އެނބޫދޫ އާއި އޮޅުވެލި މޯލްޑިވްސް ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
03 Oct 2023 | 19:23
އެނބޫދޫ ބަލިކޮށް އޮޅުވެލިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ސައުތު މާލޭ ޒޯން ގުރޫޕް ބީގައި މިއަދު ހަވީރު ކުޅެވުނު މެޗުގައި 5-2 ގެ ނަތީޖާއަކުން އެނބޫދޫ ވިލެޖް ބަލިކޮށް ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އޮޅުވެލި މޯލްޑިވްސް އިންނެވެ. މިލަނޑު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު އަމީން އިބްރާހިމް އެވެ.

އެނބޫދޫ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އާދަމް ރިސްފާން އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އޮޅުވެލިން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފަ އެވެ. އެގޮތުން އެޓީމުން މިމެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑަކީ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި އެނބޫދޫގެ ފައިސަލް އަހުމަދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ޖެހިގެން އައި މިނެޓުގައި އެޓީމުގެ ލީޑު ފުޅާކޮށްދިނީ އާދަމް މަމްދޫން އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން އޮޅުވެލި ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މި މެޗުގައި އޮޅުވެލިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލީ ޝިއާއު އެވެ. ނަމަވެސް ޖެހިގެން އައި މިނެޓުގައި އެނބޫދޫ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޒުހުރީއެވެ. 

މިމެޗުގައި އޮޅުވެލިން ކާމިޔާބުކުރި ފަސްވަނަ ލަނޑު ފަހުހާފުގެ 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު ޒައިން އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-2 ގެ ނަތީޖާއަކުން އޮޅުވެލި މޯލްޑިވްސް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އޮޅުވެލި މޯލްޑިވްސްގެ އަލީ ޝިއާއު އެވެ.

02 އޮކްޓޯބަރު 2023 ން 18 އޮކްޓޯބަރު 2023 ގެ ނިޔަލަށް ކުރޮސްރޯޑްގައި ކުރިއަށްދާ ރިސޯޓް ލީގު ސައުތު މާލޭ ޒޯނުގައި މިއަހަރު 14 ޓީމެއް ބައިވެރިވެފައި ވާއިރު މި މުބާރާތް ކުރިއަށްދަނީ  ބައިވެރިވި 14 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ.

ގްރޫޕް އޭ އާއި ބީގައި 4 ޓީމު ހިމެނޭއިރު ގްރޫޕް ސީ އަދި ޑީގައި ހިމެނެނީ ތިން ޓީމެވެ. އަދި ގުރޫޕް އޭ އާއި ބީ އިން އެއްވަނަ އަދި ދެވަނަ ހޯދާ ހަތަރު ޓީމުގެ އިތުރުން ގްރޫޕް ސީ އަދި ޑީގެ އެއްވަނަ ޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބިގެންދާއިރު، ކުއާޓާ ފައިނަލުގެ ފަހު ދެޖާގަ ލިބޭނީ ގްރޫޕް ސީގެ އިތުރުން ގްރޫޕް ޑީގެ ދެވަނަ އަދި ތިންވަނަ ޓީމުގެ މެދުގައި ކުޅެވޭ ޕްލޭއޮފް ދެ މެޗުން މޮޅުވާ ދެޓީމަކަށެވެ.

ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ސައުތު މާލޭ ޒޯންގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ އޮޒެން ރިޒާވް ބޮލިފުށި އެވެ. މިމުބާރާތުގެ ހުރިހާ މެޗެއްވެސް ރިސޯޓް ލީގު ފޭސްބުކް ޕޭޖުން ވަގުތުން ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ މީޑިޔާ ޕާޓްނަރަކީ ވޮއިސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.