އެމްޑީޕީ އިން ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ހަބަރު
04 Oct 2023 | 10:30
އެމްޑިޕީގެ ޤައުމީ މަޖިލީހުން ނިންމީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރުމަށް

ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ނިންމައިފިއެވެ.

އެމްޑިޕީއިން ރޭ ބޭއްވި ޤައުމީ މަޖިލީހުން ރޭ ބޭއްވި ބައްދަލުވުމުގައި  ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުމަށް ނިންމައިފައިމިވަނީ ދަ ޑިމޮކްރެޓްސް އިން ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފައިވަނިކޮށެވެ.

ރޭ ބޭއްވުނު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން ވަނީ ރާއްޖޭގެ ވެރިކަން ކުރާ ނިޒާމެއްގެ ގޮތުން ބަރުލަމާނީ ނިޒާމް ގެނައުމާއި ދެކޮޅަށް ވާހަކަދައްކަވައިފައެވެ.

އެގޮތުން ރައީސް އިބްރާހިމް މުޙަމަދު ޞާލިޙް ވެސް ވަނީ ބަރުލަމާނީ ނިޒާމު ގެނައުމަށް ނުފެންނަ ކަމަށް ވިދާޅުވެ ވާހަކަދައްކަވައިފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ދެ ނިޒާމުގައި ވެސް ރަނގަޅު ކަންކަމާއި، ގޯސްކަންކަން އެބަހުރި ކަމަށާއި އެކަމަކު ރާއްޖެ އަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމު ކަމަށެވެ. އަދި އެކަން ނިންމަން އާއްމު ވޯޓަކަށް ގޮސްފި ނަމަ ރިޔާސީ ނިޒާމަށް ތާއީދު ހޯދުމަށް ޢަމަލީ ގޮތުން ނުކުންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުން ބަރުލަމާނީ އަސް ނޫނެކޭ ބުނެފައިވަނީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 90 މެމްބަރުންގެ ވޯޓާއި އެކުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ