ބަދަލު ގެނެވިފައިވާ ސަޢުދިއާ ގެ ފްލައިޓެއް
ހަބަރު
03 Oct 2023 | 16:23
ސަޢުދީޢަރަބިއްޔާގެ ޤައުމީ އެއަރލައިން ރީބްރޭންޑް ކޮށްފި

ސަޢޫދީޢަރަބިއްޔާގެ ޤައުމީ އެއަރލައިން "ސަޢުދީއާ" ރީބްރޭންޑް ކޮށް ލޯންޗް ކޮށްފިއެވެ.

އެ އެއަރލައިނަށް ގެނައި އައު ބަދަލުތައް ދައްކާލުމަށް އެ އެއަރލައިނުން ވަނީ ހަފްލާއެއް ބާއްވައިފައެވެ. އެހަފްލާގައި ބަދަލު ގެނެސްފައިވާ އެ އެއަރލައިންގެ ލޯގޯ އާއި ފްލައިޓްތަކުގެ ބޭރުގެ ޑިޒައިން ތަކަށް ގެނެސްފައިވާ ބަދަލުތައް ދައްކާލައިފައިވެއެވެ.

ސަޢުދީއާ އިން ބުނެފައިވަނީ އެއަރލައިނަށް ގެނެސްފައިވާ ބަދަލު ތަކަކަކީ އެޤައުމުގެ ސަރުކާރުން 2030 ވަނަ އަހަރާއި ހަމައަށް އެޤައުމުގެ ސަރުކާރުން އިޤްތިޞާދީ ގޮތުން ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތަކަށް ވާސިލް ވުމަށް މަގުފަހި ވާނެ ހެން ގެނެވިފައިވާ ބަދަލު ތަކެކެވެ.

ސަޢުދިއާ އިން ބުނެފައިވަނީ އެއެރލައިނުން އަލަށް ތަޢާރަފްކުރި ފްލައިޓް ތަކުގެ ޑިޒައިން ތަކުގައި ބޭނުން ކޮށްފައިވާ ކުލަތަކަކީ ފެހުކުލަ އާއި ނޫކުލަ އަދި ވެލީގެ ކުލައެވެ.

ފެހިކުލައިން ރަމްޒުކޮށްދެނީ އެޤައުމުގެ ޝަރަފްވެރިކަން ކަމަށާއި، ނޫކުލައިން ރަމްޒު ކޮށްދެނީ ކަނޑާއި އުޑުކަމަށާއި އަދި ވެލީގެ ކުލައިން ރަމްޒު ކޮށްދެނީ އެޤައުމުގެ ސަހަރާތައް ކަމަށާއި އެކުލަ ގުޅިފައިވަނީ  އެޤައުމުގެ މުއްސަނދި ތާރީޚާއި ކަމަށް ސަޢުދިއާ އިން ބުނެފައިވެއެވެ.

ސަޢުދީއާ އަށް ގެނައި ބަދަލުތަކުގެ ތެރެއިން އެއަރލައިންގެ ކެބިންކްރޫއިންގެ ޔުނިފޯމް ތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ.

ސަޢުދީއާ އެއަރލައިންއަކީ 1947 ވަނަ އަހަރު ފެށިގެން އައި އެއަރލައިންއެކެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް