ލ އަތޮޅަށެވެ.