Advertisement

ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ދައުރު އިތުރަށް ފުޅާ ކުރާނަން: ޢިމްރާން

03 Oct 2023 | 13:32
ޢަދާލަތު ޕާޓީގެ ރައީސް އަދި މިސަރުކާރުގެ ހޯމް މިނިސްޓަރު. ފޮޓޯ: ޢަދާލަތު ޕާޓީ

ކުރިއަށް އޮތް ތަނުގައި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ދައުރު އިތުރަށް ފުޅާ ކުރާނެ ކަމަށް ޢަދާލަތު ޕާޓީގެ ރައީސް އަދި މިސަރުކާރުގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

ޢިމްރާން މިހެން ވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.

ޢިމްރާން ވިދާޅުވީ މާތް الله ގެ ވާގިފުޅާއެކު ޢަދާލަތު ޕާޓީގެ މަޤްސަދުތައް ޙާސިލް ކުރުމުގެ މަސައް ކަތް ޕާޓީގެ ގުނަވަންތަކުން ހިތްވަރާއެކު ބާރަށް ކުރިޔައް ގެންދާނެކަމަށެވެ.

" ވަކިން ޚާއްސަކޮށް އިލްމުވެރިންގެ މަޖިލީހުގެ މަސައްކަތް ބޮޑުތަނުން ފުޅާ ކުރާނެ" 

ޢިމްރާން ވިދާޅުވެފައިވެއެވެ.

ރޭ ޢަދާލަތު ޕާޓީއިން ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ހަރަކާތްތެރިވި އެޕާޓީގެ މެންބަރުނާއި އެކު ބައްދަލުވުމެއް ބާއްވައިފައެވެ.

އެހަފްލާގައި އަތޮޅުތަކުގެ ޓީމް ތަކާއި އެޕާޓީގެ އެކި ޓީމް ތަކުން ކެމްޕޭނުގެ ތެރޭގައި ކުރެއްވެވި މަސައްކަތަށް ޝުކުރު އަދާކޮށްފައިވެއެވެ.

Advertisement

ކޮމެންޓް