ރައީސް ނަޝީދު އާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު
ހަބަރު
02 Oct 2023 | 20:53
އެމްޑީޕީ އާ ގުޅުމަށް އެދި ރައީސް ނަޝީދު އަޅުގަނޑަށް މެސެޖުކުރި؛ ގައުމީ މަޖިލީހުގެ %99 އެކަމާ ދެކޮޅު: ރައީސް

އެމްޑީޕީގެ ގައުމީ މަޖިލީހުގެ 99 އިންސައްތަ މެންބަރުން، އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީއާއި އަލުން ގުޅުމާއި ދެކޮޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު އެމްޑީޕީއާ ގުޅުމާއިމެދު ދެކެލައްވާ ގޮތާމެދު ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޞާލިހު ވިދާޅުވީ، އެމްޑީޕީއާ ގުޅިވަޑައިގަންނަން ބޭނުންވާކަން ހާމަކޮށް ރައީސް ނަޝީދުގެ މެސެޖެއް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި ރައީސް ޞާލިހް ވިދާޅުވީ އެކަން ކުރާނީ ޕާޓީގެ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

50 ޕަސެންޓް ލިބިވަޑައިގެންފިއްޔާ ތިމަންނަ (ނަޝީދު) އެމްޑީޕީއާ ގުޅިވަޑައިގަންނަވާނަމޭ. އަޅުގަނޑަށްވެސް އެބައިން މެސެޖު ކޮށްފައި. ތިމަންނަ މިހުރީ ތައްޔާރަށޭ. އަޅުގަނޑު ދަންނަވާނީ އެމްޑީޕީއަށް މެންބަރުން ވަނުމުގައި ކަން ކުރަންވާގޮތް އުސޫލު އެބައޮތް. އެއީ ވަކި ގުނަވަނެއްގެ ވަކި ވަރެއްގެ ތާއީދު އޮވެގެން ކުރަން ކުރާ ކަމެއް ނޫން. އަދި ޕާޓީއަށް ވަންނަން އެދިފައި ފޯމު ފުރުއްވާފައި ފޮނުވީމާ ޕާޓީގެ އެ އޮންނާ އުސޫލު ތަކުގެ ތެރެއިން އެއީ އަޅުގަނޑުމެންގެ ޕާޓީއަށް ވައްދަން ބޭފުޅެއް ކަމަށް އެ ގުނަވަނަށް ފެނިއްޖެއްޔާ އެ އޮންނަ އުސޫލު ތެރެއިން އެކަން ކުރިއަށް ދާނެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

މިއާއެކު ރައީސް ޞާލިހް ވިދާޅުވީ އެމަނިކުފާނު ނަޝީދަށް ތާއީދު ކުރުމާއި ނުކުރުމާއި މެދު ގޮތެއް އަދި ވިސްނަވާފައި ނުވާ ކަމަށާ، އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނީ އެމްޑީޕީ އަށާއި އެޕާޓީގެ މުސްތަގުބަލަށް ފައިދާ ހުރި ގޮތަށް ކަމަށެވެ. 

މީގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ ތެރެއިން 99 އިންސައްތަ މެންބަރުންނަށް ރައީސް ނަޝީދު އެޕާޓީއާއި ގުޅިވަޑައިގަންނަވަން ނުފެންނަ ކަމަށްވެސް ރައީސް ޞާލިހު ވިދާޅުވިއެވެ. 

އަޅުގަނޑު ވެސް ގައުމީ މަޖިލީހުގައި އިންނަން. ގައުމީ މަޖިލީހުގެ ރޫހު ހުރިގޮތް އަޅުގަނޑަށް ފެނޭ. ގާތްގަނޑަކަށް އަޅުގަނޑަށް ދެންނެވިދާނެ 99 ޕަސެންޓް މިހާތަނަށް ހަމަ ނޫނެކޭ ބުނަމުން އަންނަނީ. ބަރުލަމާނީ އަށްވެސް ހަމަ ނޫނެކޭ ބުނަމުން އަންނަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ލިބުނު ނާކާމިޔާބީ އާއެކު ފިކުރެއްގެ ދިރުން ނަމުގައި އެމްޑީޕީގެ ތެރޭގައި ގޮތްޕެއް އުފެއްދެވުމަށްފަހު ފަހުން ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައި އެ ޕާޓީއަށް ރައީސް ނަޝީދު ވަނީ ގުޅިވަޑައިގެންފައެވެ. އަދި އެ ގުޅިވަޑައިގެންނެވި ރޭގައި އެމަނިކުފާނު ވަނީ އެމްޑީޕީ ރޫޅާލާނެ ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ