މެމްބަރު ވަހީދު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
04 Oct 2023 | 11:24
ދާއިރާ ނޫންވީމަ ހުޅުލޭ އެއާޕޯޓު ހުއްޓިފައި އޮތް ވާހަކަ ދައްކާނެ މީހަކު ނެތް: ވަހީދު

ހުޅުލެ އަކީ ވަކި ދާއިރާއަކަށް ނުވެފައި، ދާއިރާއަށް ޚާއްސަ މެމްބަރެއް މަޖިލީހުގައި ނެތީތީ ފާއިތުވި ފަސް އަހަރު ހުޅުލޭ އެއާޕޯޓު ހުއްޓިފައި އޮތް ވާހަކަ މަޖިލީހުގައި ދައްކާނެ ބޭފުޅެއް ނެތްކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ. 

ވައްޑެ މިފަދައިން ވިދާޅުވެފައި ވަނީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށައަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމުގެ ބިލަށް މަޖިލީހުގައި ވާހަކަދައްކަވަމުން ނެވެ. 

ވަހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ޖުމްލަކޮށް ރާއްޖޭގެ މައްސަލަތަކަށް ވަކާލާތު ކުރާ، އަދި އެ މައްސަލަތައް ޙައްލުކުރުމަށް ބަހުސްކުރާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ. 

އެހެން ނަމަވެސް ކޮންމެ ދާއިރާތަކަށް ނިސްބަތްވާ މެމްބަރުން ވާހަކަދައްކަވާއިރު، ހަމައެކަނި އެ ދާއިރާއަކަށް ހުރި ކަންކަމުގެ ވާހަކަތައް ދައްކާއިރު މުޅި ގައުމުގެ މަސްލަހަތާއި ގައުމުގެ ތަރައްގީގެ ވާހަކަ އޮންނަނީ ހަވާސާގައި ބޭއްވިފައި ކަމަށް ވައްޑެ ވިދާޅުވި އެވެ. 

"ގައުމުގެ މައި އިޤްތިޞާދު އެތަނަކަށް ބިނާވެފައިވާ ހުޅުލޭ އިންޓަނޭޝަނަލް އެއާޕޯޓު، އެ ދާއިރާ އެއީ ދާއިރާއަކަށް ނުވެފައި އެތަނުގައި މެމްބަރަކު ނުއިންނަވާތީ މިތާ ކޮން މެމްބަރަކު ތޯ ހުޅުލޭ އިންޓަނޭޝަނަލް އެއާޕޯޓު ހުއްޓިފައި އޮންނަ ވާހަކަ ދައްކަނީ؟"

މެމްބަރު ވައްޑެ

ވައްޑެ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އަންހެނުން ތަމްސީލުވުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ. އަންހެނުން ބާރުވެރި ކުރުވާ ވާހަކަ ދައްކާއިރު، އެމީހުންނަށް ސިޔާސީ މަސައްކަތް ކުރުމަށް އޮތް ގޮންޖެހުންތައް ދެނެގަނެ، އެކަން މަގުފަހިކޮށްދިނުމަކީ ކޮންމެެހެން ކުރަން ޖެހޭ ކަމެއްކަމަށް ވައްޑެ ވިދާޅުވި އެވެ. 

އަދި ކޮންމެ އާ ދައުރެއްގައި މަޖިލީހުގެ މެމްބަރުން އިތުރުވާގޮތަށް އޮތް އޮތުމަށް ބަދަލުގެނެސް ރައްޔިތުންގެ މަޖިލީހުގެ އަދަދު ވަކި ހިސާބެއްގައި ހިފެހެއްޓިފައި އޮންނާނެ ފަދަ އުސޫލަކުން ކަންކަން ތަރުތީބުވާން ޖެހޭނެކަމަށް ވައްޑެ ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.