ކޯމޯ ކޮކޯ އާއި ކްރޮސްރޯޑްސް ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
02 Oct 2023 | 19:13
މުބާރާތުގެ ފުރަތަަމަ މެޗުގައި ކޯމޯ ކޮކޯ ކޮޅަށް ކްރޮސްރޯޑްސް އިން 13 ލަނޑުޖަހައިފި

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ސައުތު މާލޭ ޒޯން ގުރޫޕް އޭގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ކޯމޯ ކޮކޯ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި 13-2 ގެ ތަފާތުބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކޮށް ކްރޮސްރޯޑްސް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

މިމެޗުގެ ފުރަތަަމަ ހާފުގައި ކްރޮސްރޯޑްސް އިން ފަސް ލަނޑު ކާމިޔާބުކުރިއިރު، ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު 8 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މި މެޗުގައި ކޯމޯ ކޮކޯ އިން ކާމިޔާބުކުރި ދެލަނޑު ވެސް އެޓީމުން ކާމިޔާބުކުރީ މެޗުގެ ދެވަަނަ ހާފުގައެވެ.

މިމެޗުގައި ކްރޮސްރޯޑްސްގެ އިސްމާއިލް ވަހީދު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ޝިފާޒު އާދިލް ވަނީ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ. އަދި މީގެ އިތުރުން އެޓީމުގެ ހަސަން ލައުހް އަދި ޝައްފާން ހަލީމު މިއީ ކޮންމެ ކުޅުންތެރިއެއް ދެ ލަނޑު ކާމިޔާބުކުރިއިރު، ނޫހް އިބްރާހިމް އާއި ރީހާން މޫސާ މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

މިމެޗުގައި ކޯމޯ ކޮކޯ އިން ކާމިޔާބުކުރި ދެލަނޑު ވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ އަހުމަދު ޝާހީން އެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗުގެ މަގާމު ލިބުނީ ކްރޮސްރޯޑްސްގެ އިސްމާއިލް ވަހީދު އަަށެވެ.

02 އޮކްޓޯބަރު 2023 ން 18 އޮކްޓޯބަރު 2023 ގެ ނިޔަލަށް ކުރޮސްރޯޑްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރިސޯޓް ލީގު ސައުތު މާލޭ ޒޯނުގައި މިއަހަރު 14 ޓީމެއް ބައިވެރިވެފައި ވާއިރު މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 14 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ.

ގްރޫޕް އޭ އާއި ބީގައި 4 ޓީމު ހިމެނޭއިރު ގްރޫޕް ސީ އަދި ޑީގައި ހިމެނެނީ ތިން ޓީމެވެ. އަދި ގުރޫޕް އޭ އާއި ބީ އިން އެއްވަނަ އަދި ދެވަނަ ހޯދާ ހަތަރު ޓީމުގެ އިތުރުން ގްރޫޕް ސީ އަދި ޑީގެ އެއްވަނަ ޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބިގެންދާއިރު، ކުއާޓާ ފައިނަލުގެ ފަހު ދެޖާގަ ލިބޭނީ ގްރޫޕް ސީގެ އިތުރުން ގްރޫޕް ޑީގެ ދެވަނަ އަދި ތިންވަނަ ޓީމުގެ މެދުގައި ކުޅެވޭ ޕްލޭއޮފް ދެ މެޗުން މޮޅުވާ ދެޓީމަކަށެވެ.

ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ސައުތު މާލޭ ޒޯންގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ އޮޒެން ރިޒާވް ބޮލިފުށި އެވެ. މިމުބާރާތުގެ ހުރިހާ މެޗެއްވެސް ރިސޯޓް ލީގު ފޭސްބުކް ޕޭޖުން ވަގުތުން ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ މީޑިޔާ ޕާޓްނަރަކީ ވޮއިސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.