ޕާކިސްތާނުގައި ދިރިއުޅޭ އަފްޣާންގެ ރައްޔިތުންތަކެއް. ފޮޓޯ:އަލްޖަޒީރާ
ހަބަރު
04 Oct 2023 | 16:20
ޕާކިސްތާނުގައި ހުއްދަނެތި ދިރިއުޅޭ މީހުން ނޮވެމްބަރުގެ 1ގެ ކުރިން ފޭބުމަށް އަންގައިފި

ޕާކިސްތާނުގައި ހުއްދަނެތި ދިރިއުޅޭ މީހުން ނޮވެމްބަރުގެ 1ގެ ކުރިން ޕާކިސްތާނުން ފޭބުމަށް އެޤައުމުގެ ސަރުކާރުން އަންގައިފިއެވެ.

ޕާކިސްތާނުގެ ސަރުކާރުން އަންގައިފައިވަނީ އެޤައުމުގައި ހުއްދަ އާއި ނުލައި އުޅޭ މީހުން ނޮވެމްބަރު 1ވަނަ ދުވަހުގެ ކުރިން ފޭބުމަށެވެ. ޕާކިސްތާނުގައި ހުއްދަ އާއި ނުލައި ދިރިއުޅޭ ގިނަ މީހުންނަކީ އެޤައުމާއި އިންވެގެން އޮންނަ އަފްޣާނިސްތާންގެ ރައްޔިތުންނެވެ.

ހުއްދައާއި ނުލައި ޕާކިސްތާނުގައި ހުއްދަ ނެތި ދިރިއުޅޭ އަފްޣާން ރައްޔިތުންގެ ޢަދަދު 1.73 މިލިއަނަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ޕާކިސްތާނުގެ އިންޓީރިއަރ މިނިސްޓަރ ސަރަފްރާޒް ބުގްތީ ވިދާޅުވެފައިވަނީ ޕާކިސްތާނުގައި ހުއްދަ ނެތި އުޅޭ މީހުން ޤައުމު ދޫކޮށް ދިޔުމަށް ނޮވެމްބަރު 1 ވަނަ ދުވަހާއި ހަމައަށް މުހުލަތު ދީފައިވާ ކަމަށެވެ.

ސަރަފްރާޒް ތުހުމަތު ކޮށްފައިވަނީ މިއަހަރު ތެރޭގައި ޕާކިސްތާނުގައި ދީފައިވާ ޖާނުން ފިދާވުމުގެ ހަމަލާތަކަކީ އެޤައުމުގައި ދިރިއުޅޭ އަފްޣާނިސްތާނުގެ ރައްޔިތުން ދީފައިވާ ހަމަލާތަކެއް ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

ސަރަފްރާޒް ވިދާޅުވެފައިވަނީ ޕާކިސްތާނުގައި ދިރިއުޅޭ 4.4 މިލިއަން އަފްޣާން މީހުންގެ ތެރެއިން 1.73 މިލިއަން މީހުންނަކީ ހުއްދަނެތި ދިރިއުޅޭ މީހުން ކަމަށެވެ.

"ޕާކިސްތާނުގައި މިއަހަރުތެރޭގައި ދީފައިވާ ޖާނުން ފިދާވުމުގެ ހަމަލާތަކަކީ އަފްޣާން ރައްޔިތުންގެ ބައިވެރިވުން ހިމެނިގެން ދީފައިވާ ހަމަލާތަކެއްކަން ދެބަސްވެވޭ ކަށް ނެތް، މިކަމުގެ ހެކިތައް ވެސް އެބަހުރި" ސަރަފްރާޒް ވިދާޅުވެފައިވެއެވެ.

ސަރަފްރާޒް ވިދާޅުވެފައިވަނީ އަންގައިފައިވާ ތާރީޚަށް އެމީހުން ޕާކިސްތާނުން ނުފައިބައިފިނަމަ ގަދަކަމުން އެމީހުން ބާލާނެ ކަމަށް ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ ސަރުކާރުގެ މިނިންމުމާއި ގުޅިގެން ޕާކިސްތާނުގައި ދިރިއުޅޭ އަފްޣާންގެ ރައްޔިތުން އެދެމުންދަނީ އެމީހުން ޕާކިސްތާނުގައި އާބާދުކޮށްފައިވާ އެމީހުންގެ ދިރިއުޅުން ނެރެ ޕާކިސްތާނުން ބޭރުކޮށް ނުލުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް