މަޖިލީސް މެމްބަރު ހިސާން ހުސެއިން/ ފޮޓޯ: މަޖިލިސް
ހަބަރު
03 Oct 2023 | 16:05
ނިޒާމީ ވޯޓު ގަރާރުގެ މަސައްކަތް މަޖިލީހުން ކޮށްފައި އޮތް ގޮތާއި މެދު ލަދުގަންނަން ޖެހޭ: ހިސާން

މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ގަރާރު ފާސްކުރުމުގައި މަޖިލީހުން އަމަލުކޮށްފައިވާ ގޮތާއި މެދު މެމްބަރުން ލަދުގަންނަން ޖެހޭކަމަށް މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ. 

ހިސާން ހުސެއިން މިފަދައިން ވިދާޅުވެފައި ވަނީ ނިޒާމީ ވޯޓު ގަރާރާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް ހުށައަޅާފައިވާ ސިޓީއާއި ގުޅިގެން މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ނިޒާމީ ވޯޓު ގަރާރާއި ގުޅޭގޮތުން އީސީން މަޖިލީހަށް ހުށައެޅި ސިޓީގައި ބުނެފައިވަނީ، އެ ގަރާރާއި ގުޅިގެން ސާފުކުރަން ޖެހޭ މުހިންމު ކަންތައްތަކެއް އަދިވެސް ހުރި ކަމަށެވެ.

އެގޮތުން ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ރައްޔިތުންގެ ވޯޓަކަށް އަހާއިރު، ފެންނަ ނުފެންނަ ވޯޓަކަށް އަހަންވީ ސުވާލުގެ އިބާރާތް ވެސް ސާފުނުވާކަމަށް އީސީން ވަނީ ބުނެފައެވެ. އަދި އެފަދަ އިންތިޚާބަކާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށް އެކަށީގެންވާ މައުލޫމާތުތައް ފޯރުކޮށްދޭން ޖެހޭއިރު، އެ މައުލޫމާތު ކަރުދާސް ވެސް އޮންނަންވާނެކަމަށް އީސީން ވަނީ ބުނެފައެވެ. 

އީސީގެ އެ ސިޓީއަށް އަލިއަޅުވާލައްވާ ހިސާން ވިދާޅުވީ ނިޒާމީ ވޯޓާއި ގުޅޭގޮތުން އީސީގެ އެހާބޮޑު ކަންބޮޑުވުންތަކެއް ފާޅުކުރެއްވީ، އެފަދަ މަސައްކަތެއް ކުރަންޖެހޭ ތަރުތީބު އޮޅުވާލައިގެން މަޖިލީހުން ކުރަމުންދިއުމުގެ ސަބަބުން ކަމަށެވެ. އަދި އެކަން މަޖިލީހުން ކޮށްފައިވާ ގޮތާއި މެދު މެމްބަރުން ލަދުވެތިވާން ޖެހޭކަމަށް ހިސާން ވިދާޅުވި އެވެ. 

"މިއީ އަޅުގަނޑު ހިތުން އެންމެ ޒިންމާދާރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހައިސިއްޔަތުން އެކަމާއި ލަދުވެތިވާން ޖެހޭ ކަމެއް. އަޅުގަނޑުމެން އަޅުގަނޑުމެންގެ ގަވައިދަށް އަމަލުނުކޮށް، ތަރުތީބު އޮޅުވާލާ އަވަސް އަރުވާލައިގެން ވަކި މަގްސަދެއް ވަކި މަންފާއެއް ވަކި ބޭނުމެއް ހާސިލްކުރުމަށްޓަކައި ކުރި ކަމެއްގެ ނަތީޖާ" 

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން

ހިސާންގެ އިތުރުން ވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަސްލަމް ވެސް ވަނީ ނިޒާމީ ވޯޓު ގަރާރަކީ އަވަސް އަރުވާލައިގެން ފާސްކޮށްފައިވާ ގަރާރެއްކަމަށް ވިދާޅުވެފަ އެވެ. އަދި އެ ގަރާރުގައި ފުރިހަމަ ނުވާ ގިނަ ކަންތައްތަކެއް ހުރިކަން ވެސް ފާހަގަކުރައްވާފަ އެވެ. 

އޭނާ ވިދާޅުވީ އެ ގަރާރު މަޖިލީހުގެ ދާއިމީ ކޮމެޓީއަކަށް ފޮނުވައި، އީސީގެ ކަންބޮޑުވުންތަކަށް ވެސް ފަރުވާއެއް ލިބޭނެ ގޮތަށް އިންތިޒާމު ކުރެވިގެން ވަގުތު ނަގައިގެން މަސައްކަތްތައް ކުރެވެން ޖެހޭ ކަމަށެވެ. 

ނިޒާމު ވޯޓުގެ ގަރާރު ފާސްކުރުމުގައި މަޖިލީހުން އަމަލުކޮށްފައިވަނީ ޒިންމާދާރުކަން ކުޑަ ގޮތަކަށްކަމަށް ހިސާން ވިދާޅުވެފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ނިޒާމެއް ވޯޓެއް ނެގުމަށް އެ ކޮމިޝަނަށް އިތުރު މުއްދަތު ބޭނުންވާކަމަށް ހުށައަޅާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.